Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އއ. ބޮޑުފޮޅުދޫ

އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަނީ ދޮގު ޚަބަރެއް: ބޮޑުފޮޅުދޫ ކައުންސިލް

1 ޖުލައި 2026 | ބުދަ 12:37

އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ބަޖެޓުން 1.4 މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރަނީ ހަގީގަތާ ޚިލާފު ޚަބަރުތަކެއް ކަމަށް އެ ކައުންސިލުން ބުނެފި. މާލީ ބަޔާނުގައި މައްސަލަ ދިމާވީ ފައިސާއަށް ޚިޔާނާތްތެރިވެގެން ނޫން ކަމަށާއި، އެއީ މުއާމަލާތްތައް ރެކޯޑުކުރާ "ވިޔަ" މޮޑިއުލްގައި ދިމާވި ފަންނީ މައްސަލައެއް ކަމަށް ކައުންސިލުން ސާފުކޮށްދޭ. އެހެންކަމުން، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ޒިންމާދާރުކަން ކުޑަ ޚަބަރު ނުފެތުރުމަށް ކައުންސިލުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 1 ޖުލައި 2026 | ބުދަ 12:37
އއ. ބޮޑުފޮޅުދޫ ކައުންސިލާއި އެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

އއ. ބޮޑުފޮޅުދޫ ކައުންސިލާއި އެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. | ރާއްޖެ އެމްވީ

އއ. ބޮޑުފޮޅުދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅުވައިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށް ބުނެ އެކަން އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ބޮޑުފުޅަދޫ ކައުންސިލުން  ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ބޮޑުފޮޅުދޫ ކައުންސިލްގެ ބަޖެޓުން 1.4 މިލިއަން ރުފިޔާއަށް ވީ ނުވީއެއް ނޭނގޭ!" މި ސުރުޚީގެ ދަށުން ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނީ އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ކަމަށެވެ. މިފަދަ ޚަބަރުތަކުގެ ސަބަބުން ކައުންސިލާ މެދު ރައްޔިތުންގެ މެދުގައި ނުބައި ތަސައްވަރެއް އުފެދުމުގެ ފުރުސަތު އޮތުމުން އެކަން ސާފުކޮށްދޭން ޖެހޭ ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

ކައުންސިލުން ބުނި ގޮތުގައި، މީޑިއާތަކުން ގެނެސްދީފައިވާ ޚަބަރުގެ ތަފްސީލުގައި، އޮޑިޓް އޮފީހުން އެކަމާ ގުޅޭގޮތުން ދެއްވާފައިވާ އިރުޝާދާއި ލަފާ ހިމަނާފައެއް ނުވެ އެވެ. މިއީ ނޫސްވެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ކައުންސިލުން ސިފަކުރެ އެވެ.

މާލީ ބަޔާނުގައި ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން ކައުންސިލުން ތަފްސީލު ދެމުން ބުނީ، އެއީ ފައިސާއަށް ޚިޔާނާތްތެރިވެގެން ނުވަތަ ފައިސާ މަދުވެގެން ދިމާވެފައިވާ ކަމެއް ނޫން ކަމަށެވެ. އެއީ މާލީ މުއާމަލާތްތައް ރެކޯޑުކުރާ "ވިޔަ" މޮޑިއުލްގައި ދިމާވެފައިވާ އިދާރީ އަދި ފަންނީ މައްސަލައެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށް ކައުންސިލުން ބުނެ އެވެ.

އޮޑިޓް އޮފީހުން ކުރައްވާ އޮޑިޓްތަކުގައި އެއްވެސް އިދާރާއަކުން ފައިސާއަށް ޚިޔާނާތްތެރިވެ، ނުވަތަ ވީނުވީއެއް ނޭނގި ފައިސާ މަދުވެފައިވާނަމަ، އެކަން ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން ބެލުމަށް އޮޑިޓް ރިޕޯޓުގައި ސާފުކޮށް ބަޔާންކުރާނެ،
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ދިމާވެފައިވާ ފަންނީ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާއި ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ބޮޑުފުޅަދޫ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ވަނީ ޚަބަރު ފެތުރުމުގައި ހަމައެކަނި ކިޔުންތެރިން ޝައުގުވެރިކުރުވުމުގެ މަގްސަދުގައި ހަގީގަތް އޮޅުވާނުލުމަށާއި، ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މައުލޫމާތު ސާފުކޮށް ޚަބަރު ފެތުރުމަށް ރާއްޖޭގެ އެންމެހާ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.

އއ. ބޮޑުފޮޅުދޫއޮޑިޓް ރިޕޯޓް

އިތުރަށް ކިޔާލަން

13 މާރިޗު 2026

އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް

13 މާރިޗު 2026
އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް
22 ފެބުރުއަރީ 2026

ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް

22 ފެބުރުއަރީ 2026
ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް
24 ޖެނުއަރީ 2026

ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި

24 ޖެނުއަރީ 2026
ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި
29 ޑިސެމްބަރު 2025

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025
އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި
07 އޮކްޓޯބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލު، ގެޒެޓް ކުރެވުނީ 2 މަސްވާން ގާތްވަނިކޮށް!

07 އޮކްޓޯބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލު، ގެޒެޓް ކުރެވުނީ 2 މަސްވާން ގާތްވަނިކޮށް!
01 އޮކްޓޯބަރު 2025

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު
28 ސެޕްޓެމްބަރު 2025

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ
12 ސެޕްޓެމްބަރު 2025

ބޮޑުފޮޅުދޫއަށް ކުރެއްވި ދަތުރުފުުޅަށްފަހު ރައީސް ޞާލިހް މާލެ ވަޑައިގެންފި

12 ސެޕްޓެމްބަރު 2025
ބޮޑުފޮޅުދޫއަށް ކުރެއްވި ދަތުރުފުުޅަށްފަހު ރައީސް ޞާލިހް މާލެ ވަޑައިގެންފި
12 ސެޕްޓެމްބަރު 2025

ބޮޑުފޮޅުދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ރައީސް ޞާލިހް ބައްދަލު ކުރައްވައިފި

12 ސެޕްޓެމްބަރު 2025
ބޮޑުފޮޅުދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ރައީސް ޞާލިހް ބައްދަލު ކުރައްވައިފި
12 ސެޕްޓެމްބަރު 2025

ރައީސް ޞާލިހް އއ. ބޮޑުފޮޅުދޫގެ އިސްރައްވެހިންނާއި ޚާއްސަ އެހީ އާއި ރައްކާތެރިކަމަަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރައްވައިފި

12 ސެޕްޓެމްބަރު 2025
ރައީސް ޞާލިހް އއ. ބޮޑުފޮޅުދޫގެ އިސްރައްވެހިންނާއި ޚާއްސަ އެހީ އާއި ރައްކާތެރިކަމަަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް