Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން

އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި

11 ޖުލައި 2026 | ހޮނިހިރު 06:15

އދ. ގެ ގަރާރު 2231 ގެ މުއްދަތު ހަމަވެފައިވާތީ، އިރާނުގެ ނިއުކްލިއާ މައްސަލަ ސަލާމަތީ މަޖިލީހުން ބެލުމުގެ ގާނޫނީ ބާރު ކެނޑިފައިވާ ކަމަށް ބުނެ ރަޝިޔާ އާއި ޗައިނާއިން ހުޅަނގުގެ ގައުމުތަކަށް ރައްދުދީފި. މި މައްސަލައިގައި ބޭއްވި ބައްދަލުވުމުގައި، ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރަން ކުރާ މަސައްކަތަކީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއްގެ ގޮތުގައި އެ ދެ ގައުމުން ވަނީ ސިފަކޮށްފައި.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 06:15
އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި 2026 އޭޕްރިލް 7 ވާ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ހުށަހެޅި ގަރާރު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްނުވެ ބޭރުވެއްޖެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި 2026 އޭޕްރިލް 7 ވާ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ހުށަހެޅި ގަރާރު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްނުވެ ބޭރުވެއްޖެ. | ގެޓީ އިމޭޖަސް

އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ހުކުރު ދުވަހު ދެކޮޅު ހަދައިފި އެވެ. އެ ދެ ގައުމުން ބުނަމުންދަނީ 2231 ނަންބަރު ގަރާރުގެ މުއްދަތު 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަވެފައިވާތީ، ތެހެރާންގެ ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އެއްވެސް ގާނޫނީ ބާރެއް މިހާރު ސަލާމަތީ މަޖިލީހަށް ލިބިގެން ނުވާ ކަމަށެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ރަޝިޔާ އާއި ޗައިނާގެ އިއުތިރާޒުތަކާ އެކުވެސް، ސަލާމަތީ މަޖިލީހުގައި ހިމެނޭ ވިލާތުގެ ގައުމުތަކުގެ އެދުމުގެ މަތިންނެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ނެގުނު އިޖުރާއީ ވޯޓެއްގައި، ބައްދަލުވުން ބޭއްވުމަށް ފެންނަ ކަމަށް 11 ގައުމަކުން ވޯޓުދީ، ދެ ގައުމަކުން ދެކޮޅަށް ވޯޓުދީ އަދި ދެ ގައުމަކުން ވަކިކޮޅަކަށް ވޯޓު ނުދީ ތިބުމާ ގުޅިގެންނެވެ.

މިއީ މިދިޔަ އަހަރު ގަރާރު 2231 ގެ މުއްދަތު ހަމަވި ފަހުން މި މައްސަލައިގައި ސަލާމަތީ މަޖިލީހުން ބޭއްވި ތިންވަނަ ބައްދަލުވުމެވެ. މީގެ ކުރިން މިއަހަރުގެ މާރިޗު މަހާއި ޖޫން މަހު ބޭއްވި ދެ ބައްދަލުވުމުން ވެސް ރަސްމީ އެއްވެސް ނަތީޖާއެއް ނުކުމެފައެއް ނުވެ އެވެ.

އިރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް (5+1) އާ ދެމެދު ސޮއިކުރި ނިއުކްލިއާ އެއްބަސްވުން ނުވަތަ ޖޭ.ސީ.ޕީ.އޯ.އޭ އަށް ތާއީދުކޮށް 2015 ވަނަ އަހަރު ފާސްކުރި ގަރާރު 2231 ގެ މުއްދަތު ހަމަވެފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އިރާނާއި، ރަޝިޔާ އަދި ޗައިނާއިން ގަބޫލުކުރާ ގޮތުގައި އެ ތާރީޚާ އެކު އެ ގަރާރުގެ ދަށުން ކަނޑައަޅާފައިވާ ހުރިހާ މާއްދާތަކާއި، ހުރަސްތަކާއި އަދި ސަލާމަތީ މަޖިލީހުގެ މަސްއޫލިއްޔަތުތައް ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެންކަމުން އިރާނުގެ ނިއުކްލިއާ މައްސަލައިގައި ސަލާމަތީ މަޖިލީހަށް ދެން އެއްވެސް ބާރެއް ނޯންނާނެ ކަމަށް އެ ގައުމުތަކުން ބުނެއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން "ސްނެޕްބެކް" މެކޭނިޒަމް ނުވަތަ ކުރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރުމަށް ކުރާ މަސައްކަތްތަކަކީ، ގަރާރުގެ މުއްދަތު ހަމަވެފައިވާތީ ގާނޫނީ ގޮތުންނާއި އިޖުރާއީ ގޮތުން ބާތިލު ކަންތައްތަކެއް ކަމަށްވެސް އެ ގައުމުތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ބައްދަލުވުމުގެ ކުރިން ވާހަކަދައްކަވަމުން އދ. އަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވް، އޭނާ އެވްސްޓިގްނީވާ ވިދާޅުވީ ގަރާރު 2231 ގެ އަމަލީ ބާރު މިހާރު ކެނޑިފައިވާ ކަމަށާއި، 17 އޮކްޓޯބަރު 2025 ގެ ފަހުން އެ ގަރާރާ ގުޅުންހުރި ކަންކަން ބެލުމުގެ އެއްވެސް އިޚުތިޔާރެއް ސަލާމަތީ މަޖިލީހަށް ލިބިގެން ނުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ އެޖެންޑާގައި މިހާރު ނެތް ކަންކަމާ ގުޅޭގޮތުން ސިޔާސީ ބޭނުމަށްޓަކައި ތަކުރާރުކޮށް ބައްދަލުވުންތައް ބޭއްވުމަށް ގޮވާލައި، މަޖިލީހުގެ ބައެއް މެންބަރުން ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފުވަމުންދާ ކަމަށެވެ.

އިރާނާ މެދު އޮތް ނުތަނަވަސްކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކާއި، ތެހެރާނާ ދެކޮޅަށް ސިޔާސީ ބަދަލުހިފުމުގެ މައިދާނެއްގެ ގޮތުގައި ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ކުރާ އެންމެހާ މަސައްކަތްތައް ރަޝިޔާއިން ހަރުކަށި އިބާރާތުން ދެކޮޅު ހަދާ ކަމަށްވެސް އެވްސްޓިގްނީވާ ވިދާޅުވި އެވެ.

މީގެ އިތުރުން، "ސްނެޕްބެކް" މެކޭނިޒަމް ހިންގަން ފަށާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އދ. އަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވް، ސަން ލީ ވެސް ވަނީ ރަޝިޔާގެ މި ވާހަކަތަކަށް ތާއީދުކުރައްވާފަ އެވެ.

ސަން ވިދާޅުވީ 18 އޮކްޓޯބަރު 2025 ގައި ގަރާރު 2231 ގެ މުއްދަތު ހަމަވުމާއެކު، އިރާނުގެ ނިއުކްލިއާ މައްސަލަ ސަލާމަތީ މަޖިލީހުން ބެލުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

މަޖިލީހުގެ އެޖެންޑާއިން އުނިވެފައިވާ މައްސަލައަކާ ގުޅޭގޮތުން ބައްދަލުވުންތައް ބޭއްވުމަށް ބައެއް ގައުމުތަކުން ބާރުއެޅުމަކީ، މަޝްވަރާތަކަށް ބޭނުންވާ މާހައުލު ގޯސްވެގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސަލާމަތީ މަޖިލީހުގެ ތެރޭގައި ކަންކަން ސިޔާސީ ކުރުމުގެ ސަބަބުން މެންބަރު ގައުމުތަކުގެ މެދުގައި އޮތް ބައިބައިވުން ބޮޑުވެ، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސްތައް ކުރިމަތިވަމުންދާ ކަމުގެ އިންޒާރުވެސް ސަން ދެއްވި އެވެ.

މީގެ އިތުރުން، ގަރާރު 2231 ގައިވާ ކަންކަން އިޚުލާސްތެރިކަމާއެކު ތަންފީޒުކުރުމަށާއި، ސަލާމަތީ މަޖިލީހުގެ ބާރާއި ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ އުސޫލުތައް ހިމާޔަތްކުރުމަށް ކަމާބެހޭ ފަރާތްތަކަށް އޭނާ ގޮވާލެއްވި އެވެ.

މި ބައްދަލުވުމުގެ ތެރޭގައި އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ވަނީ އިރާނުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމާއި އެ ގައުމުގެ ދިފާއީ ގާބިލުކަމާ ގުޅޭގޮތުން ކުރީގެ ތުހުމަތުތައް ތަކުރާރުކޮށްފަ އެވެ. ނަމަވެސް، މި ބައްދަލުވުން ނިމިގެންދިޔައީ އެއްވެސް ނިންމުމެއް ނުވަތަ ގަރާރެއް ފާސްކުރުމެއް ނެތި، ރަސްމީ އެއްވެސް ނަތީޖާއެއް ނުނިކުމެ އެވެ.

އިރާނާއި، ޗައިނާ އަދި ރަޝިޔާއިން މެދުކެނޑުމެއްނެތި ވަކާލާތު ކުރަމުންދަނީ، ގަރާރު 2231 ގެ މުއްދަތު ހަމަވުމުން، އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ސަލާމަތީ މަޖިލީހުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކާއި ހުރަސްތައް ދާއިމީކޮށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ގަރާރުގެ މުއްދަތު ހަމަވުމާ ގުޅިގެން މި ތިން ގައުމުން އދ. އަށް ފޮނުވި ގުޅިފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ގަރާރު 2231 ނިމުމަކަށް އައުމަކީ ސަލާމަތީ މަޖިލީހުން އިރާނުގެ ނިއުކްލިއާ މައްސަލަ ބެލުން ނިމުން ކަމަށެވެ. އަދި މުއްދަތު ހަމަވެފައިވާ އުސޫލުތައް އަލުން އިއާދަކުރުމަށް ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ކުރާ މަސައްކަތްތައް އެ ގައުމުތަކުން ވަނީ ބޭރުކޮށްލާފަ އެވެ.

އީރާންސެކިއުރިޓީ ކައުންސިލްރަޝިޔާޗައިނާގަރާރު 2231ޖޭސީޕީއޯއޭ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތެއް މީހާރު އދ އަކަށް ނޭނގޭ: ޔޫއެން ޕޮލިޓިކަލް ޗީފް

10 ޖުލައި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތެއް މީހާރު އދ އަކަށް ނޭނގޭ: ޔޫއެން ޕޮލިޓިކަލް ޗީފް
10 ޖުލައި 2026

އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން

10 ޖުލައި 2026
އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ

09 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ
09 ޖުލައި 2026

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް

09 ޖުލައި 2026
އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް
08 ޖުލައި 2026

އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި

08 ޖުލައި 2026
އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި
08 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި

08 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި
08 ޖުލައި 2026

އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

08 ޖުލައި 2026
އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
08 ޖުލައި 2026

ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި

08 ޖުލައި 2026
ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް