Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން

އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި

11 ޖުލައި 2026 | ހޮނިހިރު 15:41

އިރާނުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުވެފައިވާކަން ވަގުތީ ދިފާއީ ވަޒީރު ވަނީ ފާހަގަކުރައްވާފައި.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 15:41
އީރާނުގެ ސެމްނާންގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އެ ގައުމުގެ އަސްކަރިއްޔާއިން ބޭއްވި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ތަމްރީނުތަކުގެ ތެރެއިން.

އީރާނުގެ ސެމްނާންގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އެ ގައުމުގެ އަސްކަރިއްޔާއިން ބޭއްވި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ތަމްރީނުތަކުގެ ތެރެއިން. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިސްރާއީލުން ދާދިފަހުން އެ ގައުމާ ދެކޮޅަށް ހިންގި އުދުވާނީ ހަނގުރާމައިގެ ތެރޭގައި، އެ ގައުމުން އަމިއްލައަށް އުފައްދާ އެކި ބާވަތްތަކުގެ ޑްރޯން ނުވަތަ އިންސާނަކާ ނުލައި އުދުހޭ އުޅަނދުތައް އުފެއްދި މިންވަރު ތިން ގުނައަށް ވަނީ އިތުރުވެފައިވާ ކަމަށް އިރާނުގެ ވަގުތީ ދިފާއީ ވަޒީރު ވިދާޅުވެއްޖެ އެވެ. އަދި އެ ދުވަސްވަރު އިރާނުން އަމިއްލައަށް އުފައްދާ ހަތިޔާރާއި އަސްކަރީ ސާމާނު އުފެއްދުމުގެ މަސައްކަތްތައް ފުރިހަމަ ބާރުމިނުގައި ކުރިއަށްދިޔަކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ޕާލަމަންޓުގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ ކޮމިޝަނުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، ބްރިގޭޑިއާ ޖެނެރަލް މަޖީދު އިބްނު އަލް-ރިޒާ ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާދިފަހުން ކުރިމަތިވި ހަމަލާތަކުން އެނގިގެންދިޔައީ އިރާނުގެ ދިފާއީ ބާރުގެ އެންމެ މުހިންމު ތަނބަކީ އެ ގައުމުގެ ފަންނީ މާހިރުންނާއި، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓްތައް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި ދިފާއީ އާލާތްތައް އުފެއްދުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދިޔަ ކަމަށާއި، އޭގެ އިތުރުން ޑްރޯން އުފެއްދުމުގެ ގާބިލުކަން ތިން ގުނައަށް އިތުރުވެގެންދިޔަ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރި ދެވަނަ އުދުވާނީ ހަނގުރާމަ ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި ހަނގުރާމަ ފެށީ އިރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް އަވަހާރަކޮށްލުމާ އެކުގަ އެވެ.

މި ހަމަލާތަކުގެ ރައްދުގައި އިރާނުގެ ސިފައިން ވަނީ 40 ދުވަހުގެ ތެރޭގައި 100 ފަހަރަށްވުރެ ގިނައިން ރައްދު ހަމަލާދީފަ އެވެ. އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި އެ ގައުމުތަކުގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ޖޫން މަހުގެ 15 ވަނަ ދުވަހު ވޮޝިންޓަނާއި ތެހެރާނުން ވަނީ ޕާކިސްތާނު މެދުވެރިވެގެން އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާންކޮށްފަ އެވެ. މި އެއްބަސްވުމުގެ މަގްސަދަކީ ލުބުނާން ހިމެނޭހެން އެކި ސަރަހައްދުތަކުގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމާއި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އިތުރުން، އިރާނާ ދެކޮޅަށް ކަނޑުގެ މަގުން އަޅާފައިވާ ހުރަސްތައް ނައްތާލުމެވެ.

މަސްދަރު: ޕްރެސް ޓީވީ

އެމެރިކާ-އިސްރާއީލު-އިރާންއީރާން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ

11 ޖުލައި 2026
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ
11 ޖުލައި 2026

އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި

11 ޖުލައި 2026
އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި
10 ޖުލައި 2026

އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން

10 ޖުލައި 2026
އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ

09 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ
09 ޖުލައި 2026

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް

09 ޖުލައި 2026
އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް
08 ޖުލައި 2026

އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި

08 ޖުލައި 2026
އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި
08 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި

08 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި
08 ޖުލައި 2026

އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

08 ޖުލައި 2026
އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް