Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ އަހަރީ ދުވަސް

މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ފޮނުއްވި މެސެޖުގައި، ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާގެ ގޮތުގައި އެމްޑީޕީ ދެމިއޮތީ ހައްގާއި އިންސާފަށް ކުރި މަސައްކަތުންކަން ފާހަގަކުރެއްވި. ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައިވަނީ އެ ޕާޓީއާ ކަމަށާއި، ސަފުތައް ބަދަހިކޮށް އިސްލާހީ މަސައްކަތްތައް ފުރިހަމަކުރުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2026 | ހުކުރު 04:30
އެމްޑީޕީ ގައުމީ މަޖްލިސް ޖަލްސާގައި ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ

އެމްޑީޕީ ގައުމީ މަޖްލިސް ޖަލްސާގައި ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ | އިބްރާހިމް ޝާބިލް

ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު މިއަދު ފެންނަމުންދާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރީނދޫ ލަޝްކަރުގެ މެންބަރުންނާއި، ލީޑާޝިޕާއި، ޕާޓީގެ އެންމެހާ ހިދުމަތްތެރިންނަށް އަރިސްކުރައްވާފައެވެ.

ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުން އެތަކެއް ޕާޓީތަކެއް ފަނޑުވެދިޔައިރު ވެސް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި 21 އަހަރު ކަޑައްތުކުރެވުނީ އެތައް ބައެއްގެ މަސައްކަތާއި ގުރުބާނީންނެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް މި ޕާޓީ ވެފައިވަނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ އެމްޑީޕީއާ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. މީގެ 21 އަހަރުން ކުރިން ރަސްމީކޮށް މި ޕާޓީން ފެށި އިސްލާހީ މަސައްކަތް ފުރިހަމަކުރުމަކީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ކުރާނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި، އެދެނީ ކާމިޔާބު މިންވަރު ކުރެއްވުމަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ފާހަގަ ކުރެއްވި ގޮތުގައި މިއަދު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް ބަދަހިކަމާއެކު ރުކުރުވާލެވިފައިވާ މަންޒަރެވެ. އަދި ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު ފެންނަ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ރާއްޖޭގައި ޑިމޮކްރަސީއަށް ގޮވާލުމުގައި ކުރީގެ ސަފުގައި ހުރި ޕާޓީއެކެވެ. މި ޕާޓީ ރަސްމީކޮށް ހިންގަން ފެށީ 2005 ވަނަ އަހަރުއެވެ. މި ޕާޓީގެ ވެރިކަމުގައި ރާއްޖޭގައި ވަނީ ވަރަށް ގިނަ އިސްލާހީ ކަންކަން ގެނެސްފައެވެ.

އެމްޑީޕީފައްޔާޒް އިސްމާއިލްރީނދޫ ލަޝްކަރުޑިމޮކްރަސީ

އިތުރަށް ކިޔާލަން

26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
26 ޖޫން 2026

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026
އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު
25 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!

25 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި

21 ޖޫން 2026
އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި
20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު