Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!

24 ޖޫން 2026 | ބުދަ 12:26

ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އާސަންދަ އާއި އެސްޓީއޯއިން އެކަން ގަބޫލުކުރި ނަމަވެސް، ހެލްތު މިނިސްޓަރު ގީލާ އަލީ އެކަން ދޮގުކުރައްވާތީ އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. ބޭސް ލިބެން ހުންނަ މިންވަރަށް ބަލައިގެން ބަލިމީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނަށް އެންގުމާއި، ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސުވާލުތަކަށް ސާފު ޖަވާބެއް ނުދެއްވުމަކީ މިނިސްޓަރުގެ ނާގާބިލުކަން ހާމަވާ ކަމެއް. މި މައްސަލަތަކުގެ ސަބަބުން މުޅި ސިއްހީ ނިޒާމަށް އޮތް އިތުބާރު ގެއްލި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖޫން 2026 | ބުދަ 12:26
ހެލްތު މިނިސްޓަރު ގީލާ އަލީ، ރައްޔިތުންގެ މަޖިލީހުގައި

ހެލްތު މިނިސްޓަރު ގީލާ އަލީ، ރައްޔިތުންގެ މަޖިލީހުގައި | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު މިއަދު ބޮޑު ހަލާކެއްގެ ތެރެއަށް ވެއްޓެމުންދާއިރު، އެ ދާއިރާގެ އެންމެ އިސްވެރިޔާ، ހެލްތު މިނިސްޓަރު ގީލާ އަލީއަށް ސިއްހީ ދާއިރާގެ އެއްވެސް އަސާސީ މައުލޫމާތެއް ނުވަތަ ހަގީގަތް އެނގިވަޑައިނުގަންނަވާ ކަން ތަކުރާރުކޮށް މިދަނީ ވަރަށް ސާފުކޮށް ހާމަވަމުންނެވެ. ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ޚާއްސަކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ހާލަތު ގޯހުން ގޯހަށް ދާއިރު ވެސް، މިނިސްޓަރު ވިދާޅުވަމުން ގެންދަވަނީ ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. 

މިއީ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކުން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތަށް މިނިސްޓަރާ، ރައީސް ޑރ، މުހައްމަދު މުއިއްޒުގެ މުޅި ސަރުކާރު ކުރަމުންދާ މަލާމާތެކެވެ. ރައްޔިތުންނަށް އޮޅުވާލުމަށް މި ވާހަކަތައް ސަރުކާރުން ދައްކަމުންދާއިރު އާންމު ރައްޔިތުން ކޮންމެ ދުވަހަކު އެ ދަނީ ބޭސް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ސަމާލުކަމަށް މިކަން އައިސް، އެ ބޭފުޅުން ވެސް އެދަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކޮށް، ރައްޔިތުންގެ އިހުސާސްތައް ކިޔައިދެމުންނެވެ.

އެންމެ ފަހުން ބޭސް ނުލިބުމުގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާގެ އިތުރުން ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފަރމާ ގެ އެމްޑީ ޑރ. ޝާހް މާހިރް ވެސް އެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިނިސްޓަރު ގީލާ ވަނީ އެފަދަ އެއްވެސް ދަތިކަމެއް އުޅޭކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ގީލާ ބޭހުގެ ދަތިކަމެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް ނަފްސާނީ ބަލިތަކަށް އާންމުކޮށް ބޭނުންކުރާ ސާޓްރަލިން، އަލްޕްރަޒޮލާމް، ކްލޮނާޒެޕާމް، ފްލޮކްސެޓިން އަދި އެޓޮމޮކްސެޓިން ފަދަ މުހިންމު ބޭސްތައް ނުލިބިގެން އެތައް ބަޔަކު އެދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ބޭސްތަކުގެ ހަމައެކަނި ވަކި ޑޯޒެއް ނުވަތަ ކެޕްސޫލް ފޯމް ނޫނީ ލިބޭކަށް ނެތެވެ. މިފަދަ ހާލަތެއްގައި ގައުމުގެ ކަންކަން އޮއްވާ ބޭހުގެ ދަތިކަމެއް ނެތް ކަމަށް ވިދާޅުވުމަކީ މިނިސްޓަރު ގެ ނާގާބިލުކަން ނޫން ދެން އެހެން ކޮންކަމެއް ތޯ އެވެ. 

ބޭސް ހުސްވުމުގެ މި ބޮޑު ކްރައިސިސް ނުވަތަ މައްސަލަ ހައްލުކުރުމަށް މިނިސްޓަރު ގީލާ ގެންގުޅުއްވި އުސޫލަކީ ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް މީހަކު ނޫނީ ނުކުރާނެ ފަދަ ކަމެކެވެ. ގީލާ ވަނީ ހަމައެކަނި ފާމަސީތަކުން ލިބެން ހުންނަ ބޭސްތައް އެކަނި ބަލިމީހުންނަށް ލިޔެދިނުމަށް ޑޮކްޓަރުންނަށް އަންގާފަ އެވެ. މިއީ ބަލިމީހާއަށް ބޭނުންވާ ހަގީގީ ފަރުވާ ދިނުމުގެ ބަދަލުގައި، ފާމަސީގެ ހަރުތަކުގައި ހުރި އެއްޗަކަށް ބަލައިގެން ފަރުވާ ބަދަލުކުރުމަށް މަޖުބޫރުކުރުވުމެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، މުޅި ސިއްހީ ނިޒާމުގެ އިތުބާރު ވަނީ ގެއްލިފަ އެވެ.

މި ހުރިހާ މައްސަލަތަކާ ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގައި ވެސް މިނިސްޓަރު ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ސިފައެކެވެ. ސިއްހީ ދާއިރާގެ ހާލަތާއި ބޭސް ހުސްވުމުގެ މައްސަލައިގައި ކުރެވުނު ސުވާލުތަކަށް ސާދާ ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި، މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެ ސުވާލުތަކަށް ފަހުން ޖަވާބު ދެއްވާނެ ކަމަށެވެ. މިގޮތަށް މަޖިލީހުގައި ޖަވާބުދެއްވުމަށް ދެކޮޅުހެއްދެވުމުން އެނގެނީ، މިނިސްޓަރު ގެ މަގާމުގައި ހުންނެވި ނަމަވެސް، ހިނގަމުންދާ ކަންކަމުގެ އެއްވެސް މައުލޫމާތެއް އަދި މައްސަލަ ހައްލުކުރާނެ އެއްވެސް ޕްލޭނެއް މިނިސްޓަރު ގެ އަތްޕުޅުގައި ނެތް ކަމެވެ. މިއީ މުޅި ގައުމުގެ ސިއްހީ ނިޒާމު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ ނާގާބިލު ވެރިކަމެއްގެ ސާފު ހެއްކެކެވެ.

ބޭސް ނުލިބޭ މައްސަލަހެލްތް މިނިސްޓަރ ގީލާ އަލީ ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖޫން 2026

ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!

24 ޖޫން 2026
ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!
24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
24 ޖޫން 2026

ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް

24 ޖޫން 2026
ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް
24 ޖޫން 2026

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު
24 ޖޫން 2026

އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް

24 ޖޫން 2026
އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް
24 ޖޫން 2026

އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު

24 ޖޫން 2026
އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު
23 ޖޫން 2026

ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވިޔަސް ވަޒީރުން ޖަވާބުދާރީ ވާންޖެހޭނެ: ޝާހިދު

23 ޖޫން 2026
ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވިޔަސް ވަޒީރުން ޖަވާބުދާރީ ވާންޖެހޭނެ: ޝާހިދު
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް