Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުރުދީ ދިދަ ނުނެގުން

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

ގަނޫނުހަދާ މަޖްލީހުގެ ނިންމުން ކުރުދީން ބަލައެއް ނުގަނޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 09:53
ކުރުދީންގެ ދިދަ އާ އިރާގުގެ ގައުމީ ދިދަ އެގައުމުގެ ސަރުކާރުގެ އިމާރާތެއްގައި ނަގަނީ

ކުރުދީންގެ ދިދަ އާ އިރާގުގެ ގައުމީ ދިދަ އެގައުމުގެ ސަރުކާރުގެ އިމާރާތެއްގައި ނަގަނީ

އިރާގުގެ ކިރްކުކްގައި އެގައުމުގެ ކުރުދީ ދަރިކޮޅުގެ މީހުން ބޭނުން ކުރަމުން އަންނަ ކުރުދީންގެ ދިދަ އާންމުތަންތާގައި ނެގުން ޤާނޫނު ހަދާ މަޖްލީހުން މަނާކޮށްފިއެވެ.

ކިރްކުކްގައި ކުރުދީންގެ ވަކި ދިދައެއް ނެގުމަށް ގާނޫނު ހަދާ މަޖްލީހަށް ހުށަހަޅި މައްސަލައަކަށް ބަހުސް ކުރުމަށްފަހު މެންބަރުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

އެގޮތުން ކިރްކޫކުގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި އާންމުންގެ އިމާރާތްތަކާއި އެނޫންވެސް މުއައްސަސާތަކުގައި ކުރުދީންގެ ދިދަ ނެގުމަށް ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ.

އިރާގުގެ ގާނޫނު ހަދާ މަޖްލީހުގެ 186 މެންބަރުން ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ހުރިހަ މެންބަރުންވެސް އިއްތިފާގުވީ ކިރްކުކްގައި އިރާގުގެ ގައުމީދިދަ ނެގުމަށެވެ. ގާނޫނު ހަދާ މަޖްލީހުގެ މި ޖަލްސާގައި 186 މެންބަރުން ބައިވެރިވެވަޑައިގެންނެވިޔަސް އިރާގުގެ ގާނޫނު ހަދާ މަޖްލިސް އެކުލިވެގެން ވަނީ 328 މެންބަރުންގެ މައްޗަށެވެ.

ގާނޫނު ހަދާ މަޖްލީހުގެ މި ނިންމުމާއި ގުލޭގޮތުން ކިރްކުކް ޕްރޮވިންސްގެ މެންބަރެއް ކަމަށްވާ ހަސަން ތުރާން ވިދާޅުވީ، ވޯޓްގެ ކުރިން ކުރުދީން ތަމްސީލުކުރާ ސިޔާސީ ފަރާތްތައް ވޯޓްގައި ބައިވެރިނުވެ ނުކުމެވަޑައިގެންނެވި ކަމަށެވެ.

މިހަފްތާގެ ކުރީކޮޅު ކިރްކުކް ޕްރިވިންސްގެ ކައުންސިލް ވަނީ ކުރުދީން ހިމެނޭ ސަރަހައްދުގެ ސަރުކާރުގެ އިމާރާތްތަކާއި އެނޫންވެސް އާންމުތަންތާގައި އިރާގުގެ ގައުމީ ދިދައާއެކު ކުރުދީންގެ ދިދަ ނެގުމަށް ނިންމާ އެކަން ގާނޫނު ހަދާ މަޖްލީހަށް ހުށަހަޅާފައެވެ.

ގާނޫނު ހަދާ މަޖްލީހުން ކޮންމެ ގޮތަކަށް ނިންމިޔަސް ކޭޕީސީގައި ހިމެނޭ އަރަބި އަދި ކުރުދީންގެ މެންބަރުން ވަނީ އެ ނިންމުން ބަލައިނުގަންނާނެ ކަން އިއުލާންކޮށްފައެވެ.

ކުރުދީންގެ ދިދައިގެ މައްސަލަ ފެންމަތިވީ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް، ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ކޭ.އާރ.ޖީ ލީޑަރު މައްސޫދު ބަރްޒާނީ ގޮވާލެއްވި ހިސާބުންނެވެ

ކުރުދީންގެ ޚަބަރުތައް ގެނެސްދޭ ރުދާވްގެ ޚަބަރުތައް ބުނާ ގޮތުގައި ކޭޕީސީގެ މެންބަރުން، ކިރްކުކް އަކީ މިނިވަންތަނެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތަށް ކުޑަވެސް ބަދަލެއް ނާންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޣްދާދީ މަރާލެވިއްޖެ ކަމާމެދު އެމެރިކާ، އިރާގު ޝައްކު

ބަޣްދާދީ މަރާލެވިއްޖެ ކަމާމެދު އެމެރިކާ، އިރާގު ޝައްކު

16 ޖޫން 2017
އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި

އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި

09 ޖޫން 2017
އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު