Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ފިޔަވަޅެއް އުތުރު ކޮރެއާ އިން އަޅާ ކަމެއް ނޭނގޭ: އެމެރިކާގެ ދިފާއީ ވަޒީރު

އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 21 ޖޫން 2018 | ބުރާސްފަތި 16:49
އެމެރިކާގެ ދިފާއީ ވަޒީރު މެޓިސް

އެމެރިކާގެ ދިފާއީ ވަޒީރު މެޓިސް

އުތުރު ކޮރެއާ އިން ކުރިއަށްގެންދާ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ކަހަލަ ފިޔަވަޅެއް، އުތުރު ކޮރެއާ އިން މިހާތަނަށް އެޅި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޕެންޓަގަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މެެޓިސް އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ކަމެއް ކުރާކަން އެމަނިކުފާނަށް "އެނގިވަޑައިގެންފައި ނުވާ" ކަމަށެވެ. އަދި އެކަމާ ގުޅޭ ތަފްސީލީ މަޝްވަރާއެއް ވެސް ކުރަމުން ނުދާ ކަމަށެވެ.

މެޓިސް މިހެން ވިދާޅުވި އިރު ޖޫން 12 ގައި ސިންގަޕޫރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގެ ބައްދަލުވުމަށް ފަހު އެމެރިކާގެ ރައީސް ވިދާޅުވެފައި ވަނީ ނިއުކްލިއާ ހަތިޔާރާ ގުޅޭ ޓެސްޓް ސައިޓެއް ނައްތާލުމުގެ މަސައްކަތް އުތުރު ކޮރެއާ އިން ފަށާފައިވާ ކަމަށް ނުވަތަ އުތުރު ކޮރެއާގެ ލީޑަރު އެނބުރި ގައުމަށް ވަޑައިގަތްހާ އަވަހަކަށް އެކަން ކުރައްވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔަ ކަމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވުން ކަމަށްވާއިރު، އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް" ކަމަށެވެ. ދެ ގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލަމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރުކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
02 މެއި 2017

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

02 މެއި 2017
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު