Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިކޯޓު އިސް ފަނޑިޔާރު

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ޖޭއެސްސީ އިން ނިންމައިފި

20 އެޕްރީލު 2026 | ހޯމަ 12:25

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާ ގުޅިގެން. މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން ހޮވި އަބްދުﷲ ޖަމީލު މޫސާއަކީ ފަނޑިޔާރުކަމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް. މީގެ ކުރިން މެޖިސްޓްރޭޓް ކަމާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ ޖަމީލު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 20 އެޕްރީލު 2026 | ހޯމަ 12:25
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރެއްވުމުގެ ރަސްމިޔާތުގައި މަގާމާ ހަވާލުވެވަޑައިގެން ސޮއިކުރައްވަނީ

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރެއްވުމުގެ ރަސްމިޔާތުގައި މަގާމާ ހަވާލުވެވަޑައިގެން ސޮއިކުރައްވަނީ | ހައި ކޯޓް

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ހިންގެވުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ، އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ މަގާމަށް އައްޔަންކުރުމަށް ޖޭއެސްސީ އިން ކުރިން ނިންމެވި ފަނޑިޔާރު މުހައްމަދު ފައިސަލް، މަގާމުގެ ފަތްކޮޅު އެރުވުމުގެ ކުރިން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އަނެއްކާ ވެސް އޮތީ ހުސްކޮށެވެ.

Advertisement - newsAdvertisement

އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ހުޅުވާލި ފުރުސަތުގައި ތިން ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. އެއީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާގެ އިތުރުން، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ. ޖޭއެސްސީގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ކޮމިޝަނުން  ނިންމީ ޖަމީލު އެ މަގާމަށް އައްޔަންކުރުމަށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި އަބްދުﷲ ޖަމީލު މޫސާއަކީ ފަނޑިޔާރުކަމުގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 3 އޮގަސްޓް 2023 ގަ އެވެ. އެއީ ސުޕްރީމް ކޯޓުން ހުސްވި ދެ މަގާމަކަށް ހައި ކޯޓުގެ ދެ ފަނޑިޔާރަކު އައްޔަންކުރުމުން ހައި ކޯޓުން ހުސްވި ޖާގައަކަށެވެ.

ޖަމީލުގެ ފަނޑިޔާރުކަމުގެ ހަޔާތަށް ބަލާއިރު، އޭނާ ވަނީ 23 ސެޕްޓެމްބަރު 2003 އިން ފެށިގެން 31 ޖެނުއަރީ 2009 އާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފަ އެވެ. އޭގެ ފަހުން 1 ފެބްރުއަރީ 2009 އިން ފެށިގެން 21 ފެބްރުއަރީ 2019 އާ ހަމައަށް އޭނާ ހުންނެވީ ސިވިލް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ.

އަބްދުﷲ ޖަމީލް މޫސާޖުޑީޝަލް ސަރވިސް ކޮމިޝަންހައި ކޯޓުސިވިލް ކޯޓު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

ތިން އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވޭ، ކޮމިޝަންގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: ޒާހިދު

11 އެޕްރީލު 2026
ތިން އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވޭ، ކޮމިޝަންގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: ޒާހިދު
31 މާރިޗު 2026

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް
25 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

25 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް
18 މާރިޗު 2026

ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

18 މާރިޗު 2026
ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި
15 މާރިޗު 2026

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

15 މާރިޗު 2026
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި
13 މާރިޗު 2026

ރިފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

28 ފެބުރުއަރީ 2026

ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ

28 ފެބުރުއަރީ 2026
ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ
26 ފެބުރުއަރީ 2026

ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި

26 ފެބުރުއަރީ 2026
ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި
25 ފެބުރުއަރީ 2026

ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ

25 ފެބުރުއަރީ 2026
ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ
22 ފެބުރުއަރީ 2026

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި

22 ފެބުރުއަރީ 2026
ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް