Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހީމް ފަލާޙް

ހުޅުމާލެއިން އިތުރު ގޯއްޗަކާއި އިންނަމާދޫ އިން 3 ގޯތި ގަތްކަމަށް ފަލާހު ވިދާޅުވެއްޖެ

ފަލާހު މާލެއިން މާފަންނު އަލް ހަދީދް ނަމަކަށް ކިޔާ 1000 އަކަފޫޓުގެ ގޯއްޗެއް 4 މިލިއަން ރުފިޔާއަށް ގަނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 05:50
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މާލީ ބަޔާނުގައި ފެންނަން ނެތް އެހެން ނަމަވެސް އިތުރު 4 ގޯއްޗެއް ގަނެފައިވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމު ކުރުމުން އެކަމާއި ގުޅިގެން ނޫސްތަކަށް އަރާފައިވާ ސުރުހީއަކާ ގުޅިގެންނެވެ. ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން ގެދޮރު ކުއްޔަށްދީގެން އަހަރެއްގެ މައްޗަށް 3 މިިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެ އެވެ.

Advertisement - newsAdvertisement

މި ހަބަރުތައް ނޫސްތަކަށް އެރުމާއެކު ފަލާހު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޢިންޝާﷲ މިއަންނަ އަހަރު އަދި މިއަށްވުރެ ޢާއްމުދަނީ އިތުރުވާނެ ކަމަށެވެ. އަދި އިންނަމާދޫ އިން ގަނެފައި ރެޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި 3 ގޯއްޗާއި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރެޖިސްޓުރީ ބަދަލުކުރުމުގެ މަރުހަލާގައި ކަމަށް ފަލާހު ވިދާޅުވިއެވެ.

ނޫސްތަކުގައި ލިޔެފައިވާ ހަބަރާއެކު ޖެއްސުމުގެ ރާގަކުން ފަލާހު ވިދާޅުވީ މިފަހަރުގެ މާލީބަޔާނަށް ލެވޭވަރަށް ރަޖިސްޓްރީ ނިންމާލެވޭތޯ ބެއްލެވި ކަމަށާއި ނަމަވެސް ވާގޮތެއްނުވި ކަމަށެވެ.

ފަލާހު ވިދާޅުވީ "މިވާހަކަތައް މިހާކުރިން ހިއްސާމިކޮށްލީ ފަހަރެއްގައި ﷲގެ ރަހްމަތްފުޅުން ދުނިޔޭގައިހުރެ މިއަންނަ އަހަރު މާލީބަޔާންނެރޭއިރު ނޫސްވެރިއަކު ފަހަރެއްގައި އާޝޯޚްވެގެން ކަނޑަށްވެޓިދާނެތި!" ކަމަށެވެ.

މޭ 28، 2024 އިން ފެށިގެން މި އަހަރުގެ މޭ 27 އަށްވާ އެއް އަހަރު ދުވަހުގެ މާލީ ބަޔާނުގައި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ ނަމުގައިވާ ޖުމްލަ 4 ބިމުން ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް 3،276،000 ރުފިޔާ ވަނީ ލިބިފަ އެވެ.

އޭގެ އިތުރުން ފަލާހު ވަނީ މާލެއިން، މާފަންނު "އަލް ހަދީދް" ނަމަކަށް ކިޔާ ގޯއްޗެއް ހަތަރު މިލިއަން ރުފިޔާއަށް ބައްލަވައިގެންފައެވެ. އަދި އެގޯތީގެ މިލްކުވެރިކަމުގެ މައްސަލަ ސިވިލް ކޯޓުން ނިންމައި ކުރި ހުކުމުގައި ވާގޮތުން ފަލާހު ބައްލަވައިގަތީ މާލޭ ދަފްތަރު ނަންބަރު 1458 އަހުމަދު ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މާފަންނު "އަލްހަދީދު"ނަމަކަށް ކިޔާ ގޯއްޗެވެ. އެއީ 1000 އަކަފޫޓުގެ ގޯއްޗެކެވެ.

ފަލާހުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި ރ. އިންނަމާދުގައި 3 ބިމާއި މާލޭގައި 1 ބިން އޮވެ އެވެ. އަދި އާމްދަނީގެ ގޮތުގައި ޖުމުލަ 5،166،000 ރުފިޔާ ވަނީ ލިބިފައެވެ. އެއީ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ލިބޭ 990،000 ރުފިޔާއާއި ވިޔަފާރީގެ ނަފާގެ ގޮތުގައި ލިބޭ 900،000 ރުފިޔާގެ އިތުރުން ގެދޮރު ކުއްޔަށް ދީގެން ކުލީގެ ގޮތުގައި ލިބޭ 3،276،000 ރުފިޔާ އެވެ.

މީގެ އިތުރުން ވެސް މާލީ ބަޔާން ތާރީހާ ހަމައަށް ބޭންކް ތަކުގައިވެސް ޖުމުލަ 111،074.84 ރުފިޔާއާއި 300.75 އެމެރިކާ ޑޮލަރު ހުރިކަމަށް މާލީބަޔާނުން އެނގެ އެވެ. އަދި މި އަހަރުގެ ފެބްރުއަރި މަހުގެ ވިހި ވަނަ ދުވަހު 15،727،0000 ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާކަން ވެސް ހާމަވެ އެވެ.

ފަލާހުގެ މާލީ ބަޔާނަށް އިތުރަށް ބަލައިލާއިރު ވަރަށް ބޮޑު ދަރަންޏެއް އޭނާގެ އޮތްކަމަށް ދައްކަ އެވެ. އެގޮތުން އޭނާ ނަގާފައިވާ ލޯނަށް މިހާރުވެސް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ފާހަގަ ވެއެވެ.

އިބްރާހިމް ފަލާހްއިނގުރައިދޫ ދާއިރާމާލީ ބަޔާންރ. އިންނަމާދޫހުޅުމާލެގޯތި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު