Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިރިމަރަދޫ-ހަނިމާދޫ

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިކަން ސާފެއް ނުވޭ: ހަނިމާދޫ ކައުންސިލް

5 ޖުލައި 2026 | އާދީއްތަ 07:31

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުކުރުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށްގެންދަނީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ހަނިމާދޫގައި ފަށާފައިވާ އަސާސީ ޚިދުމަތްތަކުގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ހިރިމަރަދޫ ރައްޔިތުންނަށް ދޭން ބުނާ ގެތަކުގެ އެއްވެސް ތަފްސީލެއް ސާފުނުވާތީ ކައުންސިލުން ވަނީ ސަރުކާރަށް ފާޑުކިޔާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2026 | އާދީއްތަ 07:31
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް

ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް | ރާއްޖެ އެމްވީ

ހދ. ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިކަން ސާފުނުވާ ކަމަށާއި، އެ މަޝްރޫއު ކުރިއަށްދަނީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޅާ ގެތަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވީ ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތްތައް ފެންނަނީ ވަރަށް ބޮޑަށް އޮޅުންބޮޅުން ބޮޑުކޮށް ކަމަށެވެ.

އަލީ އިބްރާހިމް ވިދާޅުވީ ހަނިމާދޫގައި 500 ހައުސިންގ ޔުނިޓު އެޅުމަށާއި، އަލަށް ދޫކުރި 200 ގެވަޅު ހިމެނޭ ސަރަޙައްދަށް ފެނާއި ނަރުދަމާ ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ކުރިން ފަށާފައި ހުރި މުހިއްމު މަޝްރޫއުތައް ވެސް ހުއްޓިފައި ހުރި މަންޒަރު ކަމަށާއި، ކައުންސިލްގެ އެންމެ ބޮޑު ޝަކުވާއަކީވެސް އެއީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކައުންސިލުން އަބަދުވެސް ބާރުއަޅަމުންދަނީ އަލަށް މަޝްރޫއުތައް ފެށުމުގެ ކުރިން، ފަށާފައި ހުރި މަސައްކަތްތައް ނިންމުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ޚާއްސަކުރި ބިން އަނބުރާ ސަރުކާރަށް ނަގަނީ ކައުންސިލުން އެއްބާރުލުން ނުދޭތީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން އަލީ އިބްރާހިމް ވިދާޅުވީ، ކައުންސިލުން އެއްބާރުލުން ނުދޭން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމުގެ މަޝްރޫއަށް ޚާއްސަކުރި ސަރަޙައްދު

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމުގެ މަޝްރޫއަށް ޚާއްސަކުރި ސަރަޙައްދު | ރާއްޖެ އެމްވީ

ނަމަވެސް އެ ސަރަޙައްދަކީ ކައުންސިލްގެ އިހުތިސާސްގައި އޮތް ތަނަކަށްވާތީ، އެތަނުގައި ހުރި ރުށްގަހުގެ ބަދަލު ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން އެ ބިން އަނބުރާ ނެގީ ހިރިމަރަދޫ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް، އެތަނުގައި މަސައްކަތްތަކެއް ހިނގާކަން ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން، އެ ސަރަޙައްދުގައި ސާރވޭ ހަދަން ކައުންސިލުން އެތައް ފަހަރަކު އެދުމުން އެންމެ ފަހުން ޕްލޭނަކާއި ޑިޒައިނެއް ހިއްސާކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް، ހިރިމަރަދޫ ރައްޔިތުންނަށް އެތަނުގެ ބޭނުން ހިފޭނީ އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ޤާއިމުކުރެވިގެން ކަމަށާއި، އެކަމަށްޓަކައި މިހާރު ހުއްޓިފައި ހުރި މަޝްރޫއުތައް ނިންމުން ކޮންމެހެން މުހިއްމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހިރިމަރަދޫ ރައްޔިތުންނާ ހަވާލާދީ އަލީ އިބްރާހިމް ވިދާޅުވީ، ރަށެއް ފަޅުކޮށްލާފައި އެހެން ރަށަކަށް ބަދަލުވާއިރު ސަރުކާރުން ގެންގުޅޭ ޕްލޭނެއް އެ ރައްޔިތުންނަށްވެސް ސާފުނުވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ސަރުކާރުން ބުނާ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެތަކެއް ކަމެއް ނުވަތަ އެތަންތަނުގެ ރަޖިސްޓްރީއެއް އޮތްކަމެއްވެސް އެ ރައްޔިތުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 އެންމެ ބޮޑު އެއް މައްސަލައަކީ ހިރިމަރަދޫ ރައްޔިތުންނަކަށް ނޭނގޭ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެއެއްކަމެއް، އެތަނުގެ ރަޖިސްޓްރީ އޮތްކަމެއް ނެތްކަމެއް، އަޅުގަނޑު ހުންނާނެ ހިރިމަރަދޫއަށް ގޮސް ލިސްޓުވެސް ހޯދާފައި،
 ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް 

ހަނިމާދޫ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ހިރިމަރަދޫ ރައްޔިތުންގެ ހައްގުގައި ކަމަށާއި، އެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ލިބޭތޯ ކަށަވަރު ކުރާނެ ކަމަށްވެސް އަލީ އިބްރާހިމް ވިދާޅުވި އެވެ.

ހިރިމަރަދޫއަލީ އިބްރާހިމްހަނިމާދޫ ކައުންސިލްހަނިމާދޫ

އިތުރަށް ކިޔާލަން

28 ޖޫން 2026

ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް

28 ޖޫން 2026
ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް
27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
27 ޖޫން 2026

ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށްފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ: ކައުންސިލްގެ ރައީސް

27 ޖޫން 2026
ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށްފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ: ކައުންސިލްގެ ރައީސް
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
26 ޖޫން 2026

ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް

26 ޖޫން 2026
ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް
25 ޖޫން 2026

ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް

25 ޖޫން 2026
ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް
23 ޖޫން 2026

ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

23 ޖޫން 2026
ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
23 މެއި 2026

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި

11 އެޕްރީލު 2026

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

11 އެޕްރީލު 2026
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި
25 މާރިޗު 2026

ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" : މިނިސްޓަރު އާދަމް ޝަރީފް

25 މާރިޗު 2026
ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" : މިނިސްޓަރު އާދަމް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް