Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަލު

ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި

ކަރެކްޝަންސް އިން ބުނީ، ކޮވިޑް ފެސިލިޓީ ހުރި ތަނުގައި އަލަށް އިމާރާތްކުރާ އިމާރާތުގައި 140 މީހުންގެ ޖާގަ ލިބޭނެ ކަމަށް. އަދި ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބްލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، ފުރަތަމަ ބެޗްގެ 16 ގައިދީން އެ ޔުނިޓަށް ބަދަލު ކޮށްފައިވާ ކަމަށް. އޭސީއާއެކު ތަރައްގީކުރާ މި ޔުނިޓުގެ ސަބަބުން ކޯޓުތަކަށާއި ބޭސްފަރުވާއަށް މާލެ ސަރަހައްދަށް ގެންނަ ގައިދީން ބޭތިއްބުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ހަރަދުތައް ކުޑަވާނެ ކަމަށް ކަރެކްޝަންސް އިން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 މެއި 2026 | ހޯމަ 06:37
ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށްފައި.

ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށްފައި. | މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ހުޅުމާލެ ފޭސް1 ގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް، ބައެއް ގައިދީން އެތަނަށް ބަދަލު ކޮށްފި އެވެ. 

މި އިމާރާތް ހުންނަނީ ކްރިމިނަލް ކޯޓާ އިންވެގެން، ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގަ އެވެ.

Advertisement - newsAdvertisement

ކަރެކްޝަންސް އިން ބުނީ، ކޮވިޑް ފެސިލިޓީ ހުރި ތަނުގައި އަލަށް އިމާރާތްކުރާ އިމާރާތުގައި 140 މީހުންގެ ޖާގަ ލިބޭނެ ކަމަށެވެ. އަދި ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބްލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، ފުރަތަމަ ބެޗްގެ 16 ގައިދީން ހޮނިހިރު ދުވަހު އެ ޔުނިޓަށް ބަދަލު ކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ. 

މިއީ ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ގައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް އޭސީ އާއެކު އިމާރާތް ކުރެވޭ ޔުނިޓެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ކަރެކްޝަންސް އިން ބުނީ، މި މަސައްކަތުގެ ގުރައުންޑް ފޮލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވާނެ ކަމަށެވެ. 

މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ، މިހާރު ޚިދުމަތް ދެމުން ގެންދަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ދަތިތަކާއެކު އޮފިސަރުންގެ ރިސްކް ބޮޑު ބުރަ މަސައްކަތާއެކު ކަމަށެވެ. 

ބޮޑުތަކުރުފާނު މަގުގައި ހުރި މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން، ޖަލުގެ ޖާގައިގެ ދަތިކަން ކުރިމަތިވި އެވެ. އެއާއެކު މިހާރު ޖަލުތަކުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ. 

ހުޅުމާލެ ކްރިމިނަލް ކޯޓްކަރެކްޝަންސްޖަލު

ކޮމެންޓް

އިތުރަށް ކިޔާލަން

"ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ"

"ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ"

24 މެއި 2026
ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

24 މެއި 2026
ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސް!

ހުޅުމާލެ އަމާން ދޯދިތަކުގެ ބައެއް ޓަވަރުތަކަށް ފެން ބިލު ނުލިބޭތާ 3 މަހަށް ވުރެ ގިނަ ދުވަސް!

23 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހުޅުމާލެ ފަޅުތެރެއަށް ފޭބިތަނުން ގެއްލުނު މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ

ހުޅުމާލެ ފަޅުތެރެއަށް ފޭބިތަނުން ގެއްލުނު މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ

22 މެއި 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު