Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީގެ މޭޔަރ ޢާޠިފް

މޭޔަރ ޢާޠިފްގެ "އާސްކް މޭޔަރ" ޕްރޮގްރާމް ތަޢާރަފްކޮށްފި

މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެފުށްފެންނަ މިންވަރު އިތުރުކޮށް، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 1 މާރިޗު 2026 | އާދީއްތަ 19:31
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް | ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގެ ހިންގުމާއި ގުޅުންހުރި ކަންކަން, އެ ސިޓީގެ މޭޔަރ, މުޙައްމަދު ޢާޠިފް އާއި ފަސޭހައިން ސުވާލުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް "އާސްކް މޭޔަރ" ގެ ނަމުގައި ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ.

މި ޕްރޮގްރާމުގެ މަޤުޞަދަކީ, ރައްޔިތުންގެ ހިތްތަކުގައި ކުޅުދުއްފުށި ސިޓީއާއި ކައުންސިލް ހިންގުމާއި, ނިންމުންތަކާއި ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ސީދާ މޭޔަރ ޢާޠިފްގެ ޖަވާބު ހޯދުމުގެ ފުރުޞަތު ހޯދައިދިނުމަށާއި, ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސައްހަ މައުލޫމާތު ފޯރުކޮށްދީ, ކައުންސިލް ހިންގުމުގައި ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ.

Advertisement - newsAdvertisement

ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް ރައްޔިތުން ހުށަހަޅާ ސުވާލުތަކުގެ ޖަވާބު އާންމުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައެވެ.

މިގޮތުން މި ޕްރޮގްރާމަށް އޮންލައިންކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު އޮންލައިން ފޯމު މެދުވެރިކޮށް ހުޅުވާލުމުން, އެ ހަފްތާއެއްގެ އަންގާރަ ދުވަހު ހެނދުނު 09:00 ގެ ކުރިން ކޮންމެ ރައްޔިތަކަށްވެސް ސުވާލު ފޮނުވޭނެއެވެ.

މީގެ އިތުރުން, މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގެ ދަށުން ސުވާލުފޮނުވުމަށް "https://forms.office.com/r/wWM90Xyd3U " މި ލިންކު މެދުވެރިކޮށް ފޮނުވޭގޮތަށް ސިޓީ ކައުންސިލުން މިހާރު ވަނީ ހަމަޖައްސާފައިވެއެވެ.

މޭޔަރު މުޙައްމަދު ޢާޠިފް އަކީ ރައްޔިތުންގެ މުހުތާދުތައް އެންމެ ފުރިހަމައަށް ފުއްދުމަށް ޚާއްސަ އިސްކަމެއްދީ, ރައްޔިތުންގެ ހައްޤުގައި ބަސްބުނުމަށް ފަސްނުޖެހޭ ލީޑަރެއްކަން ފާހަގަކޮށްލެވެއެވެ. "އާސްކް މޭޔަރ" ޕްރޮގްރާމުގެ އިތުރުން މޭޔަރު އަދި ސިޓީ ކައުންސިލްގެ ކައުންސިލަރުން ދަނީ, ހަމައެކަނި ރައްޔިތުންގެ ޝަކުވާތަކާއި ސުވާލުތައް ދުރާ ގާތުން އަޑުއެއްސެވުމަށް ކޮންމެ ހަފްތާއަކު ރަސްމީ ގަޑިތަކުގެ ތެރެއިން 1 ގަޑިއިރު "ރައްޔިތުންގެ ގާތުން އަޑު" ގެ ނަމުގައި ބައްދަލުވުންތައް ބާއްވަމުންނެވެ.

ކުޅުދުއްފުށި ސިޓީމުހައްމަދު އާތިފްއާސްކް މޭޔަރކުޅުދުއްފުށި ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2026

ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

27 ފެބުރުއަރީ 2026
ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!
13 ފެބުރުއަރީ 2026

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް
11 ފެބުރުއަރީ 2026

މިއަދު ވޯޓެއް ނެގިޔަސް, ޑރ. މުއިއްޒު އަށް ވުރެ ގިނަ ވޯޓު މޭޔަރު އާތިފް ހޯއްދަވާނެ: ނިޔާޒު

11 ފެބުރުއަރީ 2026
މިއަދު ވޯޓެއް ނެގިޔަސް, ޑރ. މުއިއްޒު އަށް ވުރެ ގިނަ ވޯޓު މޭޔަރު އާތިފް ހޯއްދަވާނެ: ނިޔާޒު
08 ފެބުރުއަރީ 2026

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

08 ފެބުރުއަރީ 2026
ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު
15 ޖެނުއަރީ 2026

ރައްޔިތުން ވިސްނަންޖެހޭ ފަސް ސުވާލާއެކު, ކުޅުދުއްފުށީގެ މޭޔަރު އާތިފް ދެވަނަ ދައުރަކަށް ވާދަކުރައްވަން އިއުލާނުކުރައްވައިފި

15 ޖެނުއަރީ 2026

ރައްޔިތުން ވިސްނަންޖެހޭ ފަސް ސުވާލާއެކު, ކުޅުދުއްފުށީގެ މޭޔަރު އާތިފް ދެވަނަ ދައުރަކަށް ވާދަކުރައްވަން އިއުލާނުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު