Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެމްއެމްއޭގެ އެހީތެރިކަމާއެކު ބީއެމްއެލް އިން ކާޑުތަކަށް ޚާއްސަ ލިމިޓެއް ދޫކުރަން ވަނީ ނިންމާފައި. މި ބަދަލާއެކު، ދަރިވަރުން ބޭންކަށް ހުށަހެޅުމުން ވިސާ އާއި އައިއެޗްއެސް ފަދަ ޕޭމަންޓްތައް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މީގެ އިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ޓީޓީ މެދުވެރިކޮށް އަދި މަހަކު 1200 ޑޮލަރުގެ ކާޑު ލިމިޓެއްގެ ދަށުން މިހާރުވެސް ދަނީ ފޯރުކޮށްދެމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2026 | ބުރާސްފަތި 08:58
ބީއެމްއެލް ސްކޮލާޝިޕް ފަންޑް 2024 ގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުނު ދަރިވަރުންތަކެއް ބީއެމްއެލްގެ ސީއީއޯ ޝަރީފާއެކު.

ބީއެމްއެލް ސްކޮލާޝިޕް ފަންޑް 2024 ގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުނު ދަރިވަރުންތަކެއް ބީއެމްއެލްގެ ސީއީއޯ ޝަރީފާއެކު. | ބީއެމްއެލް

ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް، ދަރިވަރުންގެ ކާޑުތަކަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލުން މި ނިންމުން ނިންމިއިރު، އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންގެ ވިސާ ހެއްދުމަށް ދައްކަންޖެހޭ އިމިގްރޭޝަން، ހެލްތު ސާޗާޖް (އައިއެޗްއެސް) އެބޭންކްގެ ކާޑު މެދުވެރިކޮށް ދެއްކޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ބުނެ ގިނަ ބެލެނިވެރިންނާއި، ދަރިވަރުން ކަންބޮޑުވުންފާޅު ކުރަން ފެށުމާއެކު އެކަން މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މި މައްސަލައާ ގުޅިގެން ބީއެމްއެލްގެ ސްޕޯކްޕަރސަން މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް މީގެ ކުރިން ''ކޭސްބައި ކޭސް'' އަށް ބެލުމަށް ފަހު ބޭންކުން އައީ ކާޑަށް ލިމިޓް ދެމުން ކަމަށެވެ. 

މި ބޭނުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބުރާސްފަތި ދުވަހުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަަމަށް ސައީދު ވިދާޅުވި އެވެ. 

މީގެ އިތުރުން ބީއެމްއެލް އިން ވަނީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ. 

އެގޮތުން ބޭރު ފައިސާއިން މުއާމަލާތްކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހަކަށް 1،200 ޑޮލަރުގެ ލިމިޓެއް ބީއެމްއެލުން ވަނީ ކަނޑާއަޅާފަ އެވެ. އަދި ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަަމަށް ބީއެމްއެލުން ބުނެ އެވެ. 

އިނގިރޭސިވިލާތްއެމްއެމްއޭބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
25 ޖޫން 2026

މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!

25 ޖޫން 2026
މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!
25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު