Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާޤު-ކުރުދީ މައްސަލަ

ކުރުދީންގެ ބޯޑަރު ކައިރީގައި އީރާނާއި އީރާޤުން ގުޅިގެން އަސްކަރީ ފަރިތަކުރުންތައް ފަށައިފި

މިއީ 1979ގެ ފަހުން ދެޤައުމު ގުޅިގެން ބާއްވާ ފުރަތަމަ އަސްކަރީ ފަރިތަކުރުންތައް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2017 | އަންގާރަ 06:26
އީރާނުން އެންޓި-އެއަރކްރާފްޓް މިސައިލެޓް ޓެސްޓު ކުރުމަށް ގެންދަނީ

އީރާނުން އެންޓި-އެއަރކްރާފްޓް މިސައިލެޓް ޓެސްޓު ކުރުމަށް ގެންދަނީ

އީރާޤްގެ ކުރުދިސްތާނުގައި އީރާނާއި އީރާޤްގެ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގާ އަސްކަރީ ފަރިތަކުރުންތަކެއް ފަށައިފި އެވެ.

އީރާޤްގެ ކުރުދީން، އެމީހުންގެ މިނިވަން ދަޢުލަތެއް އުފެދުމަށް ކުރާ މަސައްކަތާއި ގުޅިގެން ސަރަޙައްދުގެ މަޝްރަޙު ހޫނުވެފައިވަނިކޮށް، އަވަށްޓެރި އީރާނާއި އީރާޤުން އަސްކަރީ ފަރިތަކުރުންތައް ފަށާފައިވަނީ ހޯމަ ދުވަހު އެވެ.

ޓޭންކަރުތަކާއި ބަރު ހަތިޔާރާއެކު އީރާޤާއި އީރާނުގެ އަސްކަރިއްޔާ އިން ގުޅިގެން ހިންގާ ފަރިތަކުރުންތައް ފަށާފައިވަނީ ކުރުދިސްތާނުގެ ބޯޑަރާއި ގާތްގަނޑަކަށް 250 މީޓަރު ކައިރީގައި ކަމަށް ކުރުދީންގެ ބަޝްމަޚް ބޯޑަރު ޕޯސްޓުގެ ކަސްޓަމްސް ޗީފް ޝްވާން އަބޫ ބަކްރު މަޢުލޫމާތު ދެއެވެ.

އަދި ތަމްރީންތަކުގައި ބައިވެރިވާ އީރާޤްގެ ފައުޖުތައް ހަރަކާތްތެރިވަނީ ކަޅު ޔުނިފޯމްގައި ކަމަށާއި، އެހެންކަމުން ތަމްރީންތަކުގައި ބައިވެރިވަނީ އިރާޤްގެ ކައުންޓަރ ޓެރަރިޒަމް ސާވިރސް އަށް ނިސްބަތްވާ ސިފައިންކަން ކަށަވަރުވާ ކަމަށް އޭނާ އާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އަސްކަރިއްޔާގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ގޮތުގައި، އީރާޤުގެ އަސްކަރިއްޔާ އާއި ގުޅިގެން ހިންގާ އަސްކަރީ ފަރިތަކުރުންތަކުގައި ހަތިޔާރާއި ވައިގެ ސިފައިންގެ ޔުނިޓްތައް ބައިވެރިވާނެ އެވެ.

މިއީ 1979ވަނަ އަހަރުގެ ފަހުން އީރާޤާއި ގުޅިގެން އީރާނުން ހިންގާ ފުރަތަމަ އަސްކަރީ ފަރިތަކުރުންތަކެވެ. 1980ވަނަ އަހަރުން ފެށިގެން 1988ވަނަ އަހަރުގެ ނިޔަލަށް މި ދެޤައުމުގެ މެދުގައި ހަނގުރާމަ ހިނގާފައިވެއެވެ.

އީރާޤްގެ މައި ސަރުކާރުގެ ކިބައިން މިނިވަންވެ، ކުރުދީންގެ ވަކި ދަޢުލަތެއް އުފެއްދުމަށް ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހު ނެގި ފެންނަ-ނުފެންނަ ވޯޓުގައި، ކުރުދީންގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި މީހުންގެ 92.7 އިންސައްތަ މީހުން ވަނީ ބުނެފައެވެ.

ކުރުދީންގެ ވޯޓަށްފަހު، އީރާޤްގެ އިތުރުން އަވަށްޓެރި އީރާނާއި ތުރުކީން ވަނީ، އީރާޤްގެ ކުރުދިސްތާން އެކަހެހިރު ކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ކުރުދިސްތާނުގެ މައި ދެ އެއަރޕޯޓުގެ ބައިނަލްއަޤްވާމީ އުދުހުންތައް ވަނީ ހުއްޓުވުން ހިމެނެ އެވެ.

މީގެ އިތުރުން، އީރާނުން ވަނީ އީރާޤްގެ ކުރުދިސްތާނަށް ތެލާއި ހަކަތައިގެ ބާވަތްތައް އެތެރެ ކުރުމާއި ބޭރު ކުރުން ވަނީ މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައެވެ. އީރާނުގެ އޮފިޝަލަކާއި ހަވާލާދީ އޭއެފްޕީން ހޯމަ ދުވަހު ވަނީ، ބޯޑަރު ހުރަސްކޮށް އީރާނަށް އެތެރެވާން އުޅުނު ކުރުދީންގެ 600 އެއްހާ ތެޔޮ ޓޭންކަރުތަކަށް އީރާނުގެ ކަސްޓަމުން ހުރަސް އަޅާފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސްގެ މިސްކިތެއްގައި ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި އަށް މީހަކު ޒަޚަމްވެއްޖެ

ފްރާންސްގެ މިސްކިތެއްގައި ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި އަށް މީހަކު ޒަޚަމްވެއްޖެ

03 ޖުލައި 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

27 އެޕްރީލު 2017
މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި

މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި

26 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު