Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

ރައީސް މުޢިއްޒުގެ ސަރުކާރުން ކަންކަން ކެންސަލްކުރުމުގައި ގެންގުޅޭ މި ދެމެހެއްޓެނިވި ސިޔާސަތަކީ ދިވެހި ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އޮތް ބޮޑު ހުރަހެއް. ކޮންމެ ކަމެއް ވެސް ފެށުމަށްފަހު، ރައްޔިތުންގެ ފާޑުކިއުމަށް ބިރުން ނުވަތަ ސިޔާސީ އެތެރޭގެ ރޭވުންތަކެއްގެ ސަބަބުން ފަހުވަގުތު ކެންސަލްކޮށްލުމަކީ ސަރުކާރުގެ އިތުބާރު މުޅިން ގެއްލިއްޖެ. ނޫސްވެރިންގެ ބައްދަލުވުންތަކުން ފެށިގެން ގޮސް، އާންމު ފޯރަމްތަކާއި، ޕޮޑްކާސްޓްތަކާއި، ސިޔާސީ މަގާމުތަކާއި، މަޖިލީހުގެ ޖަލްސާތައް، އަދި ރައްޔިތުންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް މި ސަރުކާރުގެ "ކެންސަލް" ކުރުމުގެ ސަގާފަތުން ސަލާމަތެއް ނުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ޖުލައި 2026 | ހުކުރު 13:40
ރައީސް ޑރ. މުހައްމަދު މުއިއްޒު: މި ސަރުކާރަކީ "ކެންސަލް" ސަގާފަތެއް އޮތް އަދި ޔޫ ޓާން ނަގާ ސަރުކާރެެއް ކަމަށް ރައްތިތުން ބުނޭ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި ސަރުކާރަކީ "ކެންސަލް" ސަގާފަތެއް އޮތް އަދި ޔޫ ޓާން ނަގާ ސަރުކާރެެއް ކަމަށް ރައްތިތުން ބުނޭ. | ރާއްޖެއެމްވީ ގްރެފިކްސް

ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި ގައުމީ ހިންގުމުގެ ނިޒާމަށް ބަލާލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދިވެހި ރައްޔިތުން އުންމީދުތަކަކާއެކު ދިން މެންޑޭޓަށް ފަހު، އެންމެ ބޮޑަށް ފާހަގަކުރެވިގެންދާ އެއް ސިފައަކީ ސަރުކާރުން އިސްނަގައިގެން ފަށާ މުހިންމު ސިޔާސަތުތަކާއި، ރައްޔިތުންނާ ގުޅޭ ބޮޑެތި މަޝްރޫޢުތަކާއި، އަދި ދައުލަތުގެ ތަފާތު ދާއިރާތަކުގެ ހަރަކާތްތައް ކުއްލި ކުއްލިއަށް ކެންސަލްވަމުން ދިޔުމުގެ ނޭދެވޭ ސަގާފަތެވެ. ވެރިކަމުގެ ކެމްޕޭން ދުވަސްވަރާއި މަގާމާ ހަވާލުވެވަޑައިގަތް ކުރީކޮޅު ރައްޔިތުންނަށް ދެއްވި ހާމަކަން ބޮޑު، ދެފުށް ފެންނަ، އަދި ރައްޔިތުންގެ އަޑު އަހާނެ ކަމުގެ ފޮނި ބަސްތަކާއި ވަޢުދުތަކާ މުޅިން ޚިލާފަށް، މިއަދު މުޅި ގައުމަށް ފެންނަމުންދަނީ ކޮންމެ ކަމެއްވެސް ކުލަގަދަކޮށް ފެށުމަށްފަހު، ފާޑުކިއުންތަކާ ކުރިމަތިލާންޖެހޭ ހިސާބުން ނުވަތަ ސިޔާސީ އެތެރޭގެ ނުފޫޒެއްގެ ތެރެއިން ފަހުވަގުތު މުޅިން ހުއްޓާލާ ނުވަތަ އުވާލާ މަންޒަރެވެ.

ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި އާންމު އިޖުތިމާއީ ސިޔާސަތުތަކުގެ ތެރެއިން ފެށިގެން ގޮސް، ރައްޔިތުންނާ މުއާމަލާތް ކުރުމަށް އުފެއްދި ވަސީލަތްތަކާ ހަމައަށް ވެސް މި "ކެންސަލް ކުރުމުގެ" ސަގާފަތް ވަނީ ފެތުރިފަ އެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މި ސަރުކާރަކީ މިއަދު ކަމެއް އިއުލާން ކުރުމަށްފަހު، މާދަމާ އެކަމެއް އެއްކޮށް އުވާލާ ނުވަތަ ބަދަލުކޮށްލާ ސަރުކާރެކެވެ.

މިގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކާއި، އާންމުންނާ ބައްދަލުކުރުމަށް ހިންގި ރަސްމީ ޕްލެޓްފޯމްތަކާއި، މަގާމުތަކަށް އައްޔަންކުރެއްވި ވަޒީރުންނާއި ސިޔާސީ މުވައްޒަފުން، އަދި ދިވެހި ވިޔަފާރިވެރިންނަށް ދެވުނު ހުއްދަތަކާއި ރައްޔިތުންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނޭގޮތަށް މުޅި ދައުލަތުގެ ނިޒާމު މިއަދު އޮތީ ހީނަރުވެ، ކޮންމެ އެއްޗެއްވެސް "ކެންސަލް" ކުރުމުގެ ސިޔާސަތެއްގެ ތެރެއަށް ފެތިފަ އެވެ.

މީޑިއާގެ މިނިވަންކަމާއި ރައްޔިތުންނަށް ސައްހަ މަޢުލޫމާތު ދިނުމުގެ ސިޔާސަތުގެ ދަށުން، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ގައުމީ ބޮޑެތި މަރުހަލާތަކަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް ރައީސް މުޢިއްޒު ވަޢުދުވެވަޑައިގަތީ މާޗު މަހުގެ ތެރޭގަ އެވެ. ނަމަވެސް، މި ވަޢުދާ އެއްގޮތަށް ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވި، 2026 ޖޫން މަހުގެ ތެރޭގައި ޖެހިޖެހިގެން ތިން ހަފުތާ ވަންދެން ރައީސްގެ ނޫސްވެރިންގެ ބައްދަލުވުންތައް ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފަ އެވެ.

މިގޮތުން 2026 ޖޫން 8، ޖޫން 15، އަދި ޖޫން 22 ގައި ބާއްވަން ތާވަލުކުރި ޕްރެސްތައް ކެންސަލްކުރީ ރައީސްގެ މަސައްކަތްޕުޅުތައް ބުރަވުމުގެ ސަބަބުން ވަގުތު ނެތިގެން ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ނަމަވެސް، އެމަނިކުފާނު އެ ދުވަސްވަރު މާލެއިން ބޭރަށް އެއްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ނުވާތީ، މިއީ ހަގީގަތް ފޮރުވަން ދެއްކި ބަހަނާއެއް ކަމަށް ބުނެ އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ޚާއްޞަކޮށް 2026 ޖޫން 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބައެއް މިނިވަން މީޑިއާތަކާއި ނޫސްވެރިންނަށް "ގަޓަރ ޕްރެސް" ގެ ނަމުން މުޚާތަބުކުރައްވައި ރައީސް މުޢިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ފުރައްސާރަކުރެއްވި ފަހުން، ނޫސްވެރިންނާ ބައްދަލުކުރެއްވުން މިގޮތަށް ވިދިވިދިގެން ކެންސަލް ކުރަމުންދިއުމަކީ ސަރުކާރުގެ ނާގާބިލުކަމާއި ގައުމުގެ މާލީ އަދި އިގްތިސާދީ ދަށަށްދިއުމާ ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދާރީވުމުން މުޅިން ރެކެން އުޅުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމަށް ވެރިކަމުގެ ކުރީކޮޅު ވަރަށް ބޮޑު ހޭދައަކާއި އިޝްތިހާރަކާއެކު ފެއްޓެވި ރަސްމީ ޕޮޑްކާސްޓް ސިލްސިލާ "ރައްޔިތުންނާ އެކު" ވެސް ވަނީ މާގިނަ ދުވަސްތަކެއް ނުވެ ކެންސަލްވެ މުޅިން ހުއްޓިފަ އެވެ. މި ޕްރޮގްރާމަކީ ރައްޔިތުންގެ އަޑު އަހައި، ގާތުން މައުލޫމާތު ދިނުމުގެ ނަމުގައި ފެށި ކަމެއް ނަމަވެސް، ސަރުކާރުގެ ނާކާމިޔާބު ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުވާން ފެށުމުން އެ މަސައްކަތް މުޅިން ހުއްޓާލައި ކެންސަލްކޮށްލި އެވެ.

އޭގެ ފަހުން ރައްޔިތުންގެ ނުރުހުން ބޮޑުވުމުން، އެކަން ފޮރުވުމަށްޓަކައި "ދަ ޕަލްސް" އަދި "ނޭޝަން ޗެޓް" ފަދަ ތަފާތު ނަންނަމުގައި އާ ޕޮޑްކާސްޓްތަކެއް ފައްޓަވައި، އާ ހުށަހަޅުންތެރިންނާއި ތަރުޖަމާނުން މެދުވެރިކޮށް މައުލޫމާތު ދޭން އުޅުނު ނަމަވެސް، ކުރިން ރައްޔިތުންނަށް ވީ ވަޢުދާ އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްވެސް ޕްލެޓްފޯމެއް ކުރިއަށް ނުގެންދެވި ކެންސަލްވުމަކީ، މި ސަރުކާރުގެ މުވާޞަލާތީ ސިޔާސަތުގެ ބަލިކަށިކަމާއި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ކުރާ މަސައްކަތް ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ. ރައްޔިތުން ހަޅޭފަޅޭ ޖަހަން ފެށުމުން މޮޅު ވާހަކައަކުން ނުވަތަ އާ ޕޮޑްކާސްޓަކުން ހަމަޖައްސާލަން އުޅުމުގެ ސަގާފަތުގެ ސަބަބުން ސަރުކާރުގެ ސިޔާސީ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

މީގެ އިތުރުން، މި ސަރުކާރުގެ ވަޒީރުންނާ އާންމު ރައްޔިތުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް ބޮޑު ހަރަކާތެއްގެ ގޮތުގައި އިންތިޒާމުކުރި "އަހާ" ފޯރަމްވެސް ވަނީ އެކި ފަހަރު މަތިން ކެންސަލްވެ، އޭގެ އަސްލު މަޤްޞަދު ގެއްލޭ ގޮތް ވެފަ އެވެ. 2024 ފެބުރުވަރީ 23 ގައި ރައީސް މުޢިއްޒު އަމިއްލަފުޅަށް ބައިވެރިވެވަޑައިގެން ފެއްޓެވި މި ފޯރަމަކީ ކޮންމެ މަހަކުވެސް ބާއްވާނެ އެއްޗެއްގެ ގޮތުގައި އިޢުލާންކުރި ނަމަވެސް، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ފްލެޓްތަކާއި ގޯތިތަކުގެ މައްސަލައިގައި އާންމުންގެ މެދުގައި ނުރުހުން ބޮޑުވެ، މާލީ ނިކަމެތިކަމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާތައް އޮހެން ފެށި ދަނޑިވަޅުތަކުގައި މި ފޯރަމްތައް ބޭއްވި ނުދީ ލަސްކޮށް، ގިނަ ފޯރަމްތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. ރައްޔިތުންގެ ސީދާ ސުވާލުތަކަށް ކުރިމަތިލާން ވަޒީރުން ޖެހިލުންވުމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ތަފާސްހިސާބުތަކުން މަސްވެރިކަމާއި އިޤްތިޞާދީ ދާއިރާ، ޚާއްސަކޮށް މަސްވެރިކަމުގެ ސިނާއަތް 48 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަވުމުން، "އަހާ" ފޯރަމް ފަދަ ހާމަކަން ބޮޑު ހަރަކާތްތައް ބޭއްވުން މަދުކޮށް، ރައްޔިތުންނާ ބައްދަލުކުރުމުން ފަހަތަށް ޖެހުމަކީ ސަރުކާރުގެ ނާޤާބިލުކަމާއި ދޮގުތައް ފޮރުވަން ކުރާ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ތަކުރާރުކޮށް ފާހަގަކުރެ އެވެ.

ސިއްހީ އަދި އިގްތިސާދީ ސިޔާސަތުތަކަށް ބަލާއިރުވެސް، ދުރާލާ އެއްވެސް ރޭވުމެއް ނެތި ކުއްލި ނިންމުންތަކާއެކު މުޅި ވިޔަފާރިތައް ބަންދުކޮށް "ކެންސަލް" ކުރުމުގެ އުސޫލު ވަނީ ހިފަހައްޓާފަ އެވެ. މީގެ އެންމެ ބޮޑު އެއް މިސާލަކީ ރާއްޖޭގައި ވޭޕް ކުރުމާއި އޭގެ އުފެއްދުންތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅޭ ތަކެތި މުޅިން މަނާކުރުމަށް ނިންމި ކުއްލި ނިންމުމެވެ. 2024 އޮކްޓޫބަރު 14 ގައި ރައީސް މުޢިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި، 15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕް ކުރާ ސާމާނު ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށާއި، 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ގެންގުޅުމާއި, ވިއްކުމާއި، ބޭނުންކުރުން މުޅިން މަނާކުރުމަށް އެންގެވި އެވެ.

މި ނިންމުމަކީ އެއްވެސް ކަހަލަ އިޤްތިޞާދީ ދިރާސާއެއް ނުވަތަ ވިޔަފާރިވެރިންނަށް ލިބޭނެ ބޮޑެތި ގެއްލުންތަކަށް ބެލުމެއް ނެތި، ކުއްލިއަކަށް ނިންމި ނިންމުމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ. ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިކަމަށް ތާއީދުކޮށް، ވޭޕްގައި މަސްތުވާތަކެތި ހުރި ކަމަށް ބުނެ އެކި ވާހަކަތައް ދެއްކެވި ނަމަވެސް، ފަހުން ފުލުހުންގެ ލެބޯރެޓަރީ ޓެސްޓުތަކުން ފާހަގަވީ އެއީ ހަގީގަތެއް ނޫން ކަމެވެ. މިފަދަ ބޮޑެތި ވިޔަފާރިތައް އެއްވެސް ބަދަލަކާ ނުލައި ކެންސަލްކޮށްލުމުން، ގައުމުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި އެވެ.

ސަރުކާރުގެ އެތެރޭގެ ހިންގުމާއި އިދާރީ އޮނިގަނޑަށް ބަލާއިރު، ވަޒީރުންނާއި ސިޔާސީ މުވައްޒަފުން ކެންސަލްކޮށް މަގާމުތަކުން ވަކިކުރުމަކީވެސް ރައީސް މުޢިއްޒުގެ ވެރިކަމުގެ އެންމެ ބޮޑު އެއް ސިފަ އެވެ. އެންމެ ފާހަގކޮށްލެވޭ އެއް ކަމަކީ ސަރުކާރުގެ ކެބިނެޓުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ފިނޭންސް މިނިސްޓަރު މުޙައްމަދު ޝަފީޤު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށް، އޭނާ ކެންސަލް ކޮށްލުމަށް ފަހު، އޭނާ ގެ ބަދަލުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފިނޭންސް މިނިސްޓަރު ގެ މަގާމަށް އައްޔަން ކުރެއްވުމެވެ. މީގެ އިތުރުން، 2024 އޮކްޓޫބަރު 15 ގައި ރައީސް މުޢިއްޒު ވަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި 228 ސިޔާސީ މުވައްޒަފުން މަގާމުތަކުން ވަކިކުރަން އަންގަވާފަ އެވެ.

ނަމަވެސް، މިގޮތަށް ވަކިކުރި މީހުންގެ އެއްވެސް ތަފްޞީލެއް، ނުވަތަ އެމީހުންގެ ނަންތައް ހާމަކުރުމަށް ރައީސް އޮފީހުން ވަނީ މުޅިން އިންކާރުކޮށްފަ އެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން ނޫސްވެރިން އެދުނު ނަމަވެސް، އެއީ އަމިއްލަ މަޢުލޫމާތު ކަމަށް ބުނެ ސިއްރުކުރުމަކީ "ހާމަކަން ބޮޑު ސަރުކާރެއް" ހިންގާނެ ކަމަށް ބުނި ބުނުން މުޅިން ކެންސަލްވެގެން ދިޔުމެވެ. ހަމައެއާއެކު، ވެރިކަމަށް އައުމަށް އެހީތެރިވި ޕީއެންސީގެ އިސް "ކިންގްމޭކަރުން" ގެ ބާރު ކަނޑުވާލައި، އެބޭފުޅުންގެ އާއިލީ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކުރުމުގެ ސިޔާސީ ބަދަލުހިފުމުގެ ބިރުވެރި ސަގާފަތެއްވެސް ވަނީ ފެށިފަ އެވެ.

މި ކެންސަލްކުރުމުގެ ސަގާފަތުގެ އަސަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއަށްވެސް ފެތުރިފަ އެވެ. ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެއްގައި ވެސް، އެތެރޭގެ ކޯޅުންތަކާއި ރޭވުންތަކުގެ ސަބަބުން ކޯރަމް ހަމަނުވެގެން މަޖިލީހުގެ މުހިންމު ޖަލްސާތައް އެކި ފަހަރު މަތިން ވަނީ ކެންސަލްކުރަން ޖެހިފަ އެވެ. މިގޮތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ކުރިއަށް ގެންދަން ބޭނުންނުވެގެން، ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން ތަޅުން ދޫކޮށް ވަޑައިގަތުމުގެ ސަބަބުން ޖަލްސާތައް ކެންސަލްވުމަކީ މަޖިލީހުގެ އަގު ވައްޓާލުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. ސިޔާސީ ނުފޫޒުގެ ސަބަބުން ހަމައެކަނި ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތައް ކެންސަލްވަނީކީ ނޫނެވެ.

ރައްޔިތުންގެ އުފަލާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް މިކަމުގެ އަސަރު ވަނީ ކޮށްފަ އެވެ. އައްޑޫ ސިޓީގެ ހިތަދޫ ސެންޓްރަލް ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ބާއްވަން އޮތް ހަވާ އެރުވުމުގެ ހަރަކާތް، ހުރިހާ ތައްޔާރީތަކެއް ވެފައިވަނިކޮށް ފަހުވަގުތު ސިފްކޯއިން ކެންސަލްކުރުމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. މިއީ ސިޔާސީ ނުފޫޒުން ރައްޔިތުންގެ އުފަލަށް ހުރަސްއެޅުމަށް ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ކަންކަން ކެންސަލްކުރުމުގައި ގެންގުޅޭ މި ދެމެހެއްޓެނިވި ސިޔާސަތަކީ ދިވެހި ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އޮތް ބޮޑު ހުރަހެކެވެ. ކޮންމެ ކަމެއް ވެސް ފެށުމަށްފަހު، ރައްޔިތުންގެ ފާޑުކިއުމަށް ބިރުން ނުވަތަ ސިޔާސީ އެތެރޭގެ ރޭވުންތަކެއްގެ ސަބަބުން ފަހުވަގުތު ކެންސަލްކޮށްލުމަކީ ސަރުކާރުގެ އިތުބާރު މުޅިން ގެއްލިއްޖެ އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުން ފެށިގެން ގޮސް، ރައީސް އޮފީސް ކުރިމަތީގައި ހެދި ނޫސްވެރިންގެ ފެންޑާ އާއި އާންމު ފޯރަމްތަކާއި، ޕޮޑްކާސްޓްތަކާއި، ސިޔާސީ މަގާމުތަކާއި، މަޖިލީހުގެ ޖަލްސާތައް، އަދި ރައްޔިތުންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް މި ސަރުކާރުގެ "ކެންސަލް" ކުރުމުގެ ސަގާފަތުން ސަލާމަތެއް ނުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

09 ޖުލައި 2026

ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ

ބާރަށުގެ ރިންގްރޯޑާއި ފެނަކަ އޮފީސް އިމާރާތް ހިމެނޭހެން ކުރީ ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ، އެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނައުޝާދު ވިދާޅުވި. މި މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާ ހިމަނާފައިވީ ނަމަވެސް، އަމަލީ މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން ދައުލަތުގެ ފައިސާ އިސްރާފުވެ ރަށުގެ ތަރައްގީއަށް ހުރަސްއެޅެމުންދާކަން އޭނާ ފާހަގަކުރެއްވި.

09 ޖުލައި 2026
ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ
09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

ވަޒީރުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ސުވާލުތަކަށް ޖަވާބު ނުދެއްވާތީއާއި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ސަރުކާރުގެ ކުންފުނިތަކުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ތުހުމަތުކުރައްވައި، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސްއަޅަމުންދާކަމަށް ވެސް އޭނާ ވިދާޅުވި.

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
09 ޖުލައި 2026

މި ސަރުކާރުން މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި: ވަހީދު

އިންތިޚާބުތަކާ ދިމާކޮށް ރަށްރަށަށް ދަތުރުފުޅު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވަނީ މަޝްރޫއުތައް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ޝަކުވާތަކާ ކުރިމަތިލާން ޖެހިވަޑައިގަންނަވާތީ ކަމަށް ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވި. އިންތިޚާބާ ދިމާކޮށް އެޅި ބިންގާތަކުގެ މަސައްކަތް ކުރިއަށް ނުދާކަމަށާއި، މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ ނަތީޖާ މިއަދު އޮތީ ސުމެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި.

09 ޖުލައި 2026
މި ސަރުކާރުން މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި: ވަހީދު
08 ޖުލައި 2026

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުވުމަކީ ސަރުކާރުގެ ބޮޑު ކާމިޔާބީއެއް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ނުހަނު ފަޚުރުވެރިކަމާއެކުގަ. މިނިސްޓަރު ގެ މި ކާމިޔާބީ އަށް އަތް ޖަހަންވީ ކަމެއް ނުވަތަ އަޖައިބުވެ އަންތަރީސްވެގެން ހުޅުވަން ޖެހުނު އަނގަ ލައްޕާލަން ވީކަމެއް ވެސް ނޭނގޭ. މިނިސްޓަރު މަޖިލީހުގައި ތަފާސްހިސާބުތައް ދައްކަވައި، އެއީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރައިގެން ދިއުމުގެ ނަތީޖާ ކަމަށް ވިދާޅުވި ނަމަވެސް، ހަގީގީ މަންޒަރަކީ މުޅިން ތަފާތު މަންޒަރެއް.

08 ޖުލައި 2026
ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

ރާއްޖޭގައި ވަޒީފާ ދިނުމުގެ ކަންކަން ވަރަށް ދަށު ދަރަޖައަކަށް ގޮސްފައިވާ ކަމަށާއި، ޓެކްނިކަލް ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި ގާބިލިއްޔަތުގެ ބަދަލުގައި ސިޔާސީ ފިކުރަށް ބަލާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވި. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ކުންފުނީގެ އަސްލު މަސައްކަތުގެ ބަދަލުގައި ރައީސް ޕްރޮމޯޓުކުރުމުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު