Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޝްރޫއުތައް ހުއްޓުން

މި ސަރުކާރުން މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި: ވަހީދު

9 ޖުލައި 2026 | ބުރާސްފަތި 07:16

އިންތިޚާބުތަކާ ދިމާކޮށް ރަށްރަށަށް ދަތުރުފުޅު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވަނީ މަޝްރޫއުތައް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ޝަކުވާތަކާ ކުރިމަތިލާން ޖެހިވަޑައިގަންނަވާތީ ކަމަށް ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވި. އިންތިޚާބާ ދިމާކޮށް އެޅި ބިންގާތަކުގެ މަސައްކަތް ކުރިއަށް ނުދާކަމަށާއި، މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ ނަތީޖާ މިއަދު އޮތީ ސުމެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖުލައި 2026 | ބުރާސްފަތި 07:16
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު | ރާއްޖެ އެމްވީ

އިންތިޚާބުތަކާ ދިމާކޮށް ރަށްރަށަށް ދަތުރުފުޅުތައް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވަނީ، އިންތިޚާބާ ދިމާކޮށް އެޅި ބިންގާތަކުގެ މަސައްކަތްތައް ކުރިއަށް ނުދާތީ ކަމަށާއި، މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މަދިރި އާލާވެފައިވާކަމަށް  ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުﷲ ވަހީދު ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ރަށްރަށަށް ދަތުރުތައް ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އޭގެ ހަގީގީ ސަބަބަކީ އިންތިޚާބާ ދިމާކޮށް ފެށި މަސައްކަތްތައް ހުއްޓިފައި އޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ އޭރު އެކި ރަށްރަށުގައި މަޝްރޫއުތައް އިއުލާނުކޮށް، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ބިންގާތައް އެޅި ނަމަވެސް، އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ އެއްވެސް ޕްލޭނެއް ނުވަތަ ނިޒާމެއް މި ސަރުކާރުގައި ނެތް ކަމަށެވެ.

  އިންތިޚާބުތަކާ ދިމާކޮށް ރަށްރަށަށް ދަތުރުތައް ނުކުރައްވާނެކަމަށް މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ވަރަށް ގިނައިން އެބަ ވިދާޅުވޭ، އިންތިޚާބަށް ދަތުރު ނުކުރެވޭނެ ނޫންތޯ އިންތިޚާބާ ދިމާކޮށް އެޅި ބިންގާތަކުގެ މަސައްކަތްތައް އެގޮތަށް ނުހިނގަންޏާ،
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު 

ރަށްރަށުގެ މަޝްރޫއުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އަބްދުﷲ ވަހީދު ވިދާޅުވީ، ބައެއް ރަށްރަށުގައި އިންތިޚާބާ ދިމާކޮށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ޖެހި ކަޑަތައް އެއްކޮށް ވީރާނާވެފައިވާ އިރު، އެ މަޝްރޫއުތަކަށް ގެންދިޔަ މުދަލަށް ވީނުވީއެއްވެސް މިއަދު އެނގެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އަބްދުﷲ ވަހީދު ވިދާޅުވީ، މި ސަރުކާރުން ފެށި ހުރިހާ މަޝްރޫއެއްގެ ނަތީޖާ މިއަދު އޮތީ ސުމެއްގައި ކަމަށެވެ. އިންތިޚާބާ ދިމާކޮށް އެޅި ބިންގާތަކުގެ މަސައްކަތްތައް އެއްގޮތަކަށްވެސް ކުރިއަށް ނުދާއިރު، ރައީސަށް ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވަހީދު އިތުރަށް ވިދާޅުވީ، އިންތިޚާބާ ދިމާކޮށް ދަތުރު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުމަކީ ހަގީގަތުގައި މަޝްރޫއުތައް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ޝަކުވާތަކާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެތީ އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ބަހަނާއެއް ކަމަށެވެ. މަޝްރޫއުތައް ހިނގަމުންދާ ނަމަ އިންތިޚާބާ ދިމާކޮށްވެސް ރަށްރަށަށް ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއަބްދުﷲ ވަހީދުތަރައްޤީގެ މަޝްރޫޢު

އިތުރަށް ކިޔާލަން

08 ޖުލައި 2026

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

08 ޖުލައި 2026
ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
08 ޖުލައި 2026

ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި

08 ޖުލައި 2026
ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި
06 ޖުލައި 2026

މިފްކޯ އިން އައިސް ވިއްކުން ލިމިޓްކުރުމުން ކަންނެލި މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

06 ޖުލައި 2026
މިފްކޯ އިން އައިސް ވިއްކުން ލިމިޓްކުރުމުން ކަންނެލި މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ
06 ޖުލައި 2026

ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

06 ޖުލައި 2026
ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް