Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި މުވައްޒަފުން ވެއްދި އެޗްޑީސީން، އެމަގާމުތައް އުވާލައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ!

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރުމަށް ޕީސީބީން އެންގި އެންގުމާ ގުޅިގެން، އެޗްޑީސީގެ ބައެއް މަގާމުތައް އުވާލައި މުވައްޒަފުން ވަކިކުރަން ވަނީ ނިންމާފައި. މި ބަދަލާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފައިވާއިރު، މިހާރު ދަނީ މަގާމު އުވާލިކަމުގެ ނޯޓިސް ފޮނުވަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖުލައި 2026 | ބުރާސްފަތި 08:40
އެޗްޑީސީ އޮފީސް ހުންނަ އިމާރާތް، އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވޭ.

އެޗްޑީސީ އޮފީސް ހުންނަ އިމާރާތް، އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވޭ. | ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި، މުވައްޒަފުން ވެއްދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެމަގާމުތައް އުވާލައި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ. 

18 ޖޫން 2026 ގައި އެޗްޑީސީން ވަނީ މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފަ އެވެ. މި ފުރުސަތުގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެފަހުން މިދިޔަ އާދިއްތަ ދުވަހު ވެސް ބައެއް މަގާމުތައް އުވާލަން ނިންމާފައިވާކަން މެމޯއަކުން އަންގައި، މުވައްޒަފުންނަށް އަމިއްލައަށް ވަކިވުމުގެ ފުރުސަތު މިމަހުގެ 20ގެ ނިޔަލަށް ދީފައިވެ އެވެ. 

މިހަފްތާގެ އަންގާރަ ދުވަހުން ފެށިގެން މުވައްޒަފުންނަށް ނޯޓިސް ފަނުވަން ފަށާއިރު، އީމެއިލްގައި ބުނެފައިވަނީ އަދާކުރާ ވަޒީފާގެ މަގާމު އުވާލާފައިވާ ކަމަށެވެ. 

2000ށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ އެޗްޑީސީން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އަންގާފައިވަނިކޮށެވެ.

ސަރުކާރުގެ އެކި ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޮޑު ގެެއްލުމަކާއެކު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން ވެސް މުވައްޒަފުން މަދުކުރުމަށް ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ޖޫން މަހުގެ ކުރީކޮޅު ދީފައިވެ އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު

އިތުރަށް ކިޔާލަން

15 ޖުލައި 2026

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް

15 ޖުލައި 2026
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް
05 ޖުލައި 2026

ޚިދުމަތް ނުފެށޭ ޑީބީއެމްގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ މަގާމުން އިސްތިއުފާ ދެއްވައިފި

05 ޖުލައި 2026
ޚިދުމަތް ނުފެށޭ ޑީބީއެމްގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ މަގާމުން އިސްތިއުފާ ދެއްވައިފި
01 ޖުލައި 2026

ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި!

01 ޖުލައި 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި!
24 ޖޫން 2026

އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި

24 ޖޫން 2026
އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި
20 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި

20 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި
19 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
09 ޖޫން 2026

ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ

09 ޖޫން 2026
ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ
04 ޖޫން 2026

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!

04 ޖޫން 2026
ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!
02 ޖޫން 2026

ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުުން ގެއްލިގެން" އެ ކުންފުނި ހޯދަން އެޗްޑީސީގެ އެހީއަށް އެދިއްޖެ

02 ޖޫން 2026
ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުުން ގެއްލިގެން" އެ ކުންފުނި ހޯދަން އެޗްޑީސީގެ އެހީއަށް އެދިއްޖެ
01 ޖޫން 2026

އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ

01 ޖޫން 2026
އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު