Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުސްތޫރީ ފަސާނާ

"ކުރިޔަނުދިނުމުގެ ޖަޒާގެ މަބްދަޢު" އެއީ އައު އެއްޗެއް، ގެއްލެނީ ސަސްޕެންޑްކުރި ވަކީލުންގެ ޙައްޤު އެކަންޏެއް ނޫން: ވަކީލުން

29 ސެޕްޓެމްބަރު 2017 | ހުކުރު 13:05

ސިވިލް ކޯޓުގެ އިސް ގާޒީއަށް މިފަދަ ޤަރާރު ނެރުއްވުމުގެ ޤާނޫނީ ބާރު ލިބޭގޮތެއް ޤާނޫނުތަކުން އެނގެން ނެތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 29 ސެޕްޓެމްބަރު 2017 | ހުކުރު 13:05
ޝަރުޢި ދާއިރާ އިސްލާހު ކުރުމަށް ވަޚިލުން ހިންގާ ހަރަކާތްތަކުގެ ތެރެއިން

ޝަރުޢި ދާއިރާ އިސްލާހު ކުރުމަށް ވަޚިލުން ހިންގާ ހަރަކާތްތަކުގެ ތެރެއިން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 56 ވަކީލަކު ސަސްޕެންޑް ކޮށްފައިވަނީ ނެެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ވަކީލުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައިވަނީ، "ކުރިޔަނުދިނުމުގެ ޖަޒާގެ މަބްދަޢު"ގެ ދަށުން ސިވިލް ކޯޓުގެ އިސް ގާޒީ ނެރުއްވާފައިވާ ޤަރާރަކާއި ގުޅިގެން ކަމަށްވާއިރު، އެ މަބްދަޢު އަކީ ޤާނޫނީ ވަކީލުން ދަންނަ އެއްޗެއް ނޫން ކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ދެކޮޅަށް މިފަދަ މައްސަލައެއް ހުށަނޭޅޭނެ ކަމަށް ނިންމުމަކީ ވަކީލުންގެ އިތުރުންވެސް އެތައް ބައެއްގެ މަދަނީ ޙައްޤުތައް ގެއްލިގެންދާ ކަމެއް ކަމަށް ސަސްޕެންޑް ކުރި ވަކީލުން ބުނެފިއެވެ.

ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވަކީލުން ސަސްޕެންޑްކުރުމަށް ނިންމި ނިންމުމަކީ އުއްތަމަފަނޑިޔާރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ކޮމިޓީއެއްގެ ސެކްރެޓްރިއޭޓް ބަލަހައްޓާ ފަރާތްކަމުގައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިޢުލާނަކުން ނިންމާފައިވާ ނިންމުމަކަށް ވެފައި، އެ އިޢުލާނުގައި ނަން ހިމެނޭ ފަރާތްތައް ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރުމާގުޅޭ ގޮތުން ހުށަހެޅޭ ކޮންމެ މައްސަލައެއް ވެގެންދާނީ އުއްތަމަފަނޑިޔާރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ކޮމިޓީގެ ނިންމުން ދަށު މަރުޙަލާގެ ކޯޓުން ބެލުމަށް ބަލައިގަތުންވާނީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުންކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް، ބާޠިލު އިޖުރާއަތެއްގެ ދަށުން، ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ބޭރުން ބަލައިގަނެވޭ މައްސަލައެއް ކަމަށް ސިވިލް ކޯޓުގެ އިސް ގާޒީ 28 ސެޕްޓެމްބަރު 2018 ތާރީޚުގައި ނެރުއްވި ޤަރާރުގައި ކަނޑައަޅުއްވާފައިވާތީ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ސިވިލް ކޯޓުން ބުނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ރަޖިސްޓްރަރގެ ނިންމެވުން ބިނާކުރެއްވީ ކުރިއްސުރެ އެކަށައެޅި ޢަމަލުކުރަމުން އައި އިޖުރާއަތެއްގެ ބަދަލުގައި ވަކީލުން ހުށަހެޅި މައްސަލަތަކަށް ޚާއްސަކޮށް، މިމައްސަލަތައް ބަލައި ނުގަތުމަށްޓަކައި އިސް ގާޒީ 28 ސެޕްޓެމްބަރުގައި ނެރުއްވި ޤަރާރަކާ ގުޅުވައިގެން ކަމަށާ، ނަމަވެސް ސިވިލް ކޯޓުގެ އިސް ގާޒީއަށް މިފަދަ ޤަރާރު ނެރުއްވުމުގެ ޤާނޫނީ ބާރު ލިބޭގޮތެއް ޤާނޫނުތަކުން އެނގެން ނެތްކަމަށެވެ.

އިސް ގާޒީ ޤަރާރު ނެރުއްވާފައިވަނީ "ކުރިޔަނުދިނުމުގެ ޖަޒާގެ މަބްދަޢު" ގެ ދަށުން ކަމަށާ، ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ކޯޓަށް ހުށަހެޅިޔަސް "ކުރިޔަނުދިނުމުގެ ޖަޒާގެ މަބްދަޢު" ގެ ދަށުން، އެ މައްސަލަ ބަލައިނުގަންނާނޭކަމަށް އެ ޤަރާރުގައި ބުނެފައިވާއިރު، އެއީ ޤާނޫނުގެ ފޮތެއްގައި އޮންނަކަން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްވެސް ވަކީލަކަށް އެނގިފައިވާ މަބްދަޢުއެއް ނޫންކަން ވަކީލުންގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިފަހަރުގެ ނިންމުމާއި ޚިލާފަށް ސިވިލް ކޯޓުން މީގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ދެކޮޅަށް ހުށަހެޅުނު އެކި މައްސަލަތައް ބަލައި ޙުކުމްކޮށްފައިވާކަން ފާހަގަކޮށް، ވަކީލުން ވަނީ މި ނޫސްބަޔަނުގައި އޭގެ ބައެއް މިސާލުތައްވެސް ދެއްވާފައެވެ.

ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ޚިލާފްވެފައިވާކަމަށް ކަނޑައަޅުއްވައި، އެ މަސައްކަތާ ޙަވާލުވިފަރާތަށް ބަދަލު ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 683/Cv-C/2016 ޤަޟިއްޔާއިން ހުށަހެޅި މައްސަލައާއި، 25 އޭޕްރީލް 2016 ތާރީޚުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ޙުކުމް ކުރައްވާފައިވެއެވެ. ކެމެރާ ސިސްޓަމެއް ހޯދުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޢާންމު ކުންފުންޏަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ޢާންމު ކުންފުންޏަކަށް ލިބިގެންވާކަމަށް ސިވިލް ކޯޓުގެ 2402/Cv-C/2016 ޤަޟިއްޔާއިން 19 ފެބްރުއަރީ 2017 ތާރީޚުގައި އަމުރުކުރައްވާފައިވާއިރު، މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ޓެކްނީޝަނެއްގެ ގޮތުގައި ޢައްޔަނުކުރި ފަރާތަކީ ޝަރުޠު ހަމަވާ ފަރާތެއް ނޫންކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ކަނޑައެޅުމުން އެ ނިންމުމަށް ޗެލެންޖްކޮށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަވެސް އެ ކޯޓުގެ ނަންބަރު 948/Cv-C/2016 ޤަޟިއްޔާއިން ބައްލަވައި 20 އޭޕްރީލް 2017 ތާރީޚުގައި ނިޔާ ކަނޑައަޅުއްވާފައިވެއެވެ.

ނޫސްބަޔާނުގައި ވަނީ މިފަދަ ހުރިހާ ނިންމުންތަކަކީވެސް "އުއްތަމަފަނޑިޔާރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ކޮމިޓީއެއްގެ ސެކްރެޓްރިއޭޓް ބަލަހައްޓާ ފަރާތްކަމުގައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ ނިންމުންތަކެއް ކަމަށްވާއިރު، އަދި މީގެ ތެރެއިން ބައެއް މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހެޅިފައިވާއިރު ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނިންމުމަކާމެދު ދަޢުވާ ނުކުރެވޭނޭކަމަށްބުނެ އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައެއް ނުވާ ކަމަށާ، އެހެންކަމުން، ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރަން ނިންމި ނިންމުމާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ބަލައިގަނެވެން ނެތްކަމަށް ކަނޑައެޅުމަކީ، ކުރީގެ ހުރިހާ ނިންމުންތަކާ ޚިލާފް އައު ނިންމެވުމެއް ކަމަށް ކަމަށެވެ.

އަދި އެ ނިންމެވުމުގެ ސަބަބުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އެކިފަރާތްތަކާމެދު ވެފައިވާ މަދަނީ އެއްބަސްވުންތަކުގެ ދަށުން ދަޢުވާކުރުމުގެ ޙައްޤުވެސް ޢާންމު ރައްޔިތުންނަށް ގެއްލިގެންދާ ދިއުމަކީ، ވަޚިލުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ވަކީލުން ސަސްޕެންޑް ކުރުމުގައި ޑިއުޕްރޮސެސް ނުވަތަ ފިޔަވަޅު އެޅުމުގެ ކުރިން ލިބިދޭންޖެހޭ އެއްވެސް ޙައްޤެއް ލިބިދީފައިނުވާއިރު، ސަސްޕެންޑްކުރި ކުރުމާމެދު ޗެލެންޖްކުރުމުގެ ޙައްޤުވެސް ނުލިބުމުގެ ފުރުޞަތު އޮތުމަކީ، ވަކިލުން ސަސްޕެނޑް ކުރި ކުރުން ބައިނަލްއަޤުވާމީ ފަރާތްތަކާއި، ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ގިނަ އަދަދެއްގެ ޤަނޫނީ ބޭފުޅުން މިކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ސަބަބު ކަމަށަ، ސިވިލް ކޯޓުން ވަކީލުންގެ މައްސަލަތައް ބޭރުކޮށްލުމަކީ އެ ހުރިހާ ފަރާތްތަކުގެ ކަންބޮޑުވުންތަކަކީ ޙަޤީޤަތްކަން ސާބިތުވެގެން ދިޔަކަމެއްކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ.

ވަޚިލުންގެ ނޫސްބަޔާން ނިންމާލާފައިވަނީ، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޤާނޫނީ އުޞޫލުތަކަށް އިޙްތިރާމްކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ޤާނޫނީ ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު

19 މާރިޗު 2017
ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް