Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމީ ނިޒާމު

ތައުލީމީ ނިޒާމަށް ބަދަލު ގެންނަކަމުގައިވާ ނަމަ، ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ ބަދަލު އިއުލާންކުރަން ޖެހޭނެ: އިހުސާން

އިހުސާން ވިދާޅުވި ގޮތުގައި އޭލެވެލް ކިޔަވައި ދިނުން ޖޫން ހަތެއްގައި ފެށުނުއިރު އިސްލާމް އަދި ދިވެހި މޮޑިއުލަރ އުސޫލަށް ބަދަލު ކުރާކަން ސްކޫލްތަކަށް އަންގާފައި ވަނީ ޖޫން ނުވަ ވަނަ ދުވަހު ކަމަށް. އަދި މިފަދަ ބަދަލުތައް ކިޔަވައިދިނުން ފެށުމުގެ ކުރިން އިއުލާން ކުރަން ޖެހޭނެ ކަމަށް އިހުސާން ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2026 | އަންގާރަ 06:02
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި މުޙައްމަދު އިހުސާން ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި މުޙައްމަދު އިހުސާން ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ތައުލީމީ ނިޒާމަށް ބަދަލެއް ގެންނަ ކަމުގައިވާ ނަމަ، ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ ބަދަލު އިއުލާން ކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ކީ ސްޓޭޖް 5 ގެ އިސްލާމް އަދި ދިވެހި މާއްދާގެ މޮޑިއުލަރ ކުރަން މިނިސްޓްރީ އިން ނިންމި ނިންމުމަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މިއީ ކިޔަވާ ދިނުމުގެ އޮނިގަނޑަށް އަންނަ ވަރަށް ބޮޑު ބަދަލެއް ކަމަށެވެ.

މިފަދަ ބޮޑެތި ބަދަލުތައް ގެންނަ އިރު ކިޔަވައިދޭން ތިބި މުދައްރިސުންނަށް ތަމްރީންތައް ދޭން ޖެހޭ ކަމަށާއި، އެ ބަދަލާ އެއްގޮތް ވާ ގޮތުގެ މަތިން ސްކޫލްތަކުގެ ސްކީމަށް ބަދަލު ގެނެސް އަދި ސްކޫލްތަކުގެ ތާވަލަށް ބަދަލު ގެނެސްފައި ނޫން ގޮތަކަށް މިފަދަ ބަދަލުތައް ނުގެނެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އޭލެވެލް ކިޔަވައި ދިނުން ޖޫން ހަތެއްގައި ފެށުނުއިރު އިސްލާމް އަދި ދިވެހި މޮޑިއުލަރ އުސޫލަށް ބަދަލު ކުރާކަން ސްކޫލްތަކަށް އަންގާފައި ވަނީ ޖޫން ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މިފަދަ ބަދަލުތައް ކިޔަވައިދިނުން ފެށުމުގެ ކުރިން އިއުލާން ކުރަން ޖެހޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މީގެ އިތުރުން އިސްލާމް ފަދަ ދީނީ ކަންކަން ހިމެނޭ މާއްދާތައް މޮޑިއުލަރ ކުރުމަކީ ވަރަށް ބޮޑު ނުރައްކާތެރި ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

އެގޮތުން ދީނީ ގޮތުން ފޯރުކޮށްދޭ މައުލޫމާތަކީ ދަރިވަރުންގެ ހިތްތަކުގައި އަބަދުވެސް ހުންނަން ޖެހޭނެ މައުލޫމާތު ކަމަށާއި، މޮޑިއުލަރ އުސޫލަށް ބަދަލު ކުރުމުން ގްރޭޑް 11 ގައި ކިޔަވާ ކޮންޓެންޓަށް ދަރިވަރުން ސަމާލުކަން ދޭނީ ގްރޭޑް 11 ނިމެންދެން ކަމަށް ވިދާޅުވި އެވެ.

ދީނީ ކަންކަމަކީ ކުދިންގެ ހިތުގައި، ކުދިންގެ ސިކުނޑީގައި، ދިގު މުއްދަކަށް ހަރުލާފައި ހުންނަން ޖެހޭ ގޮތަކަށް ކިޔަވައި ދޭން ޖެހޭ ކަމެއް، އެކަންކަން އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ވަގުތީ ފައިދާއަކަށް ވަގުތީ މަންފާއެއް ހޯދުމަށް ޓަކައި ގެނެވޭ ބަދަލަކަށް
މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ ގްރޭޑް 11 ގައި އިތުރު ގައުމީ އިމްތިހާނެއް އައުމުން، އެ އިމްތިހާނަށް ތައްޔާރު ވުމުށް އެކެޑަމިކް ކަލަންޑަރުން އިތުރު މަހެއް ބޭނުންވާ ކަމަށެވެ. މީގެ ސަބަބުން އިސްލާމް މާއްދާގެ މަންހަޖުން ބައެއް ކޮންޓެންޓް އުނި ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

މިހާރު ލީނިއަރ އުސޫލުން ގްރޭޑް 11 ގެ ކުދިންނަށް ކިޔަވައިދެމުން ދާއިރު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ މޮޑިއުލަރ އުސޫލަށް ބަދަލު ކުރުމަށް ނިންމާފައި އެވެ. މި ބަދަލާއެކު ދަރިވަރުނަށް 11 ނިންމާފައި ގައުމީ އިމްތިހާނެއް ދިވެހި އަދި އިސްލާމް މާއްދާއިން އޮންނާނެ އެވެ.

ތައުލީމީ ނިޒާމްމިނިސްޓްރީ އޮފް އެޑިއުކޭޝަން މުހައްމަދު އިހުސާން

އިތުރަށް ކިޔާލަން

03 ޖުލައި 2026

ރަތްމަންދޫގެ ބައެއް ފަރާތް ތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުމެއް ނުވޭ: އިހުސާން

03 ޖުލައި 2026
ރަތްމަންދޫގެ ބައެއް ފަރާތް ތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުމެއް ނުވޭ: އިހުސާން
22 ޖޫން 2026

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

22 ޖޫން 2026
ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"
21 ޖޫން 2026

ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!

21 ޖޫން 2026
ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!
20 ޖޫން 2026

މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި

20 ޖޫން 2026
މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
16 ޖޫން 2026

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

16 ޖޫން 2026
އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ
14 ޖޫން 2026

މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން

14 ޖޫން 2026
މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން
14 ޖޫން 2026

ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!

14 ޖޫން 2026
ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
09 ޖޫން 2026

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން

09 ޖޫން 2026
މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު