Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި

ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭނެ އައު ފުރުސަތުތަކެއް އެ ބޭންކުން މިއަދު ވަނީ ތަޢާރަފުކޮށްފައި. މި ޚިދުމަތުގެ މައިގަނޑު މަގުސަދަކީ ކާޑު މުޢާމަލާތްތަކަށް ބޭނުންވާ ޑޮލަރު ދެމެހެއްޓެނިވި ގޮތެއްގައި ހޯދައި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް މާލީ މަންފާ ހޯދައިދިނުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 ޖޫން 2026 | އަންގާރަ 13:26
ބީއެމްއެލްއިން ބޭއްވި "ޗެޓް ވިތު ސީއީއޯ" ސެޝަންގައި އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ

ބީއެމްއެލްއިން ބޭއްވި "ޗެޓް ވިތު ސީއީއޯ" ސެޝަންގައި އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ | ބީއެމްއެލް

 ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ އައު ފުރުސަތުތަކެއް ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.

މި ނިޒާމުގެ ދަށުން އިންވެސްޓްކުރާ ޑޮލަރުން ކުރާ ވިޔަފާރިން ލިބޭ އާމްދަނީގެ ބޮޑު ބައެއް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާގެ ގޮތުގައި ދިނުމަށް ބޭންކުން ވަނީ ނިންމާ ފައެވެ.

އަންގާރަ ދުވަހު ބޭއްވި "ޗެޓް ވިތު ސީއީއޯ" އިވެންޓުގައި ތަޢާރަފުކުރި މި ޚިދުމަތާއެކު، ކޮންމެ ދުވަހަކުވެސް ތަފާތު މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތައް ބޭންކުން އާންމުކުރާނެ އެވެ. ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، ބޭންކުގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް މި ޕޫލްތަކުގެ މަޢުލޫމާތް ބަލައި، އޮންލައިންކޮށް ފަސޭހަކަމާއެކު އިންވެސްޓް ކުރެވޭނެ އެވެ.

މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ އެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާއިރު، ބައެއް ޕޫލްތަކުން %25 އާ ހަމަޔަށް ފައިދާ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ބޭންކުން ބުނެ އެވެ.

މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް ކާޑުތަކުން ކުރާ މުޢާމަލާތްތައް ފާއިތުވި 5 އަހަރު ތެރޭގައި 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރު މިފަދަ މުޢާމަލާތްތަކަށް ބޭންކުން ވިއްކަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮންމެ މަހަކު ގާތްގަނޑަކަށް 2.5 ލައްކަ އާއި 3 ލައްކަ އާއި ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ބޭރުގެ މުޢާމަލާތްތައް ކުރަމުންދޭ. މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުން ނުވަތަ ކްރޮސް-ބޯޑަރ އީ-ކޮމާސް އިތުރުވުން. މިއީ ރާއްޖޭގެ އިގްތިސާދާއި ޑިޖިޓަލް ބޭންކިންގ އަށް އައިސްފައިވާ ބޮޑު ކުރިއެރުމެއް،
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް

ސީއީއޯ އިތުރަށް ވިދާޅުވީ، ފާއިތުވި 36 މަސް ތެރޭގައި 1.6 ބިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، އޭގެ 60 އިންސައްތައަކީ ކާޑު މުޢާމަލާތްތައް ކަމަށެވެ. މި އައު އިންވެސްޓްމަންޓް ނިޒާމުގެ މައިގަނޑު ބޭނުމަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ފައިދާ ހޯދައިދިނުމާއެކު، ބޭންކަށް ޑޮލަރު ހޯދައި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށާއި އިމްޕޯޓް މުދަލަށް ބޭނުންވާ ޑޮލަރު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނު މެވެ.

މި ހަފްލާގައި ވަނީ އެފް.އެކްސް އިންވެސްޓްމަންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލައި، ބޭންކުގެ ކުރިމަގުގެ ސްޓްރެޓެޖީތަކާ ބެހޭ ތަފްސީލީ މަޢުލޫމާތު މީޑިއާއާ ހިއްސާކޮށްފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)މުހައްމަދު ޝަރީފް ޑިޖިޓަލް ބޭންކިންގ

އިތުރަށް ކިޔާލަން

29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
14 ޖޫން 2026

ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!

14 ޖޫން 2026
ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!
08 ޖޫން 2026

ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި

08 ޖޫން 2026
ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި
20 މެއި 2026

ބީއެމްއެެލް އިން ސަރފިން އެސޯސިއޭޝަންގެ ޓީމުތަކަށް ސްޕޮންސަރ ގެ ގޮތުގައި ދޭ އެހީތެރިކަން ދެމެހެއްޓުމަށްޓަކައި އެއްބަސްވުން އާކޮށްފި

20 މެއި 2026
ބީއެމްއެެލް އިން ސަރފިން އެސޯސިއޭޝަންގެ ޓީމުތަކަށް ސްޕޮންސަރ ގެ ގޮތުގައި ދޭ އެހީތެރިކަން ދެމެހެއްޓުމަށްޓަކައި އެއްބަސްވުން އާކޮށްފި
18 މެއި 2026

މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި

18 މެއި 2026
 މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު