Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޭޕާކު ހަންބޯ ހޯދުން

ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުުން ގެއްލިގެން" އެ ކުންފުނި ހޯދަން އެޗްޑީސީގެ އެހީއަށް އެދިއްޖެ

ކޭޕާކް އެޕާޓްމެންޓްތައް ގަތް މީހުންގެ ހައްގުގައި މަސައްކަތްކުރާ އެޑްވޮކަސީ ޗެމްބާސް އިން، މި މަޝްރޫއު ހިންގި ހަންބޯ ކުންފުންޏާ މުއާމަލާތް ކުރެވޭނެ މަގެއް ހޯދުމަށް އެޗްޑީސީގެ އެހީތެރިކަމަށް އެދިއްޖެ. އެ ލޯފާމުން ބުނާ ގޮތުގައި ޑިވެލޮޕަރު މިހާރު ފެންނަން ނެތުމުން މައްސަލައަށް ހައްލެއް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މިކަމުގައި އެޗްޑީސީގެ އެއްބާރުލުން މިހާތަނަށް ލިބިފައެއް ނުވޭ. ރާއްޖޭގެ ހައުސިން ދާއިރާގައި ހިނގި މި ބޮޑު ސްކޭމްގައި ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ސަރުކާރުގެ އިދާރާތަކުން އިންސާފު ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމުގެ ކަންބޮޑުވުން ވިކްޓިމުން ވަނީ ފާޅުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 2 ޖޫން 2026 | އަންގާރަ 14:23
ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (މ) އަދި ހަމްބޯ ކުންފުނީގެ ބައެއް ވެރިން

ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (މ) އަދި ހަމްބޯ ކުންފުނީގެ ބައެއް ވެރިން | ސޯޝަލް މީޑިއާ

ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުން ގެއްލިގެން" އެ ކުންފުނި ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމަށް، "ކޭޕާކް ސްކޭމް" ގައި ޖެހުނު ބަޔަކު އެދިއްޖެ އެވެ. 

މިކަމާ ގުޅިގެން ކޭޕާކުން އެޕާޓްމެންޓް ގަތުމަށް ފައިސާ ދައްކައިގެން އެޕާޓްމެންޓް ނުލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ގާނޫނީ ގޮތުން ތަމްސީލުކުރާ ލޯފާމް "އެޑްވޮކަސީ ޗެމްބާސް" އިން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސިޓީ އެއް ފޮނުވާފަ އެވެ. 

Advertisement - newsAdvertisement

އެޑްވޮކަސީ ޗެމްބާސް އިން އެޗްޑީސީ އަށް ފޮނުވި ސިޓީގައި ވަނީ ހަންބޯ ކުންފުންޏާ މުއާމަލާތު ކުރެވޭނެ މަގެއް ހޯދުމުގެ ގޮތުން އެޗްޑީސީއާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެދިފަ އެވެ. އެ ލޯފާމުން ބުނި ގޮތުގައި ކޭޕާކު ޕްރޮޖެކްޓާ ގުޅިގެން ހުރި މައްސަލަތަކަށް ހައްލެއް ހޯދަން ކުރާ މަސައްކަތަށް އެޗްޑީސީގެ ފަރާތުން މިހާތަނަށް އެއްވެސް އެއްބާރުލުމެއް ލިބިފައެއް ނުވެ އެވެ. މި ސަބަބާ ހުރެ އެޕާޓްމެންޓްތައް ގަތް މީހުން ހުށަހަޅާފައި ހުރި މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށް ވެސް އެ ލޯފާމުން ވަނީ ފާހާގަކޮށްފަ އެވެ. 

އެޑްވޮކަސީ ޗެމްބާސްއިން ބުނާ ގޮތުގައި، އެ ލޯފާމުން ތަމްސީލުކުރާ ކޭޕާކް ވިކްޓިމުންގެ ފަރާތުން ޑިވެލޮޕަރާ ބައްދަލުކޮށްގެން ވެސް މައްސަލަތަކަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އެ ކުންފުނި މިހާރު ވުޖޫދުން ގެއްލިފައިވާތީ މުއާމަލާތު ކުރެވޭނެ ހުރިހާ މަގެއް ބަންދުވެފައިވާ ކަމަށް އެ ލޯފާމުން ބުނެއެވެ.

މިކަމުގައި އެޗްޑީސީގެ އެހީއަކަށް އެދުނީ ޑިވެލޮޕަރު ހުރި ތަނަކުން ހޯދައި އެމީހުންނާ ބައްދަލުކުރަން ބޭނުންވާތީ، އެ މައުލޫމާތު ދެވޭނެ ފަރާތަކީ އެޗްޑީސީ އަށް ކަމަށް ވާތީ ކަމަށް އެޑްވޮކަސީ ޗެމްބާސް އިން ބުނެފައިވެ އެވެ.

2016 ވަނަ އަހަރު އެޗްޑީސީގެ ފަރާތުން ހަންބޯ ކުންފުންޏާ ހަވާލުކުރި ކޭޕާކް ފްލެޓްގެ މަސައްކަތް އަދި ވެސް ނުނިމޭތީ އެ ފްލެޓްތައް ގަތް ފަރާތްތަކަށް ވަނީ އެތައް ގެއްލުމަކާއި ކުރިމަތިލާން ޖެހިފަ އެވެ. ކޭޕާކު ފްލެޓްތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކާފައި ވާތީ ހަސަން މަމްދޫހު މަންޑޭގެ މައްޗަށް ކްރިމިނަލް ކޯޓުގައި 94 ދައުވާ ވަނީ ސާބިތުވެފަ އެވެ. އަދި އޭނާއަށް 397 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ނަމަވެސް ކޭޕާކް ފްލެޓް ގަތް ގިނަ މީހުންނަށް މިއަދާ ހަމައަށް އިންސާފު ނުލިބުނުތާނގަ މި މައްސަލައިގެ ސައްހަ މައުލޫމާތު ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން ފޯރުކޮށްދީފައެއް ނުވެ އެވެ.  

ލޯފާމް އެޑްވޮކަސީ ޗެމްބާސްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ަހަސަން މަމްދޫހު (މަންޑޭ) ކޭޕާކް ސްކޭމްކޭ ޕާކް ރެޒިޑެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ

އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ

01 ޖޫން 2026
 ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި، ހުޅުމާލެ ލަކުޑި ޖެޓީ ބަންދުކޮށްފި

ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި، ހުޅުމާލެ ލަކުޑި ޖެޓީ ބަންދުކޮށްފި

26 މެއި 2026
ހިޔާ ޓަވަރު 5 ގަ ލިފްޓް ބެހެއްޓުމުގެ މަސައްކަތް ކުރި އިރު ގާ ކުނޑި އެޅި ސަހަރައްދު މިހާރު ބޮޑު ގޮނޑަކަށް، އާންމުންގެ ޝަކުވާ އިންތިހާއަށް

ހިޔާ ޓަވަރު 5 ގަ ލިފްޓް ބެހެއްޓުމުގެ މަސައްކަތް ކުރި އިރު ގާ ކުނޑި އެޅި ސަހަރައްދު މިހާރު ބޮޑު ގޮނޑަކަށް، އާންމުންގެ ޝަކުވާ އިންތިހާއަށް

12 މެއި 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން

25 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު