Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންނަމާދޫ ކައުންސިލް

ލިބެންޖެހޭ ފައިސާ ހޯދުމަށް އިންނަމާދޫ ކައުންސިލުން އަމަލުކޮށްފައެއް ނުވޭ: އޮޑިޓް

8 ޖުލައި 2026 | ބުދަ 11:35

ރ. އިންނަމާދޫ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާފައިނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ. މި ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާއަށް ދިއުމުގެ ބަދަލުގައި ކައުންސިލުން ހަމައެކަނި ސިޓީ ފޮނުވާފައިވާތީ، ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށާއި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ޖުލައި 2026 | ބުދަ 11:35
ރ. އިންނަމާދޫ ކައުންސިލާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަނީ

ރ. އިންނަމާދޫ ކައުންސިލާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަނީ | ރައީސް އޮފީސް

ރ. އިންނަމާދޫ ކައުންސިލަށް ލިބެންޖެހޭ 660،414 ރުފިޔާ ހޯދުމަށް ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ނެރެފައިވާ މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 5.26 ވަނަ މާއްދާގައި ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަމަލުކުރާނެ ގޮތް ބަޔާން ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތް ކޮށް ފައިސާ ނުލިބިއްޖެ ނަމަ 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ފައިސާ ދައްކަން ޖެހޭ ފަރާތަށް ލިޔުން ފޮނުވުމާއި އެ މުއްދަތުގެ ތެރޭގައި ވެސް ފައިސާ ނުލިބިއްޖެ ނަމަ އިތުރު 7 ދުވަސް ދިނުމަށްފަހު އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމުން އަންގަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. 

ރިޕޯޓުގައި ބުނީ ފަހުން އިތުރު ކުރެވޭ މުއްދަތުގައި ވެސް ފައިސާ ނުދައްކައިފި ނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވާނެ ކަމަށް ވެސް ބަޔާން ކޮށްފައިވެ އެވެ. 

ނަމަވެސް ކައުންސިލްގެ އިދާރާ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދެންނެވުނު ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާކަން އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކަށް ބިމު ކުލީގެ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 660،414 ރުފިޔާ ލިބެންޖެހޭ ކަމަށް ކައުންސިލްގެ އިދާރާގެ ހިސާބުތަކުން ދައްކާއިރު އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކަށް ސިޓީ ފޮނުވުން ފިޔަވައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިތުރު ފިޔަވަޅެއް އަޅާފައިނުވާކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ. 

އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 5.24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ އިދާރާއިން ކުރާ މަސައްކަތްތަކަށް ނުވަތަ ދެވޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި ހޯދުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އޭގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.26 ވަނަ މާއްދާފައިވާ ގޮތަށް ކައުންސިލްގެ އިދާރާ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ފުރުސަތުތައް ދިނުމުން ވެސް ފައިސާ ނުދައްކައިފި ނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅަގައިގެން ކުރިއަށް ގެންދިއުމަށް ވެސް އެދިފައިވެ އެވެ. 

އޮޑިޓް އޮފީހުން އިތުރަށް ބުނީ، ފައިސާ ހޯދުމަށް ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.01 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހުއްދަ ނޫން އަމަލެއް ކަމަށް ބެލެވޭތީ އެ ގަވާއިދުގެ 17.03 ވަނަ މާއްދާއާ އެއްގޮތަށް އެ ފަރާތްތަކުގެ މައްސަލަ ބަލައި، އެއްވެސް މީހަކު ނުވަތަ ބަޔަކު ޒިންމާވާން ޖެހޭ ކަމަށް ކަނޑައެޅިއްޖެ ނަމަ އެ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.  

ރ. އިންނަމާދޫއޮޑިޓް ރިޕޯޓް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 ޖުލައި 2026

އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަނީ ދޮގު ޚަބަރެއް: ބޮޑުފޮޅުދޫ ކައުންސިލް

01 ޖުލައި 2026
އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަނީ ދޮގު ޚަބަރެއް: ބޮޑުފޮޅުދޫ ކައުންސިލް
21 ޖޫން 2026

އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް

21 ޖޫން 2026
އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް
13 މާރިޗު 2026

އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް

13 މާރިޗު 2026
އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް
22 ފެބުރުއަރީ 2026

ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް

22 ފެބުރުއަރީ 2026
ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް
24 ޖެނުއަރީ 2026

ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި

24 ޖެނުއަރީ 2026
ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި
29 ޑިސެމްބަރު 2025

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025
އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
01 އޮކްޓޯބަރު 2025

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު
28 ސެޕްޓެމްބަރު 2025

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ
04 ސެޕްޓެމްބަރު 2025

ހުޅުމާލެއިން އިތުރު ގޯއްޗަކާއި އިންނަމާދޫ އިން 3 ގޯތި ގަތްކަމަށް ފަލާހު ވިދާޅުވެއްޖެ

04 ސެޕްޓެމްބަރު 2025
ހުޅުމާލެއިން އިތުރު ގޯއްޗަކާއި އިންނަމާދޫ އިން 3 ގޯތި ގަތްކަމަށް ފަލާހު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް