Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަރުމަނު

15 ބަލިމީހަކު މަރާލިކަން ސާބިތުވެ ޖަރުމަނުގެ ޑޮކްޓަރަކު އުމުރަށް ޖަލަށްލައިފި

8 ޖުލައި 2026 | ބުދަ 16:39

ޖަރުމަނުގެ ބާލިންގައި ބަލިމީހުންނަށް ފަރުވާދޭ ޑޮކްޓަރަކު، އޭނާގެ ބެލުމުގެ ދަށުގައި ތިބި 15 މީހަކަށް ނުރައްކާތެރި ބޭސްތަކެއް ދީގެން މަރާލި މައްސަލައިގައި އޭނާ އުމުރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. ބަލިމީހުންގެ ރުހުމެއް ނެތި މި އަމަލު ހިންގުމަށްފަހު ކުށް ފޮރުވުމަށް ބައެއް މީހުންގެ ގޭގައި ރޯކޮށްލާފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު 76 މަރުގެ މައްސަލައެއް ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުން.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 16:39
ޔޯހަނެސް އެމްގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތް ފެށި ފުރަތަމަ ދުވަހު، ފަނޑިޔާރު ސިލްވިއާ ބުޝް (މެދުގައި) ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންގެ ޓީމާއެކު ފެންނަ މަންޒަރެއް.

ޔޯހަނެސް އެމްގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތް ފެށި ފުރަތަމަ ދުވަހު، ފަނޑިޔާރު ސިލްވިއާ ބުޝް (މެދުގައި) ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންގެ ޓީމާއެކު ފެންނަ މަންޒަރެއް. | އޭޕީ

ޖަރުމަނުވިލާތުގައި ބަލިމީހުންނަށް ފަރުވާދޭ ޕެލިއޭޓިވް ކެއަރ ޑޮކްޓަރަކު، އޭނާގެ ބެލުމުގެ ދަށުގައި ތިބި 15 ބަލިމީހަކު މަރާލިކަން ސާބިތުވެ، އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ޖަރުމަނުގެ ޕްރައިވެސީ ގަވާއިދުތައް އޮންނަ ގޮތުން "ޔޯހަންސް އެމް" ގެ ނަމުން ނަންދެވިފައިވާ މި 41 އަހަރުގެ ޑޮކްޓަރު، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 12 އަންހެނުންނާއި 3 ފިރިހެނުން މަރާލިކަން ސާބިތުވާކަމަށް ބާލިންގެ ކޯޓަކުން ވަނީ ކަނޑައަޅާފަ އެވެ.

ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި މިއީ މިހާތަނަށް ފެންމަތިވެފައިވާ މަދު މިންވަރެކެވެ. މި ޑޮކްޓަރާ ގުޅުންހުރި އިތުރު އެތައް ހާދިސާއެއް ޕްރޮސިކިއުޓަރުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާތަކުގައި މަރުވި މީހުންގެ އުމުރަކީ 25 އަހަރާއި 94 އަހަރާ ދެމެދެވެ. ކޯޓަށް ހުށަހެޅުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ އެންމެންނަކީވެސް ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދިޔަ މީހުން ނަމަވެސް، އެއީ އެ ވަގުތު މަރުވާނެ ކަމަށް ބެލެވުނު މީހުންނެއް ނޫނެވެ.

ޕްރޮސިކިއުޓަރުން ބުނި ގޮތުގައި، ބަލިމީހުންގެ ގޭގެއަށް ޒިޔާރަތްކޮށް، އެމީހުންގެ އެއްވެސް ރުހުމެއް ނެތި، ފުރާނައަށް ނުރައްކާވާ ފަދަ ބާރުގަދަ ބޭސްތަކެއް އެއްކޮށްގެން އެ ޑޮކްޓަރު ވަނީ ދީފަ އެވެ.

އަދި އޭނާ ކުރި ކުށް ފޮރުވުމުގެ ގޮތުން، ބައެއް ފަހަރު އެމީހުން ދިރިއުޅޭ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށްވެސް ޕްރޮސިކިއުޓަރުން ބުންޏެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު އޭނާ ހައްޔަރުކުރުމުގެ ކުޑަދުވަސްކޮޅެއް ކުރިން، އެއް ދުވަހެއްގެ ތެރޭގައި ދެ ބަލިމީހަކު މަރާލާފައިވާ ކަމަށް ޕްރޮސިކިއުޓަރުން ބުނެ އެވެ. އެއީ ބާލިންގެ މެދުތެރޭގައި ހުރި ގެއެއްގައި ދިރިއުޅުނު 75 އަހަރުގެ ފިރިހެނަކާއި، އޭގެ މަދު ގަޑިއިރުތަކެއް ފަހުން އަވަށްޓެރި ސަރަހައްދެއްގައި ދިރިއުޅުނު 76 އަހަރުގެ އަންހެނެކެވެ.

އެ އަންހެން މީހާ މަރާލުމަށްފަހު، އޭނާ ދިރިއުޅުނު ގޭގައި ރޯކޮށްލަން ޑޮކްޓަރު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.

އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ މި ޝަރީއަތުގެ ބޮޑު ބައެއްގައި އެ ޑޮކްޓަރު ހުރީ ހަނުހިމޭނުންނެވެ. ނަމަވެސް، ނިމިދިޔަ މަހު އޭނާ ވަނީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދިޔަ 12 ބަލިމީހަކު "މަރާލި" ކަމަށް އިއުތިރާފުވެފަ އެވެ.

އޭނާ ކޯޓުގައި ބުނި ގޮތުގައި، އެމީހުން ތަހައްމަލު ކުރަމުންދިޔަ "ވޭނާއި ބަލިމަޑުކަމުން" ސަލާމަތްކޮށްދިނުމަކީ އޭނާ ކުރި ރަނގަޅު ކަމެއް ކަމަށް އޭނާގެ އަމިއްލަ ނަފްސަށް ވިސްނިފައިވެ އެވެ.

"މި ހުރިހާ ކަމެއްގެ ތެރޭގައިވެސް އަހަންނަށް ހީވީ މިއީ އެންމެންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް،" އޭނާ ބުންޏެވެ.

އަދި އޭނާގެ ސަބަބުން ލިބުނު ހުރިހާ ހިތާމައަކަށް މައާފަށް އެދޭ ކަމަށްވެސް އޭނާ ބުންޏެވެ.

ކަމާބެހޭ އިދާރާތަކުން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ އިތުރު ބަލިމީހުންވެސް މަރާލާފަ އެވެ. ޕްރޮސިކިއުޓަރުން މިހާރު ދަނީ އިތުރު 76 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި މައްސަލަތައް ސާބިތުވެއްޖެނަމަ، މިއީ ޖަރުމަނުގެ ތާރީޚުގައިވެސް ހިނގި އެންމެ ބޮޑު ސިލްސިލާ މަރުގެ ހާދިސާއަށް ވާނެ އެވެ.

ކުރިއަށް ހުރި ޝަރީއަތްތަކުގައި ބައިވެރިވެ، މައުލޫމާތު ހިއްސާކުރާނެ ކަމަށް ޑޮކްޓަރު ކޯޓުގައި ބުންޏެވެ.

ޝަރީއަތުގެ ކުރީކޮޅު، މަރުވި މީހުންގެ އާއިލާތަކުން ކޯޓުގައި ބުނެފައިވަނީ މިކަން އަދިވެސް ގަބޫލުކުރަން ދަތި ކަމަށެވެ.

2021 ވަނަ އަހަރު މަރުވި، އުމުރުން އެންމެ 25 އަހަރުގެ އަންހެން ކުއްޖާގެ މަންމަ ކޯޓުގައި ރޮމުން ބުނީ، އޭނާގެ ދަރިފުޅު ދުނިޔޭގައި ހުންނަން ބޭނުންނުވާ ކަމަށް ދުވަހަކުވެސް ބުނެފައި ނުވާ ކަމަށެވެ.

އަދި 2024 ވަނަ އަހަރު މަރުވި 72 އަހަރުގެ އަންހެނެއްގެ ފިރިހެން ދަރިފުޅު ބުނި ގޮތުގައި، އޭނާގެ މަންމަ ހުރީ އޭނާގެ ކޮއްކޮއާއެކު ބޯލްޓިކް ކަނޑުގެ ސަރަހައްދަށް ދަތުރެއް ދާން ރާވައިގެންނެވެ. "މަންމަ ބޭނުންވީ ދުނިޔޭގައި ހުންނަން،" އޭނާ ބުންޏެވެ.

ކޯޓުން ނިންމީ ޑޮކްޓަރުގެ ކުށަކީ އާދަޔާ ހިލާފަށް ނުރައްކާތެރި އަދި ސީރިއަސް ކުށެއް ކަމަށެވެ. އެހެންކަމުން، ޖަލު ހުކުމަށްފަހުވެސް އޭނާ މުޖުތަމައަށް ދޫނުކޮށް ބަންދުގައި ބެހެއްޓުމަށާއި، މުޅި އުމުރަށް ޑޮކްޓަރުކަން ކުރުން އޭނާއަށް މަނާކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މަސްދަރު: ބީބީސީ

ޖަރުމަނުޕެލިއޭޓިވް ކެއާސިލްސިލާ މަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

03 ޖުލައި 2026

ޖަރުމަނުގައި މުވައްޒަކު ބަލިވެގެން ފޯނުން ސަލާމް ބުނާ އުސޫލު އުވާލައި އެންމެ ދުވަހަކު ބަލިވިޔަސް ޑޮކްޓަރުގެ ލިޔުން ގެންނަން މަޖުބޫރުކޮށްފި

03 ޖުލައި 2026
ޖަރުމަނުގައި މުވައްޒަކު ބަލިވެގެން ފޯނުން ސަލާމް ބުނާ އުސޫލު އުވާލައި އެންމެ ދުވަހަކު ބަލިވިޔަސް ޑޮކްޓަރުގެ ލިޔުން ގެންނަން މަޖުބޫރުކޮށްފި
29 ޖޫން 2026

ޖަރުމަނުގެ ޒުވާނުންގެ މަރުކަޒެއްގައި ބަޑިޖަހައި ފަސް މީހަކު މަރާލައިފި

29 ޖޫން 2026
ޖަރުމަނުގެ ޒުވާނުންގެ މަރުކަޒެއްގައި ބަޑިޖަހައި ފަސް މީހަކު މަރާލައިފި
29 ޖޫން 2026

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 ޖޫން 2026
ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
26 ޖޫން 2026

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

26 ޖޫން 2026
ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
21 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވީ ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން: ޖަރުމަނުގެ ޑިފެންސް މިނިސްޓަރ

21 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވީ ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން: ޖަރުމަނުގެ ޑިފެންސް މިނިސްޓަރ
21 ޖޫން 2026

ޑެނިޒް އުންޑާވް - ފެކްޓަރީ ތަޅުމުން ވޯލްޑް ކަޕް ގެ އެންމެ އުހަށް!

21 ޖޫން 2026
ޑެނިޒް އުންޑާވް - ފެކްޓަރީ ތަޅުމުން ވޯލްޑް ކަޕް ގެ އެންމެ އުހަށް!
04 ޖޫން 2026

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި

04 ޖޫން 2026
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި
22 މެއި 2026

ޕޮލެންޑަށް އިތުރު 5،000 ސިފައިން ފޮނުވަން ޓްރަމްޕް ނިންމަވައިފި

22 މެއި 2026
ޕޮލެންޑަށް އިތުރު 5،000 ސިފައިން ފޮނުވަން ޓްރަމްޕް ނިންމަވައިފި
24 މާރިޗު 2026

ޖަރުމަނުގެ ލުފްތަންސާ އެއަރލައިނުން މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން އިތުރުކޮށްފި

24 މާރިޗު 2026
ޖަރުމަނުގެ ލުފްތަންސާ އެއަރލައިނުން މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން އިތުރުކޮށްފި
18 މާރިޗު 2026

ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް

18 މާރިޗު 2026
ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް