Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުސްގެކޮޅު

އުސްގެކޮޅުގައި ސައިހޮޓަލެއް ހިންގުމަށް ހަވާލުކޮށްފައިވަނިކޮށް އެގެކޮޅު ހިމާޔަތް ކުރީ ރައީސް ސޯލިހުގެ ސަރުކާރުން!

5 ޖުލައި 2026 | އާދީއްތަ 08:40

އުސްގެކޮޅުގައި ސައިހޮޓަލެއް ހިންގުމަށް ރައީސް ޔާމީންގެ ސަރުކާރުން އަމިއްލަ ކުންފުންޏަކަށް ދީފައިވާ އެއްބަސްވުން އުވާލައި، އެތަން އާސާރީ ބިނާއެއްގެ ގޮތުގައި ހިމާޔަތްކުރީ ރައީސް ސޯލިހުގެ ސަރުކާރުގައި. މި ތަރިކަ ހިމާޔަތްކުރުމަށް ކުރީ ސަރުކާރުން މަސައްކަތް ނުކުރާކަމަށް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވުމާ ގުޅިގެން، އެ މިނިސްޓްރީގެ ކުރީގެ އިސްވެރިޔަކު ވަނީ އުސްގެކޮޅު ސަލާމަތްކުރުމަށް ބަދަލުދީ އެއްބަސްވުން އުވާލިކަން ކަށަވަރުކޮށްދީފައި. އަދި މި ސަރުކާރުން އެތަން މިއުޒިއަމަކަށް ހަދަން ނިންމި ނަމަވެސް، އަމަލީ އެއްވެސް މަސައްކަތެއް އަދި ފެށިފައެއް ނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖުލައި 2026 | އާދީއްތަ 08:40
މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ގެ ރަސްކަމުގައި ބިނާކުރެއްވި "އުސްގެކޮޅު".

މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ގެ ރަސްކަމުގައި ބިނާކުރެއްވި "އުސްގެކޮޅު". | ރާއްޖެ އެމްވީ

އުސްގެކޮޅު ސަލާމަތް ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިކަން ހާމަވެއްޖެ އެވެ. 

ރާއްޖޭގެ ތަރިކަ ހިމާޔަތް ކުރުމަށް ކުރީ ސަރުކާރުން މާ ބޮޑު މަސައްކަތްތަކެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ގުޅުމުން ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) ވިދާޅުވީ ކުރީ ސަރުކާރުގައި އާސާރީ ސަގާފީ ތަރިކަ ހިމާޔަތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. 

އުސްގެކޮޅަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެގެކޮޅު ހިމާޔަތް ކުރީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، އުސްގެކޮޅުގައި ސައިހޮޓަލެއް ތަރައްގީ ކުރުމަށް ބަޔަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، ބަދަލު ދިނުމަށްފަހު އެތަން ސަރުކާރަށް ނެގީ އާސާރީ ބިނާއެއް ގެއްލެން ބޭނުން ނުވާތީ ކަމަށެވެ. 

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އުސްގެކޮޅު ހުންނަނީ ބްލޫ ބޭ ކިޔާ ކުންފުންޏަކާ ސައިހޮޓަލެއް ހިންގަން ކުއްޔަށް ދީފައި. ސައި ހޮޓަލެއް ހަދަން. ކުއްޔަށް ދީފައި. ދެން އަޅުގަނޑުމެން ދިޔަ ގޮތަށް އެކަން ހުއްޓުވީ. ހުސްގެކޮޅުގައި އެކަން ކުރިއަށް ނުދޭން. ދެން އަޅުގަނޑުމެން އޭރުގައި ސަރުކާރަށް ދަންނަވާގެން އެ ބަދަލުދީ އެތަން މިނިވަންކޮށްފައި ހުންނާނީ. ރައީސް ޔާމީން ސައި ހޮޓަލަކަށް ކުއްޔަށް ދީފައި ހުރިތަނެއް އެއީ އަޅުގަނޑުމެން އެތަން ސަލާމަތް ކުރީ. 
ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) 

ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާގެ ނަމުަގައި އެތަނުގައި ޕްލާޒާއެއް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރު އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމިއްޔާއާ ހަވާލުކުރި އެވެ. އޭރު ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އާކްއާ ހަވާލުކުރި އެ މަސައްކަތް ކާމިޔާބުނުވެ، ޔާމީނުގެ ސަރުކާރު ނިމުނު އިރު އުސްގެކޮޅު ހަވާލުކޮށްފައި އޮތީ ރެސްޓޯރެންޓް ހިންގާ ކުންފުންޏަކާ އެވެ. އުސްގެކޮޅު އެ ކުންފުންޏަށް ކުއްޔަށް ދީފައިވަނީ ޑިޖިޓަލް ލައިބްރަރީއަކާ އެކު ކެފޭއެއް ހިންގުމަށެވެ. އެ ކުންފުންޏަށް އެތަން ދީފައިވަނީ އާޓިފިޝަލް ބީޗްގައި ބްލޫބޭ ރެސްޓޯރެންޓް ހިންގި ބިން ހުސްކުރަން އަންގައި އޭގެ ބަދަލުގަ އެވެ.

ނަމަވެސް އުސްގެކޮޅަކީ ރާއްޖޭގައި ކުރިން އޮތް ވިރާސީ ރަސްކަމުގެ ފަހުކޮޅުގައި ޝާހީ އާއިލާ ދިރިއުޅުއްވި "ބޮޑުގަނޑުވަރު" ގެ ބައެކެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ބޮޑުގަނޑުވަރު ރޫޅާލިއިރު ސަލާމަތުން ދޫކޮށްފައި ހުރި ހަމަ އެކަނި ބަޔަކީ އުސްގެކޮޅެވެ.

އެހެންކަމުން މިގެކޮޅު ހިމާޔަތް ކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަންނަވައި އެ އެއްބަސްވުން އުވާލެއްވި އެވެ. އަދި މިސަރުކާރުން 2024 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ހަދަން ނިންމާފައިވާކަން އިއުލާން ކުރި އެވެ. ނަމަވެސް މިހާތަނަށް މިމަޝްރޫއާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. 

ހީނާ ވަލީދު މުހައްމަދު ނާޒިމްބޮޑުގަނޑުވަރުއުސްގެކޮޅު

އިތުރަށް ކިޔާލަން

05 ޖުލައި 2026

މުންނާރު މަރާމާތުކޮށް ސާފު ނުކުރެވެނީ ކޮލިޓީ އުވަ ނުލިބޭތީ ކަމަށް ވިދާޅުވެ މިނިސްޓަރު ހީނާ އިތުރުފުޅު ހައްދަވައިފި

05 ޖުލައި 2026
މުންނާރު މަރާމާތުކޮށް ސާފު ނުކުރެވެނީ ކޮލިޓީ އުވަ ނުލިބޭތީ ކަމަށް ވިދާޅުވެ މިނިސްޓަރު ހީނާ އިތުރުފުޅު ހައްދަވައިފި
01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
09 ޖޫން 2026

ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!

09 ޖޫން 2026
 ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!
22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
03 މެއި 2026

އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!

03 މެއި 2026
އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!
03 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

03 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
23 އެޕްރީލު 2026

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026
މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް