Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭދަފުށީ ކައުންސިލް ފައިސާ

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025 | ހޯމަ 14:36

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ ކަމަށާއި މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ފައިސާ ހޯދުމުގެ ފިޔަވަޅުތައް ފުރިހަމަ ނުކުރާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ޑިސެމްބަރު 2025 | ހޯމަ 14:36
އޭދަފުށީ ކައުންސިލާއި އެ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން

އޭދަފުށީ ކައުންސިލާއި އެ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭކަން ހާމަވެއްޖެ އެވެ.

ދައުލަތު ގެ މާލިއްޔަތު ގެ ގަވާއިދު ގެ 5.24 ވަނަ މާއްދާގެ (ހ) ގައި ދައުލަތު ގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެން ޖެހޭ ފައިދާ އެކަމެއް ނިމުނުު ދުވަހުން ފެށިގެން ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި ހޯދަން ވާނެ ކަމަށް ބަޔާން ކޮށްފައި ވެ އެވެ. އަދި ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުންނަ ފައިސާ ހޯދަން އަޅަން ޖެހޭ ފިޔަވަޅުތައް 5.26 ވަނަ މާއްދާގެ (ހ) ގައި ވަނީ ބަޔާންކޮށްފަ އެވެ.

Advertisement - newsAdvertisement
2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް
Raajje.mv

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

އެގޮތުން، ކައުންސިލް އިދާރާ އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް ބައެއް ފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަަމށާއި އަދި ފައިސާ ދެއްކުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން ބައެއް ފަރާތްތަކަށް ފޯނު މެދުވެރިކޮށް މުއާމަލާތުތައް ކުރެވިފައިވާނެ ކަމަށް ކައުންސިލްގެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެ އެވެ. ނަމަވެސް ފައިސާ ނުލިބުމުން މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ފިޔަވަޅު އެޅުމުގެ މަރުހަލާ ފުރިހަމަ ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. 

އެ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ހޭދަކުރަނީ މަލްޓިޕަރޕަސް އިމާރާތުގެ ހޮޓާ ބައިގެ ކުއްޔާއި، ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ ކުނީގެ ފީ، ފިހާރަތަކުގެ ކުނީގެ ފީ، ޕިކަޕް ހޯދުމަށް ކުރާ މަސައްކަތުގެ އެޑްވާންސް އަށް ދީފައިވާ ފައިސާ އެވެ. 

އޭދަފުށީ ކައުންސިލްގެ 2024 ވަނަ އަަހަރުގެ އޮޑިޓް ރިޕޯޓު

އޭދަފުށީ ކައުންސިލްގެ 2024 ވަނަ އަަހަރުގެ އޮޑިޓް ރިޕޯޓު

މި ކަންކަން އިސްލާހުކުރުމަށް ލަފާ ދީފައިވާ ގޮތަށް ބަލާ އިރު މާލިއްޔަތު ޤަވާއިދުގެ 5.26 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އެ ކައުންސިލަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފަ އެވެ. އަދި ލިބެން ޖެހޭ ފައިސާ ހޯދުމަށް ގަވާއިދާއި އެއްގޮތަށް މަސައްކަތް ނުކުރުމަކީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކުރާ ހުއްދަ ނޫން އަމަލެއް ކަމަށް ބެލެވޭތީ އެކަން ބެލުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު އެ ކަމާއި މެދު ޒިންމާ ވާން ޖެހޭ މީހަކު ނުވަތަ ބަޔަކަށް ފިޔަވަޅު އެޅުމަށް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާދީފަ އެވެ.

އޭދަފުށީ ކައުންސިލްދައުލަތުގެ މާލިއްޔަތު ގަވާއިދުއޮޑިޓަރ ޖެނެރަލްގެ ރިޕޯޓުމަލްޓިޕަރޕަސް ހޯލް އިމާރާތްއޮޑިޓް ރިޕޯޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2025

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

28 ޑިސެމްބަރު 2025
2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް
01 އޮކްޓޯބަރު 2025

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު
28 ސެޕްޓެމްބަރު 2025

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ
03 ސެޕްޓެމްބަރު 2025

އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

03 ސެޕްޓެމްބަރު 2025
އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
07 އޯގަސްޓު 2025

ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް

07 އޯގަސްޓު 2025
ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް
12 ޖުލައި 2025

ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި

12 ޖުލައި 2025
ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި
12 ޖުލައި 2025

އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް

12 ޖުލައި 2025
އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް
29 ޖޫން 2025

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

29 ޖޫން 2025
ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ
25 ޖެނުއަރީ 2025

ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި

25 ޖެނުއަރީ 2025
ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި
12 ޖެނުއަރީ 2023

ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!

12 ޖެނުއަރީ 2023
ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް