Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

6 ޖުލައި 2026 | ހޯމަ 10:42

ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އަލަށް އެދޭ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން އޮގަސްޓް 2026 ގެ ނިޔަލަށް ކުރިއަށްދާނެ. މި މުއްދަތުގައި މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ 10 ނަސީބުވެރިއަކަށް، ކޮންމެ މީހަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ. ކާޑުން ކުރާ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކުރެވޭއިރު، މިއީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މަސައްކަތުގެ ބައެއް ކަމަށް ބީއެމްލުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2026 | ހޯމަ 10:42
ބީއެމްއެލްގެ ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރަނީ.

ބީއެމްއެލްގެ ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރަނީ. | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަރކާޑު ގުޅިގެން، 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 6 ޖުލައި އިން ފެށިގެން 31 އޮގަސްޓް 2026 ގެ ނިޔަލަށެވެ. 

ބީއެމްއެލުން ބުނީ، މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަރކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަ ކުރަންޖެހޭ ކަމަށް ބީއެމްއެލުން ބުނެ އެވެ. 

ބީއެމްއެލުން ބުނީ، ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ހަފުތާއަކު 1,000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެއެވެ. އަދި މަހެއްގެ ތެރޭގައި 5,000 ރުފިޔާ ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. 

ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ހޯމަ ދުވަހު ވަނީ ފަށާފައި.

ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ހޯމަ ދުވަހު ވަނީ ފަށާފައި. | ބީއެމްއެލް

މީގެ އިތުރުން ބީއެމްއެލުން ބުނީ، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، ކޮންމެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށާއި، މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބޭންކު އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށެވެ.

ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. ރާއްޖޭގައި މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބޭންކުން ދޫކުރާ މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތަކަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ތަފާތު އެކި އިނާމުތަކާއި ޚާއްސަ ފުރުސަތުތައް ލިބިދޭ ކާޑެކެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)މާސްޓަރކާޑް

އިތުރަށް ކިޔާލަން

06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
30 ޖޫން 2026

ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި

30 ޖޫން 2026
ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
14 ޖޫން 2026

ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!

14 ޖޫން 2026
ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް