Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ގަވަރމަންޓް އޮތޯރިޓީ

އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތެއް ހުއްޓިފައި!

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްތައް އުވި، އަލަށް އުފެއްދި އޮފީސްތަކަށް ކިޔާނެ ނަމެއް ފައިނަލް ނުވުމުގެ ސަބަބުން އަތޮޅުތަކުގައި ދެމުންދިޔަ މުހިންމު ޚިދުމަތްތައް ވަނީ ހުއްޓިފައި. މި ބަދަލާ ގުޅިގެން ލައިސެންސާއި ޕާސްޕޯޓް ފަދަ ޚިދުމަތްތައް މެދުކެނޑިފައިވާއިރު، އިދާރީ ގިނަ ކަންކަން މިހާރު ނިންމަން ޖެހެނީ މާލޭގައި ހުންނަ އެލްޖީއޭއިން ކަމަށްވާތީ އާންމުންގެ ކަންބޮޑުވުން ވެސް ވަނީ އިތުރުވެފައި. އީދު ބަންދަށްފަހު ނޫނީ މި ޚިދުމަތްތައް އަލުން ފެށޭނެ ކަމަށް ނުބެލެވޭއިރު، މިއީ ލާމަރުކަޒީ ނިޒާމު ބަލިކަށިކުރުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 21 މެއި 2026 | ބުރާސްފަތި 07:02
ހދ. ހިރިމަރަދޫ ކައުންސިލަރުންނާއެކު ރައީސް މުއިއްޒު ޑރ.މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ހދ. ހިރިމަރަދޫ ކައުންސިލަރުންނާއެކު ރައީސް މުއިއްޒު ޑރ.މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން | ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމި އެތައް ޚިދުމަތްތަކެއް ހުއްޓިއްޖެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަތޮޅަކަށް ނިސްބަވް ގޮތަށް އަތޮޅު އޮފީސް ކިޔުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން އެ ނަންތައް  ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފާސްކޮށްފައިނުވެ އެވެ. އެއާއެކު މިހާރު ހުރިހާ ޚިދުމަތްތަކެއް ވަނީ ހުއްޓިފަ އެވެ. 

Advertisement - newsAdvertisement

އާދީއްތަ ދުވަހު ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އެ އޮތޯރިޓީގެ ޚިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ޓަކައި ގާއިމުކުރައްވާ އެ އޮތޯރިޓީގެ އޮފީސްތަކަކީ، އެ އޮތޯރިޓީގެ ބައެއްގެ ގޮތުގައި ގާއިމުކުރެވޭ ތަންތަނަށްވެފައި، އެ ތަންތަނަކީ ސަރުކާރުގެ ވަކި އިދާރާތަކުގެ ގޮތުގައި ގާއިމުކުރެވޭ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސެވުމުގެ ބަދަލުގައި، ކޮންމެ އޮފީހެއްގައި ވެސް ލޯކަލް ގަވަރމަންތް އޮތޯރިޓީ (އަތޮޅު) އޮފީސް ނަން ބޭނުން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. 

17 މެއި 2026 ވީ އާދީއްތަ ދުވަހު އައު ކައުންސިލްތައް ހުވާކުރި އިރު، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާއެކު އަތޮޅު ކައުންސިލްތައް އޮތީ އުވިފަ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވުނު ނަމަވެސް އެތަންތަނުން ދެމުން އައި ޚިދުމަތްތަކަށް އެއްވެސް ކަހަލަ ބުރޫއެރުމެއް ނެތި، ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެ އެވެ. 

އެ އޮފީސްތަކުން ލައިސެންސް ޚިދުމަތް، ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް އަދި ޕާސްޕޯޓުގެ ޚިދުމަތް ފަދަ މުހިންމު ރައްޔިތުންނާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ދެމުން ގެންދިޔަ އެވެ. ނަމަވެސް  އަތޮޅު ކައުންސިލްތައް އުވި، އަތޮޅު އޮފީސްތަކަށް ބަދަލުވިފަހުން 5 ދުވަސްވެފާއިރު، އޮފީސްތަކަށް ކިޔާނެ ނަންތައް ފައިނަލްނުވެ، އެއްވެސް ޚިދުމަތެއް ނުލިބެ އެވެ. 

ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން ވިދާޅުވީ މި މައްސަލަ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށާއި، ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އަދި މީގެ ކުރިން ފަސޭހައިން ލިބުނު ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ހޯދުމަށް ވަރަށް އުދަނގޫވާނެ ކަމަށާއި، ލާމަރުކަޒީ ނިޒާމު މިސަރުކާރުން މަރުކަޒީ ނިޒާމަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. 

އެގޮތުން މިހާރު ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަޒީފާގައި އުޅޭ ލިޔުން ހޯދުމަށް ވެސް ފޮނުވަން ޖެހޭނީ މާލޭގައި ހުންނަ އެލްޖީއޭ އަށް ކަމަށާއި، އެނޫން ގޮތަކަށް އެ ފަދަ ލިޔުމެއް ވެސް ނުލިބޭނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން މިފަދަ ލިޔުންތައް ކައުންސިލްތަކުން ދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.  

ކުރިއަށް އޮތީ އަޟްޙާ އީދު ބަންދު ދުވަސްތަކަށްވުމާއެކު، ދެން އޮފީސްތައް ހުޅުވައި، ރައްޔިތުންނަށް ޚިދުމަތް ދެވޭނީ މި މަސް ނިމޭއިރު އެވެ. 

ލޯކަލް ގަވަރމަންޓް އޮތޯރިޓީއަތޮޅު އޮފީސްލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

19 މެއި 2026

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު
18 މެއި 2026

އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު

18 މެއި 2026
އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު
17 މެއި 2026

ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

17 މެއި 2026
ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި
17 މެއި 2026

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކޮށްފި

17 މެއި 2026
އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކޮށްފި
17 މެއި 2026

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

17 މެއި 2026
މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު