Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން

މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި

މުލީ އެއާޕޯޓާއެކު މުލަކަތޮޅުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުންދާއިރު، ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްވެފައި ނެތުމަކީ މި ސިނާއަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އިހުސާން ވިދާޅުވި. މި ޚިދުމަތްތައް މެދުކެނޑިފައިވުމުގެ ސަބަބުން ނިމިފައި ހުރި ގިނަ ގެސްޓްހައުސްތަކެއް ހުޅުވޭގޮތް ނުވެ، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، އަތޮޅުގެ އިގްތިސާދީ ކުރިއެރުމަށް ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަވަހަށް ނިންމައިދިނުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2026 | ހޮނިހިރު 06:58
ވައުދުނާމާ ޕްރޮގްރާމްގައި މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ.

ވައުދުނާމާ ޕްރޮގްރާމްގައި މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މ. މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާ ވަމުންދާ ކަމަށާއި، ނަމަވެސް ބައެއް ރަށްތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭތީ އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ކުރާ ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މުލަކަތޮޅުގައި ފުރަތަމަ ގާއިމް ކުރި މިއެއާޕޯޓާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް އާރޯކަން ލިބިފައިވާ ކަމަށާއި، ބޮޑެތި ޕްރޮޖެކްޓްތައް އަތޮޅުގެ ރަށްތަކަށް ލިބޭ ކަމަށެވެ.

އަތޮޅުގެ ހުރިހާ ރަށެއްގައި ފަތުރުވެރިކަން ކުރިއަރަމުން އަންނަކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ނަމަވެސް ބައެއް ޚިދުމަތްތައް ނުލިބޭތީ މި ސިނާއަތް ނުވަތަ ވިޔަފާރި ފުޅާ ކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. 

އެގޮތުން ބައެއް ރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ނުކުރެވޭ ކަމަށާއި، މި ޚިދުމަތް ނުލިބޭތީ ގެސްޓްހައުސް ވިޔަފާރި ނުފެށި މަޑު ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދެވި މަސައްކަތެއް މުލަކު އަތޮޅުގައި އެއާޕޯޓެއް ގާއިމް ކުރުމުގެ މަސައްކަތަކީ. އެމަސައްކަތާއެކު ޓޫރިޒަމްގެ ވަރަށް ބޮޑެތި ޕްރޮޖެކްޓްތަކެއް އަޅުގަނޑުމެންގެ އަތޮޅުގެ ރަށްތަކަށް އަންނަމުން އެބަ ދޭ. ކޮޅުފުއްޓަށް ބަލާލި ކަމުގައި ވިޔަސް، މުލަކަށް ބަލާލި ކަމުގައި ވިޔަސް، ނާލާފުއްޓަށް ބަލާލި ކަމުގައި ވިޔަސް. އެހެންވީމަ މިރަށްރަށުގައި މިދެންނެވި ޕްރޮޖެކްޓްތައް ފަތު އަޑު ކިޔާފައި ކުރިއަށް އެބަދޭ. އެހެންނަމަވެސް މިތަންތަނަށް މިވަގުތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ނަރުދަމާ ގާއިމް ނުކުރެވި ހުރި މައްސަލަ. ނިމިފައި ހުރި އެތައް ބަައިވަރު ކޮޓަރިއެއް އެބަހުރި. ބޭނުން ނުކުރެވިފައި އެތަންތަނުން ޚިދުމަތް ދޭން ނުފެށިފައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ނުދެވިގެން.  
މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން  

އިހުސާން ވިދާޅުވީ ފެނާއި ނަރުދަމާގެ މައްސަލައަށް އަވަސް ހަލެއް އަންނަން ޖެހޭ ކަމަށެވެ. އަދި މިމަޝްރޫއުތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމައިދިނުމަށް އޭނާ ގޮވާލެއްވި އެވެ. 

މ. މުލީ އެއާޕޯޓްމުހައްމަދު އިހުސާންމުލަކަތޮޅުފަތުރުވެރިކަން

އިތުރަށް ކިޔާލަން

20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
19 ޖޫން 2026

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި

19 ޖޫން 2026
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި
14 ޖޫން 2026

މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން

14 ޖޫން 2026
މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން
14 ޖޫން 2026

ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!

14 ޖޫން 2026
ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!
14 ޖޫން 2026

ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ

14 ޖޫން 2026
ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު