Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޯޝަލް މީޑިއާ މަނާކުރުން

ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ބަދަލުގައި، އެފަދަ ވަސީލަތްތަކުގައި ހުންނަ ގެއްލުންދެނިވި ފީޗާތަކާއި އަލްގޮރިދަމްތައް ހަނިކުރުމަށް ކަމާބެހޭ މާހިރުން އިނގިރޭސި ސަރުކާރަށް ގޮވާލައިފި. އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލާ އެއްގޮތަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ، މިހާރު ހުރި ގާނޫނުތައް ހަރުދަނާކުރުމަށް 'މޮލީ ރޯޒް ފައުންޑޭޝަން' އިން ވަނީ ބާރުއަޅާފައި. މި މައްސަލައިގައި އާންމުންގެ ޚިޔާލު ހޯދުމަށްފަހު، ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަމާ ގުޅޭ ހަރުދަނާ ފިޔަވަޅުތަކެއް ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ހާމަކުރައްވާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 13 ޖޫން 2026 | ހޮނިހިރު 10:30
ޒުވާން އަންހެން ކުއްޖަކު މޯބައިލް ފޯނެއް މެދުވެރިކޮށް ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކް ބޭނުންކުރަނީ.

ޒުވާން އަންހެން ކުއްޖަކު މޯބައިލް ފޯނެއް މެދުވެރިކޮށް ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކް ބޭނުންކުރަނީ. | ގެޓީ އިމޭޖަސް

ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން އިސްކަންދޭންވީ ސޯޝަލް މީޑިއާއަށް ދެވިހިފާ ގޮތަށް ހުންނަ ފީޗާތައް ހަނިކުރުމަށް ކަމަށް އޮންލައިން ރައްކާތެރިކަމަށް މަސައްކަތްކުރާ ޗެރިޓީއެއްގެ އިސްވެރިޔަކު ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގައި މިހާރު އަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މުޅިން މަނާކުރުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ އޮންލައިން ރައްކާތެރިކަމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ހޯމަ ދުވަހު ހާމަކުރައްވާނެ ކަމަށް ބެލެވެއެވެ.

މޮލީ ރަސަލްގެ ހަނދާނުގައި އުފައްދާފައިވާ 'މޮލީ ރޯޒް ފައުންޑޭޝަން' ގެ ޗީފް އެގްޒެކެޓިވް އެންޑީ ބަރޯސް ބީބީސީ ބްރެކްފާސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުން ވެސް އެފަދަ މަނާކުރުމެއް ތަންފީޒުކޮށްފިނަމަ އެއީ ހިތާމަ ކުރާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ނިންމުމަކަށް ބާރުދޭ އެކަށީގެންވާ ހެކިތަކެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އިސްކަންދޭންވީ އޮޓޯޕްލޭ އާއި، އިންފިނިޓް ސްކްރޯލް ފަދަ ފީޗާތަކުގެ އިތުރުން، ކުޑަކުދިންނަށް ގެއްލުންދެނިވި މައުލޫމާތުތައް ފޯރުކޮށްދޭ 'އަލްގޮރިދަމް' ތައް މަނާކުރުމަށެވެ.

މޮލީ ރަސަލް އަމިއްލައަށް މަރުވީ 2017 ވަނަ އަހަރު އުމުރުން އެންމެ 14 އަހަރުގައެވެ. އެއީ އޮންލައިންކޮށް އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ މައުލޫމާތުތަކަށް އޭނާ ހުށަހެޅުމާ ގުޅިގެންނެވެ.

ބަރޯސް ވިދާޅުވީ ބެލެނިވެރިން ވެސް އެދެނީ ސަރުކާރުން "ހަރުދަނާ ފިޔަވަޅުތަކެއް" އެޅުމަށާއި، އަމަލީގޮތުން ކާމިޔާބު ކުރެވޭނެ ފަދަ އުސޫލުތަކެއް ތައާރަފުކުރުމަށް ކަމަށެވެ.

މީގެ ތެރޭގައި ސޯޝަލް މީޑިއާއަށް ދެވިހިފާ ގޮތަށް ހުންނަ ފީޗާތައް ކަމަށްވާ އޮޓޯޕްލޭ އާއި، އިންފިނިޓް ސްކްރޯލް އަދި ކުދިންނަށް ގެއްލުންދެނިވި ތަކެތި ފެންނަ ގޮތަށް ހުންނަ އަލްގޮރިދަމްތަކަށް ހަރުކަށި ހުރަސްތަކެއް ކުރިމަތިކުރުން ހިމެނެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މޮލީގެ މަރަށް މަގުފަހިވި ގެއްލުންތަކުގައި މި ފީޗާތަކުގެ ދައުރު ބޮޑެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ މާހިރުންނާއި ޖަމިއްޔާތަކުން، އޮސްޓްރޭލިއާގައި އޮންނަ ފަދަ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ އުސޫލަށް އިތުބާރު ނުކުރާ ކަމަށް ބަރޯސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާއިން މިދިޔަ ޖެނުއަރީ މަހު މި މަނާކުރުން ތައާރަފުކުރި ނަމަވެސް، އެ ގައުމުގެ އީ-ސޭފްޓީ ކޮމިޝަނުން މާޗް މަހު ހާމަކުރި ގޮތުގައި، ސޯޝަލް މީޑިއާ އެކައުންޓް އޮންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ކޮންމެ 10 މީހަކުން 7 މީހަކު ބުނެފައިވަނީ އެ ކުދިން އަދިވެސް އެ ޕްލެޓްފޯމްތައް ބޭނުންކުރަމުންދާ ކަމަށެވެ.

ބަރޯސް ބީބީސީ ބްރެކްފާސްޓަށް މައުލޫމާތު ދެމުން ވިދާޅުވީ، އޮސްޓްރޭލިއާގައި މި އުސޫލު ކާމިޔާބު ނޫން ކަމަށާއި، މިއީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ސިޔާސަތަކީ އެއްވެސް ރޭވުންތެރިކަމެއް ނެތި އަވަސްއަރުވާލައިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނަ ކަމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަމެއްގައި މިފަދަ ގޮތަކަށް އަމަލުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ސިޔާސަތުތައް އެކުލަވާލަންވާނީ ފެންނަން ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ގުޅޭގޮތުން، ޒުވާނުންނަށް އޮންލައިންކޮށް އެންމެ ރައްކާތެރިކޮށް ތިބެވޭނެ ގޮތްތައް ދެނެގަތުމަށްޓަކައި އިނގިރޭސި ސަރުކާރުން ޖެނުއަރީ މަހު ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ފަށާފައެވެ.

މި މަޝްވަރާތަކުގައި 116,211 ފަރާތަކުން ޖަވާބު ދީފައިވާއިރު، ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ އެމަނިކުފާނުގެ ހުށަހެޅުންތައް ހޯމަ ދުވަހު ޕާލަމެންޓަށް ހުށަހަޅުއްވާނެއެވެ.

ސަރުކާރުގެ ވަޒީރުން ވަނީ ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށްޓަކައި، މުޅިން މަނާކުރުން ނުވަތަ ސްކްރީން ބޭނުންކުރާ ވަގުތު ކަނޑައެޅުން ފަދަ ތަފާތު ގޮތްތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.

ބަރޯސް ހާމަކުރެއްވި ގޮތުގައި، ސޯޝަލް މީޑިއާ މަނާކުރުމަށް ވަކާލާތުކުރާ ފަރާތްތަކުން ބެލެނިވެރިންނަށް ދެނީ "ދޮގު އުންމީދުތަކެއް" ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ހެކިތަކަކަށް ބަލާއިރު، އޮސްޓްރޭލިއާގެ ތަޖުރިބާއިން އިނގިރޭސިވިލާތަށް ލިބޭނެ އެއްވެސް ފިލާވަޅެއް ނެތް ކަމަށެވެ.

މޮލީގެ ބައްޕަ އިއަން ރަސަލް ޖެނުއަރީ މަހު ބީބީސީގެ ނިއުސްކާސްޓަށް ދިން އިންޓަވިއުއެއްގައި ބުނީ، ސަރުކާރުން "މަނާކުރުން" ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި، މިހާރު ހުރި ގާނޫނުތައް ހަރުދަނާކޮށް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

މޮލީ ރޯޒް ފައުންޑޭޝަންސޯޝަލް މީޑިއާ ރެގިއުލޭޝަންސޯޝަލް މީޑިއާއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒަކަބާގް ކޯޓަށް ހާޒިރު ކުރަނީ

ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒަކަބާގް ކޯޓަށް ހާޒިރު ކުރަނީ

18 ފެބުރުއަރީ 2026
އޮސްޓްރޭލިއާގައި ސްނެޕްޗެޓް ބޭނުން ކުރާ ހަތަރު ލައްކަ އަށް ވުރެ ގިނަ އެކައުންޓު ބްލޮކު ކޮށްފި

އޮސްޓްރޭލިއާގައި ސްނެޕްޗެޓް ބޭނުން ކުރާ ހަތަރު ލައްކަ އަށް ވުރެ ގިނަ އެކައުންޓު ބްލޮކު ކޮށްފި

03 ފެބުރުއަރީ 2026
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު