Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ

އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި

20 ޖޫން 2026 | ހޮނިހިރު 08:32

އެޗްޑީސީގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި އެއް އަހަރު ނުވާ މުވައްޒަފުންނަށް އޮޅުމަކުން ބޯނަސްގެ ފުލް ޕޭމަންޓް ދެވުމާ ގުޅިގެން، އޭގެ ތެރެއިން ބައެއް އަނބުރާ ދެއްކުމަށް އެ ކުންފުނިން ވަނީ އަންގާފައި. މިކަމުގެ ސަބަބުން މުވައްޒަފުންނަށް މާލީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާއިރު، އެ ފައިސާ މުސާރައިން ކަނޑާ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2026 | ހޮނިހިރު 08:32
އެޗްޑީސީ އޮފީސް އިމާރާތް. އެ ކުންފުނީގެ އަހަރީ ބޯނަސް ދިން ގޮތާއި މެދު މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން.

އެޗްޑީސީ އޮފީސް އިމާރާތް. އެ ކުންފުނީގެ އަހަރީ ބޯނަސް ދިން ގޮތާއި މެދު މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން. | މިހާރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެޗްޑީސީގެ މުވައްޒަފަކު ބުނީ، 2025 ވަނަ އަހަރުގެ އަހަރީ ބޯނަސް ދީފައިވާ ކަމަށާއި، އެއް އަހަރު ނުވާ މުވައްޒަފުންނަށް ވެސް އެއްކޮށް ބޯނަސްދޭތީ އެ ސުވާލު އުފެއްދި ކަމަށެވެ.  ނަމަވެސް ފުލްކޮށް ބޯނަސް ލިބޭ ކަމަށް ބުނެ، އެއް އަހަރު ނުވާ މުވައްޒަފުންނަށް ވެސް ބޯނަސްގެ ގޮތުގައި 18،600 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ މުވައްޒަފުން ބުންޏެވެ.

Advertisement - newsAdvertisement

ނަމަވެސް އޭގެފަހުން އެއް އަހަރު ނުވާ މުވައްޒަފުންނަށް އެއްކޮށް ބޯނަސް ނުލިބޭ ކަމަށް ބުނެ އީމެއިލް އިން އަންގަމުންދާ ކަމަށާއި، ބޯނަސްގެ އެއްބައި އަނބުރާ ދެއްކުމަށް އަންގާފައިވާ ކަަމަށެވެ. އަދި ބައެއް މުވައްޒަފުންނަށް އެއްފަހަރާ ބޮޑު އަދަދެއް ނުދެއްކޭނެ ކަމަށް ބުނުމުން ކޮންމެ މަހަކު ވެސް މުސާރައިން 2000 ރުފިޔާ ނުވަތަ އެމުވައްޒަފަކަށް ދަތިނުވާނެ ގޮތަކަށް ވަކި އަދަދެއް ކަނޑާ ގޮތަށް އެއްބަސްވުމަށް އަންގާފައިވާ ކަމަށް މުވައްޒަފުން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، މިފަދަ މައްސަލަތައް ކުރިމަތިވެގެން ނުވާނެ ކަަމަށާއި، މިކަމުގެ ނޭދެވޭ އަސަރު މަސައްކަތަށް ކުރާ ކަމަށެވެ. އަދި މިއީ މުވައްޒަފުންނަށް ލިބޭ ދެރައެއް ކަމަށް އޭނާ ބުންޏެވެ. 

މިހާރު އެއްފަހަރާ ކިހިނެއް 6000 ރުފިޔާ ނޫނީ 9000 ރުފިޔާ ދައްކާނީ. ވަރަށް ދަތިވާނެ. މިކަހަލަ ކަންތައް ކުރާތީ އަސްލު ވަރަށް އުދަނގޫވޭ ދެން. ވަރަށް ބޮޑު ޕްރެޝަރއަކަށް މި ދަނީ މިގޮތަށް މަސައްކަތް ކުރާތަނުން އަމަލު ކުރާތީ. 
އެޗްޑީސީގެ މުވައްޒަފެއް

އެޗްޑީސީގެ މުވައްޒަފުންގެ 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގާފައިވާއިރު، ބޯނަސް ދިނުން ވެސް ލަސްވެ، އެކަމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކުރި އެވެ. 

އާންމުކޮށް އެޗްޑީސީގެ މުވައްޒަފުންނަށް ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު ހިސާބުގައި އަހަރީ ބޯނަސް ދިން ނަމަވެސް 2025 ވަނަ އަހަރު އަހަނީ ބޯނަސް ދީފައިނުވެ އެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް 2023 ވަނަ އަހަރާ ހަމައަށް ވެސް އަހަރީ ބޯނަހުގެ ގޮތުގައި ކޮންމެ އަހަރަކު އެއްފަހަރު ޑަބަލް މުސާރަ ލިބެ އެވެ. 

އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވާ އެއް ކުންފުނި ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް ވަނީ ވަރަށް ބޮޑަށް ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ. 

ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި އެޗްޑީސީއަށް 2024 ވަނަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީއާ އަޅައިބަލާއިރު 50 އިންސައްތަ ދަށް އަދަދެކެވެ. 2024 ވަނަ އަހަރު އެޗްޑީސީއަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް މިންވަރެއް ނުލިބޭއިރު، އެ ކުންފުންޏަށް ކުރިމަތިލާން ޖެހިފައި ވަނީ 109 މިލިއަން ރުފިޔާގެ ގެއްލުމަކާ އެވެ. އަދި އެ އަހަރު އަހަރީ ބޯނަސްގެ ގޮތުގައި މުވައްޒަފުންނަށް ދީފައިވަނީ 10،000 ރުފިޔާ އެވެ. އެއީ އެޗްޑީސީގެ ތާރީހުގައި ވެސް މުވައްޒަފުންނަށް ދިން އެންމެ ކުޑަ ބޯނަސް ކަމަށް މުވައްޒަފުން ބުނެ އެވެ.

އެޗްޑީސީޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
19 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
12 ޖޫން 2026

އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

12 ޖޫން 2026
އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް
10 ޖޫން 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި

10 ޖޫން 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި
10 ޖޫން 2026

ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި

10 ޖޫން 2026
ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި
09 ޖޫން 2026

ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ

09 ޖޫން 2026
ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ
03 ޖޫން 2026

ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި

03 ޖޫން 2026
ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި
31 މެއި 2026

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!

31 މެއި 2026
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!
23 މެއި 2026

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް