Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތެއް މީހާރު އދ އަކަށް ނޭނގޭ: ޔޫއެން ޕޮލިޓިކަލް ޗީފް

10 ޖުލައި 2026 | ހުކުރު 15:49

އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ މަރުކަޒުތައް މޮނިޓަރކުރުމަށް އައިއޭއީއޭއިން ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އދ. އިން ހާމަކޮށްފި. ނަމަވެސް، މި މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އެމެރިކާއާއި އީރާނުން މަޝްވަރާކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، ސުލްހަވެރި ހައްލެއް ފެނުމުގެ އުންމީދު އެބައޮތްކަމަށް އދ. ގެ އޮފިޝަލް ވިދާޅުވި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 15:49
އދ. ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެންޑް ޕީސްބިލްޑިންގ އެފެއާޒް، ރޯޒްމަރީ ޑިކާލޯ (މ) ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ހަކަތައާ ބެހޭ ގޮތުން އިއުލާންކޮށްފައިވާ ހުރިހާ މަރުކަޒުތަކެއްގެ މައުލޫމާތު މެދުނުކެނޑި ދެނެގަތުމަށް ބައިނަލްއަގުވާމީ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާ (އައި.އޭ.އީ.އޭ) އިން ކުރަމުންދިޔަ މަސައްކަތްތަކަށް މިހާރު ހުރަސް އެޅިފައިވާ ކަމަށް.

އދ. ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެންޑް ޕީސްބިލްޑިންގ އެފެއާޒް، ރޯޒްމަރީ ޑިކާލޯ (މ) ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ހަކަތައާ ބެހޭ ގޮތުން އިއުލާންކޮށްފައިވާ ހުރިހާ މަރުކަޒުތަކެއްގެ މައުލޫމާތު މެދުނުކެނޑި ދެނެގަތުމަށް ބައިނަލްއަގުވާމީ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާ (އައި.އޭ.އީ.އޭ) އިން ކުރަމުންދިޔަ މަސައްކަތްތަކަށް މިހާރު ހުރަސް އެޅިފައިވާ ކަމަށް. | އެކްސް

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކުގެ މައުލޫމާތު ހޯދުމަށް ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ކުރަމުންދިޔަ މަސައްކަތްތަކަށް ބުރޫއަރާފައިވާ ކަމަށް އދ. ގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ސަލާމަތީ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ. އެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހަމަލާތަކަށްފަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބެލެހެއްޓުމަށް ކުރި މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.

އދ. ގެ ސިޔާސީ އަދި ސުލްހަ ބިނާކުރުމާ ބެހޭ ކަންކަމާ ގުޅޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް ރޯޒްމޭރީ ޑިކާލޯ ވިދާޅުވީ، އީރާނުން އުފައްދާ ސެންޓްރިފިއުޖްތަކާއި، ރޯޓަރސް، ބެލޯސް، ހެވީ ވޯޓަރ އަދި ޔުރޭނިއަމް އޮރ ކޮންސެންޓްރޭޓްގެ މިހާރުގެ އިންވެންޓްރީއާ ގުޅޭ މައުލޫމާތުތައް ވެސް މިހާރު ލިބެމުން ނުދާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ 2015 ވަނަ އަހަރު ފާސްކުރި ގަރާރު ނަންބަރު 2231 އާ ގުޅޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންމެ ފަހުން ނެރުއްވި ރިޕޯޓާ ހަވާލާދީއެވެ. މި ގަރާރަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމުގެ ބަދަލެއްގެ ގޮތުން އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް އެކުލަވާލި "ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) އަށް ތާއީދުކޮށް ފާސްކޮށްފައިވާ ގަރާރެކެވެ.

ގަރާރު 2231 ގެ ދަށުން ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން ޑިކާލޯ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު، އެ ގައުމުގެ ނިއުކްލިއާ ހާލަތު ދެނެގަތުމަށް އައިއޭއީއޭ އިން ކުރަމުންދިޔަ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ އެޖެންސީން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އީރާނުން ޖޭސީޕީއޯއޭ އެއްބަސްވުމުގެ ދަށުން ވެފައިވާ އިލްތިޒާމްތައް ބެލެހެއްޓުމަށް ބޭނުންކުރާ "ނިއުކްލިއާ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ ސޭފްގާޑްސް އެގްރީމަންޓް" ގެ ދަށުން، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ގޮސްގެން ކުރަންޖެހޭ އެއްވެސް ތަހުގީގެއް ނުވަތަ ބެލުމެއް އައިއޭއީއޭ އަށް ކުރިއަށް ނުގެންދެވޭ ކަމަށް ވެސް ޑިކާލޯ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޑިކާލޯ ވިދާޅުވީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން "އެޑިޝަނަލް ޕްރޮޓޮކޯލް" އަށް އަމަލުކުރުން އީރާނުން ހުއްޓާލުމާ ގުޅިގެން ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އެ ނިންމުމަށްފަހު އީރާނުގެ ފަރާތުން އެއްވެސް އާ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، އެ ގައުމުގެ އެއްވެސް ސަރަހައްދަކަށް ނުވަތަ މަރުކަޒަކަށް ވަދެ އިތުރު ތަހުގީގުތައް ހިންގުމުގެ ފުރުސަތު އެޖެންސީއަށް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޮނިޓަރިން ނިޒާމާ މެދު މިފަދަ ނާއުއްމީދީ ރިޕޯޓެއް ލިބިފައިވީ ނަމަވެސް، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަޝްވަރާގެ މޭޒަށް އައުމަށް އަދިވެސް ތައްޔާރަށް ތިބިކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ޑިކާލޯ ވިދާޅުވި އެވެ.

"ގަރާރު 2231 އާއި ޖޭސީޕީއޯއޭ އެއްބަސްވުމާ މެދު ކުރިއަށްދާނެ ގޮތަކާ މެދު ކަމާބެހޭ ފަރާތްތަކުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ހުރިހާ ފަރާތްތަކުން ވެސް ވަނީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށްޓަކައި އެކަކު އަނެކަކާ ވާހަކަދެއްކުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ޖޫން މަހުގެ 17 ވަނަ ދުވަހު އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" ގައި ނިއުކްލިއާ މައްސަލަތަކާ ގުޅޭ މުހިންމު އެއްބަސްވުންތަކެއް ހިމެނޭކަން ޑިކާލޯ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އީރާނުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރައްކާކުރެވިފައިވާ މިންވަރާ މެދު ގޮތެއް ނިންމުމާއި، އައިއޭއީއޭ ގެ ބެލުމުގެ ދަށުން އެ ތަކެތީގެ މުއްސަނދިކަން ދަށްކުރުމާއި، އީރާނުގެ ނިއުކްލިއާ ބޭނުންތަކާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމުގެ އިލްތިޒާމް ހިމެނެ އެވެ.

"މިއަދު، އިތުރު މަޝްވަރާތަކަށް މަގުފަހިވާނެ އޮނިގަނޑެއް އެކުލަވާލުމަކީ އީރާނުގެ ނިއުކްލިއާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް،" ޑިކާލޯ ވިދާޅުވި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ހުރިހާ ފަރާތްތަކަށް ގޮވާލައްވަނީ، ގަރާރު 2231 ގެ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސުލްހަވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށް ޑިކާލޯ ވިދާޅުވި އެވެ. އަދި ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތްތެރިކަން ވަރުގަދަކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް އެހީތެރިވުމަށް އދ. އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

އީރާން-ޔޫއެސްއޭ-އިސްރާއީލްއައިއީއޭޖޭސީޕީއޯއޭއދ. ގެ ސެކިއުރިޓީ ކައުންސިލްއީރާން ނިއުކްލިއަރ ޕްރޮގްރާމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޖުލައި 2026

އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި

06 ޖުލައި 2026
އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި
05 ޖުލައި 2026

އިސްލާމީ އިންގިލާބުގެ ލީޑަރު އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމުގެ މަސައްކަތް ދުވަހަކުވެސް ހުއްޓާނުލާނެ ކަމަށް އީރާނުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ

05 ޖުލައި 2026
އިސްލާމީ އިންގިލާބުގެ ލީޑަރު އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމުގެ މަސައްކަތް ދުވަހަކުވެސް ހުއްޓާނުލާނެ ކަމަށް އީރާނުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ
04 ޖުލައި 2026

މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް

04 ޖުލައި 2026
މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
26 ޖޫން 2026

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ

26 ޖޫން 2026
އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ
23 ޖޫން 2026

އެމެރިކާ އިން ކުރިން ބޮން އެޅި ނިއުކްލިއާ މަރުކަޒުތަކަށް، އދ. ގެ އިންސްޕެކްޓަރުންނަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާނުން ބުނެފި

23 ޖޫން 2026
އެމެރިކާ އިން ކުރިން ބޮން އެޅި ނިއުކްލިއާ މަރުކަޒުތަކަށް، އދ. ގެ އިންސްޕެކްޓަރުންނަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާނުން ބުނެފި
18 ޖޫން 2026

އެމެރިކާ އާއި އީރާނުން ސޮއިކުރި އެއްބަސްވުމުގައި އޮތީ ކީކޭ؟

18 ޖޫން 2026
އެމެރިކާ އާއި އީރާނުން ސޮއިކުރި އެއްބަސްވުމުގައި އޮތީ ކީކޭ؟
16 ޖޫން 2026

ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާން އަށް ވަދެވޭނެ: އެމެރިކާގެ ނައިބު ރައީސް

16 ޖޫން 2026
ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާން އަށް ވަދެވޭނެ: އެމެރިކާގެ ނައިބު ރައީސް
15 ޖޫން 2026

އެމެރިކާ އާއި އީރާން ސުލްހަ އިޚްތިޔާރު ކުރާއިރު ނަތަންޔާހޫ އާއި ޓްރަމްޕް ބޮޑު ކުރިމަތިލުމަކާ ދިމާލަށް!

15 ޖޫން 2026
އެމެރިކާ އާއި އީރާން ސުލްހަ އިޚްތިޔާރު ކުރާއިރު ނަތަންޔާހޫ އާއި ޓްރަމްޕް ބޮޑު ކުރިމަތިލުމަކާ ދިމާލަށް!
15 ޖޫން 2026

އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ޝައްކުތަކާއި ރިސްކުތައް ފިލައިގެން ނުދޭ!

15 ޖޫން 2026
އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ޝައްކުތަކާއި ރިސްކުތައް ފިލައިގެން ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް