Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމްޖަދު އިސްތިއުފާ ދިނުން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2026 | ހޯމަ 14:08

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވީ، ކޯޓުތަކުގެ އިދާރީ އިސް މުވައްޒަފުން ފަނޑިޔާރުންނަށް ވުރެ ބާރުގަދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ދަނޑިވަޅެއްގަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 20 އެޕްރީލު 2026 | ހޯމަ 14:08
ހޯމަ ދުވަހު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާ

ހޯމަ ދުވަހު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާ | ސަން

ޖުޑީޝަރީގެ އިދާރީ އިސް މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގެ މަގާމުން އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ  އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ހޯމަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭގެ ސަބަބު އަމްޖަދު ވިދާޅެއް ނުވެ އެވެ.

އަމްޖަދު މަގާމުން އިސްތިއުފާ މި ދެއްވީ އިސް ފަނޑިޔާރުންނަށް ވުރެ އިސްކޮށް ކޯޓުތަކުގެ އިދާރީ އިސް މުވައްޒަފުން ފަނޑިޔާރުގޭގެ ކަންކަމާ އުޅުއްވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހޯމަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ވާހަކަ ދައްކަވަމުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމުގެ އެންމެ އިސް މަގާމަށް އަމްޖަދު އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެމްބަރު 2024 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ހުސްކޮށް އޮތްތާ 5 މަސް ފަހުންނެވެ.

އަމްޖަދު މީގެ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ފަދަ މަގާމުތައް ހިމެނެ އެވެ. 

އަމްޖަދު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ އާއި އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީ އިން ބިޒްނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ. 

އަމްޖަދު މުޞްޠަފާޖުޑީޝަލް ސަރވިސް ކޮމިޝަންޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ޖޭއެސްސީ އިން ނިންމައިފި

20 އެޕްރީލު 2026
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ޖޭއެސްސީ އިން ނިންމައިފި
15 މާރިޗު 2026

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

15 މާރިޗު 2026
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި
10 މާރިޗު 2026

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި
11 ފެބުރުއަރީ 2026

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

11 ފެބުރުއަރީ 2026
ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު
02 ފެބުރުއަރީ 2026

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

02 ފެބުރުއަރީ 2026
ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ
20 ޑިސެމްބަރު 2025

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"
04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް