Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ

11 ޖުލައި 2026 | ހޮނިހިރު 12:22

އީރާނުގެ ކުރީގެ ލީޑަރު އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމަކީ ގައުމީ ވާޖިބެއް ކަމަށް އެ ގައުމުގެ އާ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް އިސްރާއީލުން ތުހުމަތުކުރާއިރު، މުޖުތަބާ އަދިވެސް ހުންނެވީ އާންމުންނަށް ފެނިވަޑައިނުގެން ސިއްރުވެރި ހާލަތެއްގައެވެ. އެހެންކަމުން މި އިންޒާރާއެކު ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 12:22
އީރާނުގެ އަވަހާރަކޮށްލާފައިވާ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ (ވ) އާއި، އޭނާގެ ދަރިކަލުން އަދި މިހާރުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ފެންނަ ބިލްބޯޑެއްގެ ކައިރިން ތެހެރާނުގައި މީހަކު ހިނގާފައި ދަނީ.

އީރާނުގެ އަވަހާރަކޮށްލާފައިވާ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ (ވ) އާއި، އޭނާގެ ދަރިކަލުން އަދި މިހާރުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ފެންނަ ބިލްބޯޑެއްގެ ކައިރިން ތެހެރާނުގައި މީހަކު ހިނގާފައި ދަނީ. | ގެޓީ އިމޭޖަސް

އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ޓެލެގްރާމް އެކައުންޓް މެދުވެރިކޮށް ހޮނިހިރު ދުވަހު އާންމުކުރި ލިޔުމެއްގައި، އަވަހާރަކޮށްލާފައިވާ އޭނާގެ ބައްޕާފުޅު އަދި އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް ވިދާޅުވެއްޖެ އެވެ.

އަވަހާރަކޮށްލާފައިވާ ލީޑަރަށް ނިސްބަތްކުރައްވައި އެ ބަޔާނުގައި ވިދާޅުވެފައިވަނީ، "ތިޔަ މާތް ލެޔާއި، މި ދެ ހަނގުރާމައިގައި ޝަހީދުވި އެންމެހައި ފަރާތްތަކުގެ ލެޔަށް، ކުށްވެރި އަދި އަބުރުގެއްލިފައިވާ ގާތިލުންގެ ކިބައިން ބަދަލުހިފާނެކަމުގެ ވައުދު އަހަރެމެން ވަމެވެ."

މީގެ އިތުރުން، އެ ބަޔާނުގައި ވިދާޅުވެފައިވަނީ، "އެންމެ މަތިން ފެށިގެން ތިރިއަށް ނަންތައް އެނގި، ލިޔެކިޔުންތަކުން ފެންނަން ހުރި މި ކުށްވެރިން، މުސްކުޅި ކަމުގައި އެނދުމަތީގައި އޮވެ އަމާން މަރަކުން މަރުވުމަށް ކުރާ އުންމީދު، އެމީހުންނާއެކު ކަށްވަޅަށް ގެންދާނެ އެވެ."

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި އަވަހާރަކޮށްލި އޭނާގެ ބައްޕާފުޅު، އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތާ ދިމާކޮށް މުޖުތަބާ ޚާމަނާއީ މި މެސެޖު ނެރުއްވީ އޭނާގެ ބައްޕަ އަވަހާރަވިތާ މަސްތަކެއް ފަހުންނެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "އަހަރެމެން ދުނިޔޭގައި ތިބިކަމުގައި ވިޔަސް ނުވަތަ ނެތްކަމުގައި ވިޔަސް،" މި ބަދަލުހިފުމުގެ ވައުދު "މާލަސްތަކެއް ނުވެ" ފުއްދާނެ ކަމަށެވެ.

އީރާނުން މި އިންޒާރު ދީފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން މަސައްކަތް ކޮށްފިނަމަ، އެ ގައުމު "ސުންނާފަތިކޮށްލާނެ" ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

އިސްރާއީލުގެ އިންޓެލިޖެންސް އެޖެންޓުން ވަނީ އީރާނުން އެމެރިކާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މައުލޫމާތުތަކެއް ދާދި ފަހުން ޓްރަމްޕްގެ ސަރުކާރާ ހިއްސާކޮށްފަ އެވެ. އިސްރާއީލުގެ މަސްދަރަކާއި އެމެރިކާގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި، މި އިންޒާރުތަކުން ދޭހަވަނީ ތެހެރާންގެ ހަރުކަށި ފިކުރުގެ ލީޑަޝިޕްގެ ބައެއް ފެކްޝަންތަކުގެ މެދުގައި އެފަދަ ޝައުގުވެރިކަމެއް ހުރި ކަމެވެ. ނަމަވެސް، މި މައްސަލައާ ގުޅުންހުރި އެމެރިކާގެ ދެ މަސްދަރަކުން ބުނި ގޮތުގައި، އެމެރިކާގެ އިންޓެލިޖެންސްގެ އެންމެ ފަހުގެ ވަޒަންކުރުންތަކުން ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން އާ، ވަކި ހާއްސަ ރޭވުމެއް ރާވާފައިވާ ކަމުގެ ނިޝާނެއް ނުފެނެ އެވެ. އެހެންނަމަވެސް، އީރާނުގެ އެކި ފަރާތްތަކުން އެފަދަ ކަމެއް ކުރަން ބޭނުންވާ ކަމުގެ ވާހަކަތައް މެދުނުކެނޑި ދެކެވެމުންދާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރި އެވެ.

އީރާނުގެ އާ އެންމެ މަތީ ވެރިޔާގެ މަގާމަށް އައްޔަންކުރެވުނު ފަހުން، މުޖުތަބާ ޚާމަނާއީ އަދި މިހާތަނަށް އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ.

އޭނާގެ ބައްޕާފުޅާއި މަންމާފުޅު އަދި އަނބިކަނބަލުން އަވަހާރަވި، ފެބްރުއަރީ މަހު އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާގައި އޭނާއަށް ވެސް އަނިޔާވެފައިވާ ކަމަށް ބެލެވޭއިރު، ހަނގުރާމަ ފެށުނީއްސުރެ އޭނާ އާންމުންގެ ތެރެއިން ފެނިފައެއް ނުވެ އެވެ. އޭނާގެ ސަޕޯޓަރުންނާ މުއާމަލާތް ކުރައްވަނީ ހަމައެކަނި ލިޔުމުން ނެރުއްވާ ބަޔާންތަކުންނެވެ. އަދި މިހާތަނަށް އޭނާގެ މޫނު ފެނިފައި ނުވާއިރު، އޭނާގެ އަޑުވެސް ބޭނުންކުރައްވާފަ އެއް ނުވެއެވެ.

ހޮނިހިރު ދުވަހު ނެރުނު މި މެސެޖަކީ ޚާމަނާއީ އެ މަގާމަށް އައްޔަންކުރެވުނު ފަހުން އާންމުކުރި މަދު މެސެޖުތަކުގެ ތެރެއިން މެސެޖެކެވެ.

މަސްދަރު: ސީއެންއެން

އީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީޢަލީ ޚަމަނާއީއީރާންއީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި

11 ޖުލައި 2026
އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި
10 ޖުލައި 2026

އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟

10 ޖުލައި 2026
އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟
10 ޖުލައި 2026

އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން

10 ޖުލައި 2026
އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން
10 ޖުލައި 2026

ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި

10 ޖުލައި 2026
ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި
10 ޖުލައި 2026

ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން

10 ޖުލައި 2026
ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ

09 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ
09 ޖުލައި 2026

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި

09 ޖުލައި 2026
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި
09 ޖުލައި 2026

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް

09 ޖުލައި 2026
އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް