Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

އަފްޣާނިސްތާނުގެ ބާރު އުކުންތެރިޔާ ޝަޕޫރު ޒަދުރާން އުމުރުން 38 އަހަރުގައި މަރުވެއްޖެ

9 ޖުލައި 2026 | ބުރާސްފަތި 09:25

އަފްޣާނިސްތާނުގެ ކްރިކެޓް ބޯޑުން ބުނި ގޮތުގައި، ޒަދުރާން މަރުވީ ދިފާއީ ނިޒާމުގެ ބައްޔަކަށް އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް. ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ މި ކުޅުންތެރިޔާއަކީ އަފްޣާނިސްތާނުގެ ކްރިކެޓްގެ ބިންގާ އެޅުމުގައި މުހިންމު ދައުރެއް އަދާކުރި ނަމޫނާ ޝަޚްސިއްޔަތެއް.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 09:25
އަފްޣާނިސްތާނުގެ ބާރު އުކުންތެރިޔާ ޝަޕޫރު ޒަދުރާން

އަފްޣާނިސްތާނުގެ ބާރު އުކުންތެރިޔާ ޝަޕޫރު ޒަދުރާން | ގެޓީ އިމޭޖަސް

އަފްޣާނިސްތާނުގެ ކުރީގެ ބާރު އުކުންތެރިޔާ ޝަޕޫރު ޒަދުރާން އުމުރުން 38 އަހަރުގައި މަރުވެއްޖެއެވެ. ޒަދުރާން އަކީ ވޯލްޑް ކަޕް މުބާރާތެއްގައި އަފްޣާނިސްތާނުން ހޯދި ފުރަތަމަ މޮޅު ކަށަވަރުކޮށްދިން މުހިންމު ރަންތައް ހެދި ކުޅުންތެރިޔާ އެވެ.

އަފްޣާނިސްތާން ކްރިކެޓް ބޯޑުން (އޭސީބީ) ބުނި ގޮތުގައި، ޒަދުރާން މަރުވީ ވަރަށް މަދުން ނޫނީ ނުފެންނަ ދިފާއީ ނިޒާމުގެ ބައްޔަކަށް އިންޑިއާގެ ނިއު ދިއްލީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ މަރުވުމާ ގުޅިގެން އެ ބޯޑުން ވަނީ ނުހަނު ފުން ހިތާމައެއް ފާޅުކޮށްފަ އެވެ.

ވައަތުން ބޯޅަ އުކާ ޒަދުރާން ވަނީ 2009 އަކުން 2020 އަށް އަފްޣާނިސްތާނުގެ ގައުމީ ޓީމަށް 44 ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) މެޗާއި 36 ޓީ20 މެޗު ކުޅެދީ، ޖުމލަ 80 ވިކެޓް ނަގާފައެވެ.

އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކާމިޔާބީއަކީ 2015 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްކޮޓްލޭންޑް ބަލިކޮށް، އަފްޣާނިސްތާނުން އެ މުބާރާތުގައި ހޯދި ފުރަތަމަ މޮޅު ކަށަވަރުކޮށްދިނުމަށް ޖެހި މޮޅުވި ރަންތަކެވެ.

އޭސީބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަޕޫރު ޒަދުރާން އަކީ އަފްޣާނިސްތާނުގެ ކްރިކެޓްގެ ބިންގާ އެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި ގައުމުގައި ކްރިކެޓް ކުރިއަރުވައި ތަރައްގީ ކުރުމުގައި އޭނާ ދެއްކި ސާބިތުކަމާއި، ކުޅިވަރަށް އޮތް ލޯތްބަކީ ފާހަގަކޮށްލެވޭ ފަދަ ނަމޫނާއެއް ކަމަށްވެސް އެ ބޯޑުން ބުނެފައިވެ އެވެ.

އޭނާގެ މުޅި ކެރިއަރުގައި އަފްޣާނިސްތާނުގެ ކްރިކެޓަށް ޚިދުމަތް ކުރީ ފަޚުރުވެރިކަމާއި، ހިތްވަރާއި އަދި އިއްޒަތާއެކުގަ އެވެ.

އަފްޣާނިސްތާނުގެ ކްރިކެޓް ތާރީޚުގައި ޒަދުރާންގެ ހިއްސާއާއި ކާމިޔާބީތަކަކީ އަބަދުވެސް މުހިންމު ބައެއްގެ ގޮތުގައި ދެމިއޮންނާނެ ކަންކަމެވެ. އަދި ގައުމީ ޓީމަށް އޭނާ ކޮށްދިން ޚިދުމަތްތައް ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ އެވެ.

އިންޑިއާގެ ކުރީގެ އޯލްރައުންޑަރު އަދި ގައުމީ ޓީމުގެ ކުރީގެ ހެޑް ކޯޗު، ރަވީ އާރް ޝާސްތްރީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޝަޕޫރު ޒަދުރާން މަރުވި ޚަބަރު އެހީ ވަރަށް ބޮޑު ހިތާމައަކާއެކު ކަމަށެވެ.

ދުނިޔޭގެ ކްރިކެޓްގައި އަފްޣާނިސްތާން ކުރިއަރައި ދިއުމުގެ ފަހަތުގައި ހުރި އެންމެ މުހިންމު އެއް މެދުވެރިއަކީ ޒަދުރާން ކަމަށާއި، ކުޅިވަރަށާއި ޓީމުގެ ދަތުރުގައި އޭނާގެ ހިއްސާ އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ޝާސްތްރީ ބުންޏެވެ.

އޭނާގެ މުޅި ދިރިއުޅުން ހޭދަކުރީ ކުޅިވަރަށްޓަކައި ކަމަށާއި، އޭނާގެ ފުރާނައަށް ހެޔޮ ރަހުމަތްލެއްވުމަށް އެދޭ ކަމަށްވެސް ޝާސްތްރީ ބުންޏެވެ.

މީގެއިތުރުން، ޒަދުރާންގެ އާއިލާއަށާއި، ރައްޓެހިންނަށް އަދި އަފްޣާނިސްތާނުގެ ކްރިކެޓް އާއިލާއަށް ޝާސްތްރީ ވަނީ އިޚްލާޞްތެރި ތައުޒިޔާ ފޮނުވާފަ އެވެ.

ޝަޕޫރު ޒަދްރާންއަފްޣާނިސްތާންއަފްޣާނިސްތާން ކްރިކެޓް ބޯޑުކްރިކެޓް

އިތުރަށް ކިޔާލަން

08 ޖުލައި 2026

ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި

08 ޖުލައި 2026
ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި
06 ޖުލައި 2026

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

06 ޖުލައި 2026
ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ
03 ޖުލައި 2026

2026 ވަނަ އަހަރުގެ އޭސީސީ 19 އަހަރުން ދަށުގެ އަންހެން ޕްރިމިއާ ކަޕްގައި ރާއްޖެ ވާދަކުރަނީ

03 ޖުލައި 2026
2026 ވަނަ އަހަރުގެ އޭސީސީ 19 އަހަރުން ދަށުގެ އަންހެން ޕްރިމިއާ ކަޕްގައި ރާއްޖެ ވާދަކުރަނީ
14 ޖޫން 2026

ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ

14 ޖޫން 2026
ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ
31 ޖެނުއަރީ 2026

ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި

31 ޖެނުއަރީ 2026
ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި
19 ޖެނުއަރީ 2026

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

19 ޖެނުއަރީ 2026
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް