Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫޡީ

ހޫޘީ އިން ދެމުން އަންނަ ހަމަލާތައް، އިތުރު ހަ މަސް ދުވަހަށް މޮނިޓާ ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި

15 ޖުލައި 2026 | ބުދަ 06:11

މި ނިންމުން ފާސްކޮށްފައި ވަނީ މިކަމަށްޓަކައި ސަލާމަތީ މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވި ގައުމު ތަކުގެ ތެރެއިން 13 ގައުމެއްގެ ތާއީދާ އެކުގައި. ނަމަވެސް މި ވޯޓުގައި ރަޝިޔާ އަދި ޗައިނާ އިން ބައިވެރިވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2026 | ބުދަ 06:11
އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން.

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން. | ރޮއިޓާސް

ރަތް ކަނޑުގައި ހަރަކާތްތެރިވާ ޔަމަންގެ ހޫޘީން ދެމުންދާ ހަމަލާތައް މޮނިޓާ ކުރުމުގެ މަސައްކަތް އިތުރު ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް އެކުވެރި ދައުލަތްތައް (އދ) ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

މި ނިންމުން ފާސްކޮށްފައި ވަނީ މިކަމަށްޓަކައި ސަލާމަތީ މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވި ގައުމު ތަކުގެ ތެރެއިން 13 ގައުމެއްގެ ތާއީދާ އެކުގައި އެވެ. ނަމަވެސް މި ވޯޓުގައި ރަޝިޔާ އަދި ޗައިނާ އިން ބައިވެރިވެފައި ނުވެ އެވެ. މި ގަރާރު ފާސްވުމާ ގުޅިގެން، ރަތް ކަނޑުގެ ހާލަތާ ގުޅޭ ގޮތުން ކޮންމެ މަހަކު އެއް ފަހަރު އދ.ގެ ސެކްރެޓަރީ ޖެނެރަލް ސަލާމަތީ މަޖިލީހަށް ރިޕޯޓެއް ހުށަހަޅުއްވަން ޖެހޭނެ އެވެ.

ޔަމަންގައި ހަރަކާތްތެރިވާ ހޫޘީން ރަތް ކަނޑުން ދަތުރުކުރާ އުޅަނދު ފަހަރަށް އަމާޒުކޮށް ހަމަލާ ދޭން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ފަހު ކޮޅުގައި އެވެ. ހޫޘީން ބުނަމުން ދަނީ މި ހަމަލާ ތަކަކީ އިޒްރޭލް އިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ދެމުންދާ ހަމަލާ ތަކެއް ކަމަށާއި، އެމީހުން އަމާޒު ކުރަނީ އިޒްރޭލްއާ ގުޅުންހުރި އުޅަނދު ފަހަރަށް ކަމަށެވެ.

ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ރަތް ކަނޑުގައި ހޫޘީން ދެމުންދާ ހަމަލާ ތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރަށް ބޮޑެތި ހުރަސް ތަކެއް ވަނީ ކުރިމަތިވެފައި އެވެ. މިކަމުގެ ސަބަބުން ގިނަ ކުންފުނި ތަކަކުން މިހާރު ދަތުރު ފަތުރުގެ މަގު ބަދަލުކޮށް، ދިގު މަގު ތަކުން ދަތުރު ކުރަން ވަނީ މަޖުބޫރުވެފައި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން މި ނިންމުން ނިންމާފައި ވަނީ ރަތް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިންނެވެ. މޮނިޓާ ކުރުމުގެ މުއްދަތު އިތުރު ކުރުމުން، ހޫޘީންގެ ހަރަކާތްތަކާއި، އޭގެ ސަބަބުން ކުރާ އަސަރުތައް ގާތުން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު ސަލާމަތީ މަޖިލީހަށް ލިބިގެންދާނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އދ. ގެ ސެކިއުރިޓީ ކައުންސިލްހޫޘީން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

10 ޖުލައި 2026

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތެއް މީހާރު އދ އަކަށް ނޭނގޭ: ޔޫއެން ޕޮލިޓިކަލް ޗީފް

10 ޖުލައި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތެއް މީހާރު އދ އަކަށް ނޭނގޭ: ޔޫއެން ޕޮލިޓިކަލް ޗީފް
08 ޖޫން 2026

އިޒްރޭލް އަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް ހޫތީން އިން ބުނެފި

08 ޖޫން 2026
އިޒްރޭލް އަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް ހޫތީން އިން ބުނެފި
27 މެއި 2026

ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި

27 މެއި 2026
ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި
19 މާރިޗު 2026

އީރާންގެ އިސްވެރިން އަވަހާރަ ކޮށްލިއިރު، އދ.ގެ ސެކިއުރިޓީ ކައުންސިލް ހަނު އޮންނާތީ ފާޑު ކިޔައިފި

19 މާރިޗު 2026
އީރާންގެ އިސްވެރިން އަވަހާރަ ކޮށްލިއިރު، އދ.ގެ ސެކިއުރިޓީ ކައުންސިލް ހަނު އޮންނާތީ ފާޑު ކިޔައިފި
12 މާރިޗު 2026

އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި

12 މާރިޗު 2026
އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި
26 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

26 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި
15 ޖެނުއަރީ 2026

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ

15 ޖެނުއަރީ 2026
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ
15 ޖެނުއަރީ 2026

އީރާނުގެ މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

15 ޖެނުއަރީ 2026
އީރާނުގެ މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަނީ
10 ޖެނުއަރީ 2026

އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު

10 ޖެނުއަރީ 2026
އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް