Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ.ކެނދިކުޅުދޫ

ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި

24 ޖެނުއަރީ 2026 | ހޮނިހިރު 16:40

ކެނދިކުޅުދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީ ފުރިހަމަނުވާއިރު 258،690 ރުފިޔާ ހޯދުމަށް ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައެއް ނުވޭ. ޗެކްކުރި 4 ބިމަކުން ލިބެންޖެހޭ 176،888 ރުފިޔާ ރަޖިސްޓްރީގައި ހިމަނާފައި ނުވާކަން ފާހަގަ ކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖެނުއަރީ 2026 | ހޮނިހިރު 16:40
ރައީސް މުއިއްޒު ކެނދިކުޅުދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން.

ރައީސް މުއިއްޒު ކެނދިކުޅުދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން. | ރައީސް އޮފީސް

ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބެންޖެހޭ ފައިސާ ގެ ރަޖިސްޓްރީގައި ހިމަނާފައިވާ އަދަދު ސައްހަ ނޫން ކަމަށާ ލިބެންޖެހޭ ފައިސާ ހޯދުމަށް ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. 

2024 ވަނަ އަހަރުގެ ނ. ކެނދިކުޅުދޫ ކައުންސިލް ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ދައުލަތުގެ އިދާރާތަކަށް ލިބެންޖެހޭ އާމްދަނީ އާ އެނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ތަފުސީލު ތައްޔާރު ކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވާ ކަމަށެވެ. 

Advertisement - newsAdvertisement

މި ގަވާއިދުގައި ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1  މަސް ދުވަހުގެ ތެރޭގައި ހޯދަން ވާނެ ކަމަށް ބަޔާން ކޮށްފައި ވާއިރު ލިބެންޖެހޭ ފައިސާ ހޯދުމަށުް އަޅަންޖެހޭ ފިޔަވަޅުތައް އެ ގަވާއިދުގައި ތަފްސީލު ކޮށްދީފައި ވެ އެވެ. 

އޮޑިޓް އޮފީހުން އާންމު ކޮށްފައިވާ އެ ރިޕޯޓުގައި ބުނީ ކައުންސިލްގެ އިދާރާ އިން ތައްޔާރު ކޮށްފައިވާ ލިބެންޖެހޭ ފައިސާގެ ރިކޯޑުން ދައްކާ ގޮތުގައި 1 ޑިސެމްބަރު 2024 ގެ ނިޔަލަށް 258،690 ރުފިޔާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ލިބެންޖެހޭ ފައިސާ ހޯދުމަށް 2024 ވަނަ އަހަރުގައި ފައިސާ ހޯދުމަށް ބައެއް ފަރާތްތަކަށް މެސެޖު އަދި ސިޓީ ފޮނުވާފައި ވީ ނަމަވެސް ގަވާއިދުގައި ބަޔާން ކުރާ އިތުރު ފިޔަވަޅެއް އަޅާފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. 

މީގެ އިތުރުން ކައުންސިލްގެ އިދާރާ އަށް ލިބެންޖެހޭ ފައިސާ ގެ ގޮތުގައި އިދާރާ އިން ތައްޔާރު ކޮށްފައިވާ ރިކޯޑުގައި ކުރީ އަހަރުތަކުގެ ތެރެއިން ނުލިބިވާ ފައިސާ ގެ މައުލޫމާތު ހިމަނާފައި ނުވާކަމާއި 2024 ވަނަ އަހަރުގެ ތެރޭގައި އިދާރާ އަށް ނުލިބިވާ ފައިސާގެ މައުލޫމާތު ހިމަނާފައި ނުވާކަން ފާހަގަ ކޮށްފައި ވެ އެވެ.

އެގޮތުން ޗެކް ކުރެވުނު 4 ބިމަކުން ލިބެންޖެހޭ 176،888 ރުފިޔާ ކައުންސިލްގެ އިދާރާ އަށް ނުލިބި ހުރި ނަމަވެސް އެ 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ. އޮޑިޓް ރިޕޯޓުގައި ބުނީ އެހެން ކަމުން އިދާރާ އިން ތައްޔާރު ކޮށްފައިވާ ލިބެންޖެހޭ ފައިސާގެ ރިކޯޑު ފުރިހަމަ ނުވުމުގެ ސަބަބުން އެ ރިކޯޑުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށެވެ.

ނ. ކެނދިކުޅުދޫ ކައުންސިލްއޮޑިޓް ރިޕޯޓްދައުލަތުގެ މާލިއްޔަތު ގަވާއިދުކޮމްޕްލަޔަންސް އޮޑިޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ

24 ޖެނުއަރީ 2026
2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ
12 ޖެނުއަރީ 2026

އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް

12 ޖެނުއަރީ 2026
އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް
11 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލްގެ ދެ މުވައްޒަފަކު އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި މަސައްކަތް ކުރި ކަމަށް ބުނެ އިތުރުގަޑީގެ ފައިސާ ނަގައިފި

11 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލްގެ ދެ މުވައްޒަފަކު އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި މަސައްކަތް ކުރި ކަމަށް ބުނެ އިތުރުގަޑީގެ ފައިސާ ނަގައިފި
09 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް
07 ޖެނުއަރީ 2026

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި
29 ޑިސެމްބަރު 2025

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025
އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި
17 ޑިސެމްބަރު 2025

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

17 ޑިސެމްބަރު 2025
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް
01 އޮކްޓޯބަރު 2025

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު
28 ސެޕްޓެމްބަރު 2025

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ
03 ސެޕްޓެމްބަރު 2025

އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

03 ސެޕްޓެމްބަރު 2025
އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް