Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ އާބާދީ ދުވަސް

އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

11 ޖުލައި 2026 | ހޮނިހިރު 11:19

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޒުވާނުންގެ ދުޅަހެޔޮކަމަށް އިންވެސްޓްކޮށް، ދުވަސްވީ މީހުންނަށް އަޅާލާނެ "ކެއަރ އިކޮނޮމީ" އެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި. އަދި އާބާދީގެ ތަފާސްހިސާބުތަކަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުމުގެ ގޮތުން، 2030 ވަނަ އަހަރުގެ ބޯހިމެނުން "ހައިބްރިޑް" އުސޫލަކުން ކުރިއަށްގެންދަވާނެކަން އެމަނިކުފާނު ހާމަކުރެއްވި.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 11:19
މާލޭގެ އާޓިފިޝަލް ބީޗުގައި އިށީނދެލައިގެން ތިބި އަންހެނުންތަކެއް، 15 އޮކްޓޫބަރު 2003

މާލޭގެ އާޓިފިޝަލް ބީޗުގައި އިށީނދެލައިގެން ތިބި އަންހެނުންތަކެއް، 15 އޮކްޓޫބަރު 2003 | ގެޓީ އިމޭޖަސް

ޢުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި، ޞިއްޙީ އޮނިގަނޑުތައް ދަމަހައްޓައި އެ އާބާދީއަށް އެއްބާރުލުންދިނުމަށްޓަކައި، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގަ އެވެ.

ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ ކަމަށާއި، ޤައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށްވެސް ތައްޔާރުވާންޖެހޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާ ކުރިމަތިލާންޖެހޭ ޢުމުރު ފަސްކުރުމަށް މަސައްކަތްކުރުމުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

އެ ގޮތުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެއްބާރުލުން ފޯރުކޮށްދީ، ޢާއިލާތަކަށް، ވަކީން ޚާއްޞަކޮށް އަންހެނުންނާއި އަންހެންކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިލްތިޒާމު ލުއިކޮށްދެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިފަދައިން މީހުންނަށް އަޅައިލުމުގެ ޚިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުޞަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ތަރައްޤީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނޫންކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްޤީއަކީ، ޤައުމެއްގެ ޒުވާނުންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށް ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށްވެސް ބަރޯސާވާކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ދިވެހިރާއްޖެ މިއަދު މި ވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިޤާލީ މަރުޙަލާއެއްގައިކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުންކަމުގައި ވާހިނދު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހުމިއްޔަތުދޭ ކަމެއް ކަމުގައި ވެސް މުއިއްޒު ވިދާޅުވި އެވެ.

އިންސާނީ ތަރައްޤީގެ މި ލަނޑުދަނޑިތަކާ އެކުއެކީ، އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްޤީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމަޢަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރު ކުރެވެމުންދާންޖެހޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން، އާބާދީއާ ގުޅުންހުރި ޞައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތު ރަށުފެންވަރުގައި އަދާހަމަކުރެވޭނޭފަދަ ގޮތަކަށް އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށްގެން ނިންމުންތައް ނިންމުން އިތުރުކޮށް، ހިންގުމުގެ ޚަރަދު ކުޑަކޮށް، ދައުލަތުގެ ކުރުންތެރިކަން މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެއްވެސް މީހެއް ބާކީނުވާނޭކަން ކަށަވަރު ކުރުމަށް ގެނެވޭ ޤާނޫނީ އިޞްލާޙުތަކުން ބާރު ލިބިގެން، އަދި ޝާމިލު މަގުޗާޓެއްގެ އެހީގައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވަން ގަސްދުކުރައްވަނީ، އިދާރީ ދަފުތަރުތަކާއި، ބޯހިމެނުމުގައި މިހާތަނަށް ގެންގުޅެމުންދިޔަ އުސްލޫބުތައް އެކުލަވާލައިގެން ޤާއިމުކުރެވޭ ހައިބްރިޑް އުސޫލަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވި އެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުދުނިޔޭގެ އާބާދީ ދުވަސްމޯލްޑިވްސް 2.0ދިވެހިރާއްޖެ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟

11 ޖުލައި 2026
ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟
11 ޖުލައި 2026

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026
އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
10 ޖުލައި 2026

ގްލޯބަލް އެއާލައިންސް އިން މިއަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ

10 ޖުލައި 2026
ގްލޯބަލް އެއާލައިންސް އިން މިއަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
09 ޖުލައި 2026

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

09 ޖުލައި 2026
ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!
09 ޖުލައި 2026

މި ސަރުކާރުން މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި: ވަހީދު

09 ޖުލައި 2026
މި ސަރުކާރުން މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި: ވަހީދު
08 ޖުލައި 2026

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

08 ޖުލައި 2026
ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
08 ޖުލައި 2026

ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި

08 ޖުލައި 2026
ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް