Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުރުދީން ވަކިވުމުގެ މަސައްކަތް

ކުރުދީންގެ ވޯޓަކީ ބައިބައިވުމަށް އެޅޭ ފިޔަވަޅެއް: ޙިޒްބުﷲ

ކުރުދީންގެ ވަކި ދަޢުލަތެއް އުފެއްދުމަށް ކުރާ މަސައްކަތާ މެދުއިރުމަތީގައި އިތުރު ދާޚިލީ ހަމަނުޖެހުމެއްގެ ފެށުން: ނަޞްރަﷲ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2017 | އާދީއްތަ 06:14
ކުރުދީންގެ މިނިވަންކަމަށް ސެޕްޓެމްބަރު 26ގައި ނެގި ވޯޓުގެ ނަތީޖާއަށް ފަހު ކުރުދީން އުފާ ފާޅުކުރަނީ

ކުރުދީންގެ މިނިވަންކަމަށް ސެޕްޓެމްބަރު 26ގައި ނެގި ވޯޓުގެ ނަތީޖާއަށް ފަހު ކުރުދީން އުފާ ފާޅުކުރަނީ

އީރާޤްގެ އުތުރުގައި އޮންނަ ކުރުދިސްތާނުގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ކުރުދީން ކުރާ މަސައްކަތަކީ، މެދުއިރުމަތީގެ ބައިބައިވުމަށް އިތުރަށް އެޅޭ ފިޔަވަޅެއް ކަމަށާއި، އެކަން ހުއްޓުވަން ޖެހޭ ކަމަށް ލުބުނާނުގެ ނުފޫޒުގަދަ ޙިޒްބުﷲ ޖަމާޢަތުން ބުނެފި އެވެ.

އިރާޤްގެ އަވަށްޓެރި އީރާނުން ވާގިވެރިވާ ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ ލީޑަރު ސައްޔިދު ހަސަން ނަޞްރަﷲ ވިދާޅުވީ، އީރާޤްގެ އުތުރުގައި މިހާރު ހިނގަމުންދާ ކަންކަމަކީ، ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށާއި، އެއީ ހަމައެކަނި އީރާޤާއި ކުރުދީންގެ އާބާދީއެއް އޮންނަ އަވަށްޓެރި ޤައުމުތަކަށް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދާޚިލީ ހަމަނަނުޖެހުމަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރުދީންގެ މިނިވަން ދަޢުލަތެއް ޤާއިމް ކުރުމަށް އީރާޤްގެ އުތުރުގެ ކުރުދިސްތާނުގައި ހޯމަ ދުވަހު ނެގި ވޯޓުގައި، ކުރުދީންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ އީރާޤްގެ މައި ސަރުކާރުގެ ކިބައިން މިނިވަންވެ، ކުރުދީންގެ ވަކި ދަޢުލަތެއް އެކުލަވާލުމަށް ފެންނަ ކަމަށް ވޯޓު ދީފައެވެ. އެހެންނަމަވެސް މި ވޯޓަކީ، ކުރުދީންގެ މިނިވަން ދަޢުލަތެއް އުފެއްދުމުގައި ގޮތެއް ނިންމުމުގެ ހައިސިއްޔަތު ލިބިފައިވާ ވޯޓެއް ނޫނެވެ.

ޙިޒްބުﷲގެ ލީޑަރު ނަޞްރަﷲ ވިދާޅުވީ، މިމަސައްކަތުގެ ހަމައެކަނި ނަތީޖާ އަކީ ބައިބައިވުން ކަމަށާއި، ބައިބައިވުމުގެ މާނައަކީ އެސަރަޙައްދުގައި އިތުރު ދާޚިލީ ހަމަނުޖެހުމެއްގެ ފެށުން ކަމަށެވެ. އެހެންކަމުން މިމަސައްކަތް ހުއްޓުވުމަށް ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރުދީންގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް ޙިޒްބުﷲގެ ޒަމާންވީ ހަތުރެއް ކަމަށްވާ އިޒްރޭލުން ތާޢީދުކޮށްފައިވާއިރު، ނަޞްރަﷲ ވަނީ އެމަސައްކަތަކީ މެދުއިރުމަތީގެ ސަރަޙައްދު ހަލަބޮލިކޮށްލުމަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ރާވާ ރޭވުމެއް ކަމަށް ސިފަކުރައްވާފައެވެ.

އެހެންނަމަވެސް، އެމެރިކާ އިން ވަނީ ކުރުދީންގެ ވޯޓަށް ދެކޮޅު ހަދާފައެވެ. އެމެރިކާގެ އިތުރުން، އީރާޤާއި އަވަށްޓެރި ތުރުކީ، އީރާން އަދި ސީރިއާއާއެކު ޔޫރަޕްގެ ބައެއް ޤައުމުތަކުން ވެސް ކުރުދީންގެ މިނިންމުމާ ދެކޮޅެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނަކަށް ކަޝްމީރު މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ: އިންޑިއާ

ޕާކިސްތާނަކަށް ކަޝްމީރު މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ: އިންޑިއާ

20 ފެބުރުއަރީ 2019
އިރާނަށް ކުރިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އިޔާދަކުރުމަށް އެމެރިކާ އިން ނިންމައިފި

އިރާނަށް ކުރިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އިޔާދަކުރުމަށް އެމެރިކާ އިން ނިންމައިފި

03 ނޮވެމްބަރު 2018
މިސްރުގެ ކުރީގެ ސަރުކާރު ވައްޓާލުމުގައި ހަރަކާތްތެރިވި ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅޭނެ

މިސްރުގެ ކުރީގެ ސަރުކާރު ވައްޓާލުމުގައި ހަރަކާތްތެރިވި ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅޭނެ

18 ޖުލައި 2018
ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ފިޔަވަޅެއް އުތުރު ކޮރެއާ އިން އަޅާ ކަމެއް ނޭނގޭ: އެމެރިކާގެ ދިފާއީ ވަޒީރު

ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ފިޔަވަޅެއް އުތުރު ކޮރެއާ އިން އަޅާ ކަމެއް ނޭނގޭ: އެމެރިކާގެ ދިފާއީ ވަޒީރު

21 ޖޫން 2018
ކުރުދީންގެ ސަރަހައްދަށް އިރާގް ފައުޖުތައް ފޮނުވުމުން ހަމަނުޖެހުން ހިނގަނީ

ކުރުދީންގެ ސަރަހައްދަށް އިރާގް ފައުޖުތައް ފޮނުވުމުން ހަމަނުޖެހުން ހިނގަނީ

16 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު