Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު

ސާލަމަތީ މަޖިލީހުގެ ޝެޑިއުލް އަށް ބަދަލު ގެނައުމަށް ފަހު، ހުކުރު ދުވަހުގެ ރޭ ވަނީ އާންމު ކޮށްފައި. އެ ބައްދަލުވުމުގައި ރަޝިޔާ އިން ޔޫކްރެއިންގެ އާންމު ރައްޔިތުންނާއި، އާންމު ރައްޔިތުން ބޭނުންވާ ކުރާ އިމާރާތް ތަކަށް ދެމުން އަންނަ ހަމަލާ ތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް ވަނީ ބެލެވިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 06:20
އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން | އޭއެފްޕީ

އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް، ރަސްމީ އޮފިޝަލުން ހާމަ ކޮށްފި އެވެ. 

ހޯމަ ދުވަހު އޮންނަ އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކީ، ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ ތަކުގެ ސަބަބުން ބާއްވާ ބައްދަލުވުމެއް ކަމަށް ބުނެފައިވެ އެވެ. އެގޮތުން ރަޝިޔާ އިން ޔޫކްރެއިންގެ ވެރި ރަށް ކީވް އަށް ދިން ހަމަލާ ތަކުގެ ސަބަބުން، ފިނު މޫސުގެ ދުވަސް ވަރުގައި ވެސް ޔޫކްރެއިންގެ ރައްޔިތުންނަށް ހީޓިން ނުލިބި، އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ސާލަމަތީ މަޖިލީހުގެ ޝެޑިއުލް އަށް ބަދަލު ގެނައުމަށް ފަހު، ހުކުރު ދުވަހުގެ ރޭ ވަނީ އާންމު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރަޝިޔާ އިން ޔޫކްރެއިންގެ އާންމު ރައްޔިތުންނާއި، އާންމު ރައްޔިތުން ބޭނުން ކުރާ އިމާރާތް ތަކަށް ދެމުން އަންނަ ހަމަލާ ތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

ޔޫކްރެއިންގެ ސަފީރު އަންޑްރީ މެލްނިކް، ސެކިއުރިޓީ ކައުންސިލް އަށް ފޮނުވާފައިފާ ސިޓީގައި ވަނީ، ރަޝިޔާ އިން ހިންގަމުން އަންނަ އަމަލުތަކާއި، ދެމުން އަންނަ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ. އޭއެފްޕީ އަށް ސިޓީ ލިބިފައިވާއިރު، ސަފީރު ވިދާޅުވެފައި ވަނީ ރަޝިޔާ އިން ޔޫކްރެއިންގެ އާންމު ރައްޔިތުންނާއި، ރައްޔިތުންގެ އިމާރާތްތަކަށް ދެމުން އަންނަ ހަމަލާ ތަކަކީ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށް ތަކުގެ ނުރައްކާތެރި އައު ފެށުމެއް ކަމަށް ބުނެފައިވެ އެވެ.

ރަޝިޔާ އިން ޔޫކްރެއިންގެ ވެރި ރަށް ކީވް އަށް ދިން ހަމަލާ ތަކުގެ ސަބަބުން، އެ ސަރަހައްްދުގައި ހީޓިން ލިބުމުގައި އެތައް ދަތި ތަކެއް ދިމާވެފައިވެ އެވެ. މިއީ ފިނު މޫސުމުގައި އާންމު ރައްޔިތުންނަށް ކުރިމަތި ވާނެ ވަރަށް ބޮޑު ދަތި ކަމެއް ކަމަށް ޔޫކްރެއިންގެ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. 

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި މީގެ ކުރިން ވެސް ވަނީ ސަލާމަތީ މަޖިލީހުގެ ގިނަ ބައްދަލުވުން ތަކެއް ބާއްވައިފަ އެވެ. އެތައް ޤަރާރެއް ހުށަހަޅާފައި ވީ ނަަމަވެސް، ރަޝިޔާ އަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއް ކަމުން ވީޓޯގެ ބާރު ބޭނުން ކޮށްގެން އެތައް ޤަރާރެއް ވަނީ ހުއްޓުވައިފަ އެވެ. އެކަމުގެ ސަބަބުން ޔޫކްރެއިންގެ މައްސަލައިގައި ބައިނަލްއަޤުވާމީ މުޖުތަމައު އަށް ވަރުގަދަ ފިޔަވަޅު ތަކެއް އެޅުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. 

ބައިނަލްއަގުވާމީ މުޖުތަމައު އިން ރަޝިޔާ އިން ޔޫކްރެއިން ގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެތައް ގައުމު ތަކަކުން ރަޝިޔާ އަށް އިގުތިސާދީ ހުރަސްތައް އަޅާފައިވާއިރު، ޔޫކްރެއިން އަށް ހަތިޔާރާއި އިންސާނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުން ގެންދެ އެވެ.

ރަޝިޔާ-ޔޫކްރެއިންއަންޑްރީ މެލްނިކްއދ. ގެ ސެކިއުރިޓީ ކައުންސިލްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ

ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އެއްގައި ގަތަރު އެމްބަސީ އަށް ގެއްލުން ވެއްޖެ

09 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ

ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު