Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒަކަބާގް ކޯޓަށް ހާޒިރު ކުރަނީ

ސޯޝަލް މީޑިއާގެ ވަސީލަތްތަކަކީ ކުޑަކުދިން އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށް ބުނެ އުފުލާފައިވާ ދައުވާތަކާ ގުޅިގެން، މެޓާގެ ވެރިޔާ މާކް ޒަކަބާގް ޖޫރީއެއްގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ހެކިބަސް ދިނުމަށް ވަނީ ހަމަޖެހިފައި. މި މައްސަލައިގައި އިންސްޓަގްރާމާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ސުވާލު އުފައްދާފައިވާއިރު، މިއީ އެމެރިކާގެ އެތައް ހާސް އާއިލާތަކަކާއި ސްކޫލްތަކަކުން އިސްނަގައިގެން ކުރިއަށްގެންދާ ގާނޫނީ ހަނގުރާމައެއް. މި ޝަރީއަތުގެ ނަތީޖާއަށް ބަލައި، 13 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް އުވާލުމަށް މަޖުބޫރުކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ އެކި ސްޓޭޓްތަކުގެ އެޓާނީ ޖެނެރަލުން ދަނީ ބާރުއަޅަމުން.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 17:56
ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް.

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް. | އައިސްޓޮކް


ފޭސްބުކްގެ ބާނީ އަދި އިންސްޓަގްރާމްގެ ވެރިޔާ މާކް ޒަކަބާގް، ސޯޝަލް މީޑިއާއަކީ ކުޑަކުދިން އެއަށް ދެވިހިފާ އެއްޗެއްތޯ ބެލުމަށް ކުރިއަށްދާ ތާރީޚީ ޝަރީއަތެއްގައި ހެކިބަސް ދިނުމަށް މި އަންނަ ބުދަ ދުވަހު ކެލިފޯނިއާގެ ކޯޓަކަށް ހާޒިރުވާނެ އެވެ.

މިއީ ޒަކަބާގްގެ މެޓާ ޕްލެޓްފޯމްސް ކުންފުންޏާއި، އެ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއަޕް ފަދަ ވަސީލަތްތަކާ ދެކޮޅަށް ފާއިތުވި އަހަރުތަކުގައި އަމާޒުވި ފާޑުކިޔުންތަކަށްފަހު، ޖޫރީއެއްގެ ކުރިމަތީގައި އޭނާ ހެކިބަސް ދޭ ފުރަތަމަ ފަހަރެވެ.

މެޓާގެ ވަކީލުން ކޯޓުގައި ބުނަމުންދަނީ، މި މައްސަލައިގައި ދައުވާކުރާ މައިގަނޑު ފަރާތް ކަމަށްވާ "ކޭ.ޖީ.އެމް" (ނަން ސިއްރުކުރުމަށް ބޭނުންކޮށްފައިވާ އަކުރުތަކެއް) އަށް ނަފްސާނީ ގޮތުން ގެއްލުންވީ އިންސްޓަގްރާމް ބޭނުންކުރުމުގެ ސަބަބުން ނޫން ކަމަށާއި، އެއީ އޭނާގެ ދިރިއުޅުމުގައި ދިމާވި އެހެން ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ލޮސް އެންޖެލިސްގައި ކުރިއަށްދާ މި އަޑުއެހުމުގައި ގޫގުލްގެ ޔޫޓިއުބްގެ މައްޗަށްވެސް ދައުވާ އުފުލާފައިވާއިރު، ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް ހުށަހަޅާފައިވާ މިފަދަ އެތައް ހާސް މައްސަލައަކަށް މި ޝަރީއަތުގެ ނަތީޖާގެ ސަބަބުން އަސަރުކުރާނެތީ، ގިނަ ބަޔަކު ދަނީ މި މައްސަލަ ވަރަށް ގާތުން ބަލަމުންނެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ޓިކްޓޮކް އަދި ސްނެޕްޗެޓުން ވަނީ ޝަރީއަތް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފަ އެވެ. ނަމަވެސް އެއްބަސްވުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ޒަކަބާގް އާ ސުވާލުކުރާނެ ކަމަށް ބެލެވެނީ އިންސްޓަގްރާމް ފަރުމާކޮށްފައިވާ ގޮތާ ގުޅޭގޮތުންނާއި، ގިނަ ބަޔަކު އެ ވަސީލަތަށް ޝައުގުވެރިކުރުވުމަށްޓަކައި ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން ގެނައި ބަދަލުތަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، މީހުން އެ ޕްލެޓްފޯމްތަކުގައި ހޭދަކުރާ ވަގުތަށް ބަލައިގެން އިޝްތިހާރުން އާމްދަނީ ހޯދުމަށް މެޓާ އިން ގެންގުޅޭ ވިޔަފާރީގެ އުސޫލުތަކަށް ވެސް މި ޝަރީއަތުގައި ބޮޑަށް އަލިއަޅުވާލާނެ ކަމަށް ބެލެވެ އެވެ.

ނިމިދިޔަ ހަފުތާގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިންސްޓަގްރާމްގެ އިސްވެރިޔާ އެޑަމް މޮސޭރީ ވަނީ ސޯޝަލް މީޑިއާއަށް ދެވިހިފާ ކަމަށް ބުނާ ވާހަކައަށް އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ދުވާލަކު 16 ގަޑިއިރު އިންސްޓަގްރާމް ބޭނުންކުރި ނަމަވެސް، އެއީ އެއަށް ދެވިހިފުން ކަމަށް ނުބެލެވޭނެ ކަމަށެވެ.

މި ޝަރީއަތް އެތައް ހަފުތާއަކަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭއިރު، މެޓާގެ ކުރީގެ މުވައްޒަފުންގެ ތެރެއިން އެ ކުންފުނީގެ އަމަލުތަކާ މެދު ފަހުން ފާޅުގައި ވާހަކަދެއްކި މީހުންގެ ހެކިބަސް ވެސް މި މައްސަލައިގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫޓިއުބްގެ ވެރިޔާ ނީލް މޯހަން ވެސް ހެކިބަސް ދިނުމަށް ހާޒިރުވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު އޭނާ ހާޒިރުކުރަން ބޭނުންނުވާކަން ބީބީސީ އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މި މައްސަލައަކީ އެމެރިކާގެ އެކި އާއިލާތަކާއި، ސްޓޭޓް ޕްރޮސިކިއުޓަރުންނާއި، ސްކޫލްތަކުން އިސްނަގައިގެން އެމެރިކާގެ ކޯޓުތަކަށް ހުށަހަޅާފައިވާ މިފަދަ އެތައް ހާސް މައްސަލައެއްގެ ތެރެއިން އެއް މައްސަލަ އެވެ.

މި ދައުވާތަކުގައި މެޓާ، ޓިކްޓޮކް، ސްނެޕްޗެޓް އަދި ޔޫޓިއުބްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، އެ ޕްލެޓްފޯމްތައް ހިންގަނީ ކުޑަކުދިން އެއަށް ދެވިހިފާނެ ފަދަ ގޮތަކަށް ކަމަށާއި، އޭގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ގެއްލުންވަމުންދާ ކަމަށެވެ.

މިފަދަ އެހެން މައްސަލައެއްގައި، އެމެރިކާގެ 29 ސްޓޭޓެއްގެ އެޓާނީ ޖެނެރަލުން ދަނީ ކެލިފޯނިއާގެ ފެޑަރަލް ކޯޓަކަށް ބާރުއަޅަމުންނެވެ. އެ ބޭފުޅުން އެދިވަޑައިގަންނަވަނީ ޝަރީއަތް ފެށުމުގެ ކުރިންވެސް، 13 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް މެޓާ އިން އުވާލުމަށް މަޖުބޫރުކުރުން ފަދަ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ކުންފުނިތަކަށް އަމުރުކޮށްދިނުމަށެވެ.

މާކް ޒަކަބާގްއިންސްޓަގްރާމްކެލިފޯނިއާޔޫޓިއުބްޓިކްޓޮކްސޯޝަލް މީޑިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

19 ފެބުރުއަރީ 2026
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

11 ފެބުރުއަރީ 2026
އޮސްޓްރޭލިއާގައި ސްނެޕްޗެޓް ބޭނުން ކުރާ ހަތަރު ލައްކަ އަށް ވުރެ ގިނަ އެކައުންޓު ބްލޮކު ކޮށްފި

އޮސްޓްރޭލިއާގައި ސްނެޕްޗެޓް ބޭނުން ކުރާ ހަތަރު ލައްކަ އަށް ވުރެ ގިނަ އެކައުންޓު ބްލޮކު ކޮށްފި

03 ފެބުރުއަރީ 2026
ކެލިފޯނިއާގެ ލައިބްރަރީއަކުން ނެގި ފޮތެއް، 46 އަހަރު ފަހުން އަނބުރާ ރައްދުކޮށްފި

ކެލިފޯނިއާގެ ލައިބްރަރީއަކުން ނެގި ފޮތެއް، 46 އަހަރު ފަހުން އަނބުރާ ރައްދުކޮށްފި

17 ޖެނުއަރީ 2026
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު