Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމީ ދާރުލްއާސާރު

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ގައުމީ ދާރުލް އާސާރަކީ ވާރޭ ވެހޭތަނެއް: ކުރީ ސަރުކާރުގައި އާސާރުތަކާ ހަވާލުވެ ހުންނެވި ނާޒިމް

5 ޖުލައި 2026 | އާދީއްތަ 13:19

ގައުމީ ދާރުލްއާސާރު މަރާމާތުކޮށްފައި ނުވާކަމަށް ވިދާޅުވެ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ދެއްކެވި ވާހަކަތައް، ކުރީގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ނާޒިމް ވަނީ ދޮގުކުރައްވާފައި. ނާޒިމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދާރުލްއާސާރުގެ ބޮޑު މަރާމާތެއް ކޮށްފައިވާނެ ކަމަށާއި، މިނިސްޓަރުގެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް. އަދި މިސަރުކާރުން، ޗައިނާ ސަރުކާރުގެ އެހީގައި ދާރުލްއާސާރުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ހީނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖުލައި 2026 | އާދީއްތަ 13:19
ގައުމީ ދާރުލް އާސާރު. މިތަނުގައި 1500 އަހަރަށްވުރެ ގިނަ ދުވަސްވީ ތަކެތި އެބަހުރި.

ގައުމީ ދާރުލް އާސާރު. މިތަނުގައި 1500 އަހަރަށްވުރެ ގިނަ ދުވަސްވީ ތަކެތި އެބަހުރި.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ގައުމީ ދާރުލް އާސާރަކީ ވާރޭ ވެހޭތަނެއް ކަމަށާއި، އެތަން މަރާމާތު ކުރި ކަމަށް އެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) ވިދާޅުވެއްޖެ އެވެ. 

ނާޒިމް މިހެން ވިދާޅުވީ މިދިޔަ ބުދަ ދުވަހު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މިނިސްޓަރު ހީނާ ވިދާޅުވީ މިހާތަނަށް ގައުމީ ދާރުލްއާސާރުގައި ބޮޑު މަރާމާތެއް ކުރެވިފައި ނުވާ ކަމަށާއި އޭގެ ސަބަބުން ދާރުލް އާސާރު މިހާރު ވަރަށް ބޮޑަށް މަރާމާތްކުރަން ޖެހިފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ގުޅުމުން، ނާޒިމް ވިދާޅުވީ ދާރުލް އާސާރު މަރާމަތު ނުކުރާކަން ފާހަގަކޮށް މިނިސްޓަރު ހީނާ ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ކުރީގެ ރައީސް ސޯލިހުގެ ވެރިކަމަށް ވަޑައިގެންނެވިއިރު، އެތަނަކީ ވާރޭ ވެހޭތަނެއް ކަމަށާއި، އެތަން ވަރަށް ގިނަ ދުވަހަށް ބަންދުކޮށް މާރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

އަޅުގަނޑުމެން ދިޔައިރުގައި ދާރުލްއާސާރަކީ ވާރޭވެހޭ ތަނެއް އެނގޭތޯ. ވާރޭ ވެހޭތަނެއް ފެން ބޮޑުވާތަނެއް. ރިކޯޑުތަކުން ފެންނާނެ މިހާރު ވެސް ދާރުލްއާސާރާ ހަވާލުވެގެން ހުރި މިނިސްޓްރީގެ ސިވިލް ސަރވިސްގެ މުވައްޒަފެއް އާދަމް ނަސީރު. އެހެންނަމަވެސް މިސަރުކާރުގައި އާދަމް ނަސީރަކީ ޑެޕިއުޓީ މިނިސްޓަރެއް. ދިއްދޫ އާދަމް ނަސީރު މިދަންނަވަނީ. ދިއްދޫ އާދަމް ނަސީރަކީ މިއުޒިއަމްގެ ތަކެއްޗާއި ހުރިހާ ކަމަކާ ސިވިލް ސަރވިސް ސައިޑުން ހަވާލުވެ އޭރު ހުންނަ ބޭފުޅާ. އެބޭފުޅާ އަށް އެނގިލައްވާނެ އަޅުގަނޑުމެން ކުރި މަސައްކަތް. މިއުޒިއަމްގެ ތެރޭގައި. އަދި އެމަސައްކަތް ކުރެއްވި ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަ ތިބި. 
ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ)

މިނިސްޓަރު ހީނާގެ ވާހަކަތައް ނާޒިމް ދޮގު ކުރެއްވިއިރު، ގައުމީ ދާރުލް އާސާރުގެ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، އިމާރާތް މަރާމާތް ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް މަޖިލީހުގައި މިނިސްޓަރު ހީނާ ވިދާޅުވެފައިވެ އެވެ. 

ރާއްޖޭގެ ގައުމީ ދާރުލް އާސާރުގައި 7،000 އާސާރު ހުރިއިރު، އޭގެތެރޭގައި 1500 އަހަރަށްވުރެ ގިނަ ދުވަސްވީ ތަކެތި އެބަހުއްޓެވެ. އަދި ދާރުލްއާސާރުގައި އެހައި ގިނަ އާސާރު ހުރި ނަމަވެސް އާސާރުތައް ދަރަޖަކުރާ މިންގަނޑުތަކާއި، މިންކޮށް ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ގޮންޖެހުންތައް އެބަހުރި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

ނަމަވެސް ދާރުލް އާސާރު މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ޤައުމީ ދާރުލްއާސާރުމުހައްމަދު ނާޒިމްހީނާ ވަލީދު

އިތުރަށް ކިޔާލަން

05 ޖުލައި 2026

އުސްގެކޮޅުގައި ސައިހޮޓަލެއް ހިންގުމަށް ހަވާލުކޮށްފައިވަނިކޮށް އެގެކޮޅު ހިމާޔަތް ކުރީ ރައީސް ސޯލިހުގެ ސަރުކާރުން!

05 ޖުލައި 2026
އުސްގެކޮޅުގައި ސައިހޮޓަލެއް ހިންގުމަށް ހަވާލުކޮށްފައިވަނިކޮށް އެގެކޮޅު ހިމާޔަތް ކުރީ ރައީސް ސޯލިހުގެ ސަރުކާރުން!
05 ޖުލައި 2026

މުންނާރު މަރާމާތުކޮށް ސާފު ނުކުރެވެނީ ކޮލިޓީ އުވަ ނުލިބޭތީ ކަމަށް ވިދާޅުވެ މިނިސްޓަރު ހީނާ އިތުރުފުޅު ހައްދަވައިފި

05 ޖުލައި 2026
މުންނާރު މަރާމާތުކޮށް ސާފު ނުކުރެވެނީ ކޮލިޓީ އުވަ ނުލިބޭތީ ކަމަށް ވިދާޅުވެ މިނިސްޓަރު ހީނާ އިތުރުފުޅު ހައްދަވައިފި
01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
09 ޖޫން 2026

ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!

09 ޖޫން 2026
 ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!
22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
03 މެއި 2026

އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!

03 މެއި 2026
އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!
03 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

03 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް