Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!

24 ޖޫން 2026 | ބުދަ 10:03

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީއަށް ޖާގަދިނުމުގައި އަމަލުކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރުމުން، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ހިމެނޭހެން 9 މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި. މި މައްސަލައިގައި އެމްޑީޕީން ބުނީ ކޮމިޓީތަކުން ޖާގަ ނުދެނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސްއެޅުމަށް ކަމަށް. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ ގަވާއިދާ އެއްގޮތަށް ކޮމިޓީތަކުން ޖާގަ ދީފައިވާނެ ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖޫން 2026 | ބުދަ 10:03
ނާޒިލްގެ ނަން އިއްވުމާއެކު އެވަގުތު ތަޅުމުގައި ތިބި އެމްޑީޕީގެ ބާކީ 8 މެންބަރުން ވެސް ވަނީ އިހުތިޖާޖު ކޮށްފަ. ބުދަ ދުވަހުގެ ޖަލްސާގައި އެމްޑީޕީ ގެ 9 މެންބަރުންގެ ނަން އިއްވާފައިވޭ

ނާޒިލްގެ ނަން އިއްވުމާއެކު އެވަގުތު ތަޅުމުގައި ތިބި އެމްޑީޕީގެ ބާކީ 8 މެންބަރުން ވެސް ވަނީ އިހުތިޖާޖު ކޮށްފަ. ބުދަ ދުވަހުގެ ޖަލްސާގައި އެމްޑީޕީ ގެ 9 މެންބަރުންގެ ނަން އިއްވާފައިވޭ | ވީޑިއޯ ސްކްރީން ޝޮޓް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީ އަށް ދޭން ޖެހޭ ޖާގަ ދިނުމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އިން އަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރުމުން އެމްޑީޕީ ގެ 9 މެންބަރެއްގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ ތަޅުމުން ބޭރު ކޮށްފައިވާ 9 މެންބަރުންނަކީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

Advertisement - newsAdvertisement

ބުދަ ދުވަހުގެ ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާ، އިދިކޮޅު އެމްޑީޕީ މެންބަރުން ހޫނު ބަހުގެ ހަލަމާތައް އެއްބަޔަކު އަނެއްބަޔަކަށް އަމާޒު ކޮށްފައިވާއިރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު ނިޒާރަށް ރުހުންދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އިއްވި ވަގުތު މެންބަރު ނާޒިލް ވަނީ ކޮމިޓީތަކުން އިދިކޮޅަށް ޖާގަދީފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި މެންބަރު ވަނީ ތަކުރާރު ކޮށް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގު އަށް ކޮމިޓީތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވާތީ ކަންބޮޑުވުން ފާޅު ކޮށް އަޑު އުފުލާފަ އެވެ. 

އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މެންބަރަށް ނަސޭހަތްތެރިވެފަ އެވެ. ތަކުރާރު ކޮށް، މެންބަރަށް ރިޔާސަތުން ނަސޭހަތްތެރިވުމަށް ފަހު ވެސް މެންބަރު ކަންބޮޑުވުން ފާޅުކުރަމުން ދިޔުމާއެކު ރިޔާސަތުން ވަނީ މެންބަރުގެ ނަން އިއްވާފަ އެވެ. 

ނާޒިލްގެ ނަން އިއްވުމާއެކު އެވަގުތު ތަޅުމުގައި ތިބި އެމްޑީޕީގެ ބާކީ 8 މެންބަރުން ވެސް ވަނީ އިހުތިޖާޖުކޮށް، އަޑު އުފުލާފަ އެވެ. އެހެންކަމުން ރިޔާސަތުން ވަނީ އެ އަށް މެންބަރުންނަށް ވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ. އަދި މެންބަރުންގެ ކަންބޮޑުވުންތަކަށް އަބްދުއްރަހީމް ވަނީ ވަރަށް ރުންކުރު ކޮށް ޖަވާބު ދެއްވާ، ތަޅުމުން ނެރޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގަ ބުނަނީ 2 ކޮމިޓީ އަކުން ޖާގަ ދޭން ޖެހޭނެ ކަމަށް. އެއީ އެމްޑީޕީ އިން ބޭނުންވާ 2 ކޮމިޓީ އަކަށް ވާކަށް ނުޖެހޭނެ. 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ. 
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އެއަށްފަހު އަބްދުއްރަހީމް ވަނީ ފަހަރަކު މެންބަރެއްގެ ނަން އިއްވައި 9 މެންބަރުން ވެސް ތަޅުމުން ބޭރު ކޮށްފަ އެވެ. 

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް ވިދާޅުވީ ގަވާއިދުގައި ބުނާ ގޮތަށް އިދިކޮޅަށް ދޭން ޖެހޭ ޖާގަ މަޖިލީހުން ދޭން ޖެހޭނެ ކަމަށެވެ. އަދި އަލަށް ހުވާ ކުރެެއްވި މެންބަރު ސޯދިގަށް މަސައްކަތް ނުކުރެވޭނެހެން ކޮމިޓީތަކުން ޖާގަ ދީފައި ނުވަނީ އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިސްއެމްޑީޕީ ޕާލަމެންޓްރީ ގްރޫޕު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
24 ޖޫން 2026

ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް

24 ޖޫން 2026
ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް
24 ޖޫން 2026

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު
24 ޖޫން 2026

އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް

24 ޖޫން 2026
އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް
24 ޖޫން 2026

އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު

24 ޖޫން 2026
އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު
23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
23 ޖޫން 2026

ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

23 ޖޫން 2026
ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި
23 ޖޫން 2026

ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

23 ޖޫން 2026
ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ
22 ޖޫން 2026

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026
ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް