Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު މިސްކިތު

މުންނާރު މަރާމާތުކޮށް ސާފު ނުކުރެވެނީ ކޮލިޓީ އުވަ ނުލިބޭތީ ކަމަށް ވިދާޅުވެ މިނިސްޓަރު ހީނާ އިތުރުފުޅު ހައްދަވައިފި

5 ޖުލައި 2026 | އާދީއްތަ 07:27

މާލޭ ހުކުރު މިސްކިތުގެ މުންނާރު މަރާމާތުކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު އުވަ ނުލިބޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވި ނަމަވެސް، އެކަޑަމީގެ ގުދަނުގައި ގިނަ އަދަދަކަށް އުވަ ހުންނާނެ ކަމަށް ކުރީގެ ސަރުކާރުގެ އާސާރުތަކާ ބެހޭ އިސްވެރިޔާ ނާޒިމް ވަނީ ވިދާޅުވެފައި. މުންނާރުގައި ފެހިޖަހައި ހަޑިވަމުންދާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މުންނާރު ބެލެހެއްޓުމަށް ބޭނުންވާ އުވަ ރާއްޖޭގެ އުތުރުގެ ރަށްތަކުން ފަސޭހައިން ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި. އެހެންކަމުން މުންނާރު ސާފުނުކުރެވި ވަނީ އުވަ ނުލިބިގެން ނޫން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖުލައި 2026 | އާދީއްތަ 07:27
މާލޭގެ ހުކުރު މިސްކިތުގެ މުންނާރު

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު | ރާއްޖެއެމްވީ

މާލޭގައި ހުންނަ ހުކުރު މިސްކިތު މުންނާރު މަރާމާތުކޮށް ސާފު ނުކުރެވެނީ ރަނގަޅު ކޮލެޓީ އުވަ ނުލިބިގެން ކަމަށް  މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވި ނަމަވެސް އެއީ ދޮގެއްކަން ހާމަވެއްޖެ އެވެ. 

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ހުކުރު މިސްކިތުގެ މުންނާރުގައި އުވާލުމާއި ފަރުވާ ދިނުން އޮންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ކަމަށާއި މިކަމުގައި މޫސުމީ ގޮންޖެހުންތައްވެސް ކުރިމަތިވާ ކަމަށެވެ. އަދި ވިދާޅުވީ މުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯޯދުން ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިނިސްޓްރީގައި މަސައްކަތް ކުރެއްވި، ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) އަށް ގުޅުމުން ވިދާޅުވީ މުންނާރު މަރާމާތު ކުރުމަށް އުވަ ލިބޭނެ ކަމަށާއި، އެއީ ހައްދަވާ އިތުރުފުޅެއް ކަމަށެވެ. އަދި މިހާރު ވެސް އެކަޑަމީ ގުދަނުގައި 2،000 ބަސްތާ އުވަ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވީ ސަރުކާރު ބަދަލުވެގެން ދިޔައިރު ވެސް 4 ޓައްޕު އުވަ ހުންނާނެ ކަމަށެވެ. 

އިތުރު ފުޅެއް އެ ހެއްދެވީ. އެބޭފުޅުން ކޮންމެ ބޭފުޅަކު ވެސް ހެރިޓޭޖް މިނިސްޓްރީއަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް މަޖިލީހުގައި އިތުރުފުޅު ހައްދަވަނީ. އެކަން އެބަ ފާހަގަކުރެވޭ. މިހާރު މި މިިނިސްޓަރު ވެސް އިތުރުފުޅެއް އެ ހެއްދެވީ. އަޅުގަނޑުމެންގެ ދައުރުގައި ތިން ބުރަށް އަޅުގަނޑުމެން މުންނާރުގައި އުވަލިން. އެއީ ރާއްޖޭގެ އުވަ. އުތުރުގެ ރަށްތަކުން އުވަ ލިބޭނެ. އުވަކަން ސާބިތު ކޮށްދެވޭނެ އެކަން ކުރީ ސްޓެލްކޯއިން. ސްޓެލްކޯއިން އެ މަސައްކަތް ކުރީ. ސްޓެލްކޯގެ މުވައްޒަފުންނަށް އެކަން އެނގޭނެ. 
މުހައްމަދު ނާޒިމް

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަ ފިލުވައި ސާފުކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް މިސަރުކާރުން ނުކުރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ހުކުރު މިސްކިތު މުންނާރު އަވަސް އަވަހަށް ސާފުކުރަންޖެހެނީ މުންނާރަކީ ހިރިގަލާއި އުވައިން ހަދާފައިވާ ބިނާއެއްކަމުގައިވާއިރު، އުވައަކީ ހިކުމަށް ގިނަ ވަގުތު ބޭނުންވާ އެއްޗެއްކަމުގައިވެފައި، ރާއްޖެއަށް ކުރާ ވިއްސާރައިގެ ސަބަބުން މި ފުރުސަތު ނުލިބުމުގެ ސަބަބުން މުންނާރުގައި ފެހިޖަހާގޮތް މެދުވެރިވާތީ އެވެ. މިކަން ހައްލުކުރުމަށް މުންނާރު ދޮވެ ސާފުކުރުމުގެ ހަރަކާތް މެދުކެނޑުމެއް ނެތި ކުރަން ޖެހެ އެވެ.

ނަމަވެސް މިމަސައްކަތް ނުކުރާތީ ވަރަށް ބޮޑަށް ފެހިޖަހައި ދެ ބިނާ ވެސް ވަރަށް ބޮޑަށް ހަޑިވެފައި ހުންނަކަން ފާހަގަކުރެވެ އެވެ. 

ހުކުރު މިސްކިތްހީނާ ވަލީދު މުހައްމަދު ނާޒިމް

އިތުރަށް ކިޔާލަން

01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
09 ޖޫން 2026

ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!

09 ޖޫން 2026
 ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!
22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
03 މެއި 2026

އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!

03 މެއި 2026
އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!
03 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

03 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
23 އެޕްރީލު 2026

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026
މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް
22 އެޕްރީލު 2026

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

22 އެޕްރީލު 2026
ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް