Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމީ ނިޒާމު

ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް އެބަހުރި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް: އިހުސާން

މަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ނަތީޖާ މިހާރު 30 ޕަސެންޓަށް ވުރެ ދަށްވެފައިވާ ކަމަށް. އަދި އާންމުކޮށް މި މާއްދާގެ ނަތީޖާ އުޅެނީ 50 ޕަސެންޓާއި 60 ޕަސެންޓާ ދެމެދު ކަމަށް އިހުސާން ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2026 | އަންގާރަ 06:23
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިޙުސާން

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިޙުސާން | ރާއްޖެ އެމްވީ

ރާއްޖޭގައި ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް އެބަހުރި ކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ނަތީޖާ މިހާރު 30 ޕަސެންޓަށް ވުރެ ދަށްވެފައިވާ ކަމަށެވެ. އަދި އާންމުކޮށް މި މާއްދާގެ ނަތީޖާ އުޅެނީ 50 ޕަސެންޓާއި 60 ޕަސެންޓާ ދެމެދު ކަމަށް އިހުސާން ވިދާޅުވި އެވެ.

ހަމައެއާ އެކު، މިހާރު ދަރިވަރުންގެ ނަތީޖާތައް ކުރީގައި އާންމު ކުރާހެން ޕަބްލިކް ޑޮމެއިންގައި އާންމުކޮއްފައި ނުހުންނަ ކަމަށް ވެސް އިހުސާން ވަނީ ފާހަގަ ކުރައްވައިފަ އެވެ.  

ހިސާބު އިލްމަކީ މި ފަހަކަށް އައިސް، ޚާއްސަކޮށް މި ފާއިތުވެގެން ދިޔަ ވިހި، ފަނަރަ އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ ނަތީޖާ ދަށް މާއްދާ. ކިހާ ވަރެއްތޯ ދަށީ؟ އާންމުކޮށް އަށްޑިހާ ޕަސެންޓާއި، ނުވަދިހަ ޕަސެންޓާ ގާތް ކުރާ އަދަދަކަށް ދަރިވަރުން ނަތީޖާ ހޯދާއިރު، ހިސާބުގެ ނަތީޖާ އުޅޭތީ ގާތް ގަނޑަކަށް ފަންސާހާއި، ފަސްދޮޅަހާ ދޭތެރޭގައި. އަޅުގަނޑުމެންނަށް މިހާރަކު ނޭނގޭ، ވަރަށް ދަށްވެއްޖެއޭ މިނިސްޓަރު އެ ވިދާޅުވަނީ ކިހާ ވަރެއް ކަމެއް. އެ ނަތީޖާ ތަކެއް އާންމެއް ނުކުރޭ. ރާއްޖޭގައި އެބަ ހުރި ފުދޭ ވަރެއްގެ ރަނގަޅު ދަރިވަރުން ތައުލީމު ހާސިލު ކުރާ ސްކޫލު ތަކުގައި، ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް
މުޙައްމަދު އިހުސާން

މީގެ އިތުރުން އިހުސާން ވިދާޅުވީ ޓީޗަރުން ނެތިގެން ހިސާބު މާއްދާ ނުކިޔަވައިދީ 3 މަސް ނުވަތަ 4 މަސް ދުވަސް ބައެއް ސުކޫލުތަކުގައި ހޭދަކުރާ ކަމަށެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ބޭރު މުދައްރިސުން ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ދަތިވެ، ރާއްޖެ ދުކޮށް އެހެން ޤައުމުތަކަށް ދާތީ ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ހިސާބު މާއްދާ އަށް ކުރިއަށް ވުރެ ވަގުތު އިތުރުކޮށް، މި މާއްދާ އަށް ދަރިވަރުން ޝައުގުވެރިވާ ފޮތްތައް ޝާއިއު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު ވެސް ރާއްޖޭގައި އެންމެ ގިނަ ވަގުތު ހޭދަކޮށް، ފޮތްތަކާއި ވަސީލަތްތަށް ދަރިވަރުންނަށް އެންމެ ގިނަ އެއް މާއްދާއަކީ ހިސާބު ކަމަށް އިހުސާން ވިދާޅުވި އެވެ.

ހިސާބުގެ ނަތީޖާ ދަށްވުމުގެ ސަބަބުން  ދަރިވަރުންނަށް ފިކުރު ކުރުމުގެ ޤާބިލުކަން ދައްވެ، ޤައުމުގެ އުފެއްދުންތެރި ކަމަށް ބަދަލުތަކެއް އަންނާނެ ކަމުގެ ކަންބޮޑުވުން ވެސް އިހުސާން ވަނީ ފާޅު ކުރައްވައިފަ އެވެ. 

މިކަން ހައްލު ކުރުމަށްޓަކައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އެބޭފުޅުންގެ މަސައްކަތް ހަރުދަނާކޮށް، މުދައްރިސުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 'ހޯލް ސްކޫލް' އެޕްރޯޗެއް ބޭނުން ކުރުމަށް އިހުސާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ފެށުމަށް ހަމަޖެހިފައި ވަނީ ކުރިޔަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. އަދި މި އިމްތިހާނަށް ދަރިވަރުން ތައްޔާރުވުމަށް ބާއްވާ މޮކް އެގްޒާމް އޮތީ އޯގަސްޓު މަހުގެ ތެރޭގައި އެވެ.

ތައުލީމީ ނިޒާމްއެޑިއުކޭޝަން މިނިސްޓްރީމުހައްމަދު އިހުސާން

އިތުރަށް ކިޔާލަން

21 ޖުލައި 2026

ތައުލީމީ ނިޒާމަށް ބަދަލު ގެންނަކަމުގައިވާ ނަމަ، ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ ބަދަލު އިއުލާންކުރަން ޖެހޭނެ: އިހުސާން

21 ޖުލައި 2026
ތައުލީމީ ނިޒާމަށް ބަދަލު ގެންނަކަމުގައިވާ ނަމަ، ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ ބަދަލު އިއުލާންކުރަން ޖެހޭނެ: އިހުސާން
16 ޖުލައި 2026

ދިރާސީ އަހަރުގެ ކިޔެވުމުގެ ފުރަތަމަ ޓާމު ނިންމައި، ސްކޫލުތައް 16 ދުވަހުގެ ޗުއްޓީއަކަށް!

16 ޖުލައި 2026
ދިރާސީ އަހަރުގެ ކިޔެވުމުގެ ފުރަތަމަ ޓާމު ނިންމައި، ސްކޫލުތައް 16 ދުވަހުގެ ޗުއްޓީއަކަށް!
07 ޖުލައި 2026

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

07 ޖުލައި 2026
ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު
03 ޖުލައި 2026

ރަތްމަންދޫގެ ބައެއް ފަރާތް ތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުމެއް ނުވޭ: އިހުސާން

03 ޖުލައި 2026
ރަތްމަންދޫގެ ބައެއް ފަރާތް ތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުމެއް ނުވޭ: އިހުސާން
21 ޖޫން 2026

ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!

21 ޖޫން 2026
ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!
20 ޖޫން 2026

މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި

20 ޖޫން 2026
މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
18 ޖޫން 2026

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!

18 ޖޫން 2026
ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!
14 ޖޫން 2026

މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން

14 ޖޫން 2026
މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން
14 ޖޫން 2026

ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!

14 ޖޫން 2026
ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު