Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފްލެޓު ދިނުން

ފްލެޓުދޭއިރު ޚާއްޞަ އިސްކަންދޭ ކެޓެގަރީ: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގައި ބަލާނެ ކަންކަމުގައި އިތުރު ޝަރުތުތަކެއް ހިމަނައިފި

ފްލެޓުދޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުގައި ބަލަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 04:57
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތައް

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގައި ބަލާނެ ކަންކަން އިތުރަށް ހަރުކަށިކޮށް، މާލެގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލަށް 1 ވަނަ އިސްލާޙު ގެނައުމުގެ އުސޫލު އާންމުކޮށްފިއެވެ.

މި އުސޫލުގައި ކުރިން އޮންނަނީ ފްލެޓު ދޭއިރު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްސަ އިސްކަން ދޭ ކެޓެގަރީތަކެއް ހިމަނާފައެވެ. އެގޮތުން 11 ކެޓެގަރީއެއް ހިމަނާފައި އޮތް އިރު، އޭގެ ތެރޭގައި އެކަނިވެރި މައިންނާއި، ޓެކްސީ ޑްރައިވަރުންނާއި، ރިޒޯޓު ދާއިރާގެ މުވައްޒަފުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ހިމެނެއެވެ.

Advertisement - newsAdvertisement

އެ ފަރާތްތަކަށް ފްލެޓު ދޭއިރު އާމްދަނީގެ މިންގަނޑުތަކާ ގުޅޭ ޝަރުތުތަކާއި، މުދަލުގެ މިލްކުވެރިކަމާ ގުޅޭ ޝަރުތުތައް ހިމެނެއެވެ.

އެހެންނަމަވެސް މިހާރު އެ އުސޫލަށް ގެނައި އިސްލާޙުގައި ވަނީ ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ އިތުރު މައްދާއެއް ހިމަނައި، އެ ފަރާތްތަކުގެ އިތުރު ޝަރުތުތަކެއް ހިމަނާފައެވެ. އެގޮތުން ފްލެޓުދޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމުގައި ބަލަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.

އެ މާއްދާގައި އޮންނަނީ ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމަޢުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކު ހިމެނޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން، އެމީހަކީ ފަރުވާ ހޯދުމަށްޓަކައި އާންމުކޮށް ގްރޭޓަރ މާލެ ސަރަޙައްދަށް އަންނަންޖެހޭ، އަދި ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ މަދުވެގެން ވެސް ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތަކަށްވުން ނުވަތަ، މާލޭގައި ދިރިއުޅޭ އަދި ފާއިތުވި 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތަކަށްވުން ނުވަތަ މެދުނުކެނޑި 5 އަހަރު ގްރޭޓަރ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތަކަށްވުމަކީވެސް ޝަރުތެކެވެ.

އުސޫލަށް ގެނައި އިސްލާޙުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއެކިއުންތައްވެސް ތަފްސީލުކޮށްފައެވެ. އޭގެ ތެރޭގައި ނޭޝަނަލް ޑިސްއެބިލިޓީ ރަޖިސްޓްރީގައި ހިމަނާފައިވާކަމުގެ ލިއުން ނުވަތަ ސިއްޙީ ޚިދުމަތްދޭ  މަރުކަޒަކުން ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު ދޫކޮށްފައިވާ ލިއުން ހުށަހެޅިދާނެއެވެ.

މީގެ އިތުރުން، އެމީހަކީ ފަރުވާ ހޯދުމަށްޓަކައި އާންމުކޮށް ގްރެޓަރ މާލެ ސަރަޙައްދަށް އަންނަންޖެހޭ، އަދި ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ މަދުވެގެންވެސް ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ މީހެއް ނަމަ. އެ ފަރާތްތަކުން ފަރުވާ ހޯދަމުންދާކަމާއި، ފަރުވާގެ މުއްދަތު ބަޔާންކޮށް ޑޮކްޓަރުގެ ލިއުމާއި ޞިއްޙީ މަރުކަޒުގެ ލިއުންވެސް ހުށަހަޅަން ޖެހެއެވެ.

 

ނުކުޅެދުންތެރިކަންފްލެޓުތައްހައުސިން މަޝްރޫޢު

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ އަދަދު މިނިސްޓަރަށް މިއަދުވެސް ވިދާޅުވެނުދެއްވުނު

ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ އަދަދު މިނިސްޓަރަށް މިއަދުވެސް ވިދާޅުވެނުދެއްވުނު

04 މާރިޗު 2026
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު