Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނިމާދޫ

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި

23 މެއި 2026 | ހޮނިހިރު 13:10

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ގެތައް އަޅާ ސަރަހައްދު ސާފުކުރުމުގެ ތެރެއިން، ކައުންސިލްގެ ހުއްދައެއް ނެތި އެޗްޑީސީން ދަނޑުވެރިންގެ އެތައް ހާސް ރުއްގަހަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެން އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. އެއްވެސް އެންގުމަކާ ނުލައި ހިންގި މި އަމަލުގެ ސަބަބުން ދަނޑުވެރިންގެ އަމިއްލަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ކައުންސިލުން މިހާރު ވަނީ އެ ސަރަހައްދުގެ ހުރިހާ މަސައްކަތެއް ހުއްޓުވައި، ފުރިހަމަ ސާވޭއެއް ހެދުމަށް އަންގާފަ. ކައުންސިލުން ބުނީ ކޮންމެ ބަޔަކު މަސައްކަތް ކުރި ނަމަވެސް، އެކަން ކުރަންޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ރައްޔިތުންގެ މުދަލަށް އިހުތިރާމްކޮށްގެން ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 23 މެއި 2026 | ހޮނިހިރު 13:10
އެއްވެސް ހުއްދައެއް ނުނަގާ އަންގަން ޖެހޭ އެއްވެސް އެންގުމެއް ނާންގާ އެޗްޑީސީ އިން ހަނިމާދޫ ރައްޔިތުންގެ އެތައް ހާސް ރުއްގަހެއް މުލުން ލުހެލާފަ

އެއްވެސް ހުއްދައެއް ނުނަގާ އަންގަން ޖެހޭ އެއްވެސް އެންގުމެއް ނާންގާ އެޗްޑީސީ އިން ހަނިމާދޫ ރައްޔިތުންގެ އެތައް ހާސް ރުއްގަހެއް މުލުން ލުހެލާފަ | ރާއްޖެ އެމްވީ

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށްޓަކައި ގެތައް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔައިރު، އެއްވެސް ހުއްދައެއް ނުނަގާ އަދި ދުރާލާ އެންގުމަކާ ނުލާ ހަނިމާދޫ ދަނޑުވެރިންގެ އެތައް ހާސް ރުއްގަހަކަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ހުރި ދަނޑުވެރިންގެ މުދަލަށް އަރައިގަނެ، އެއްވެސް ބަދަލެއް ދިނުމަކާ ނުލާ ގިނަ އަދަދެއްގެ ކެޔޮގަސްތަކާއި ރުއްތައް ވަނީ ބިންމާ ހަމަކޮށްލާފަ އެވެ.

Advertisement - newsAdvertisement
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަނީ

ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަނީ

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވީ، އެޗްޑީސީން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްގެ އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ދަނޑުވެރިންގެ އަމިއްލަ މުދަލަށް ގެއްލުންދީފައިވަނީ އެއްވެސް ބެލުމެއް ނެތި ސައުތު އިންޑިއަން ފިލްމު ތަކުގައި ނިކަމެތި ރައްޔިތުންގެ މުދަލަށް ގެއްލުންދޭ އުސޫލުން ކަމަށް އޭނާ ސިފަކުރެއްވި އެވެ. ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، އެޗްޑީސީގެ ސާވޭ ޓީމުން  ކައުންސިލާ ބައްދަލުކޮށް، ސާވޭއެއް ނުކޮށް އެންމެ ރުކެއް ވެސް ނުނަގާނެ ކަމުގެ ޔަގީންކަން ދީފައި ވަނިކޮށް، ފެނިގެންދިޔައީ ހައިމާކު ބޭނުންކޮށްގެން ދަނޑުތައް އެއްކޮށް ސުންނާފަތިކޮށްލާފައިވާ މަންޒަރު ކަމަށެވެ.

މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ދަނޑުވެރިއަކު މައުލޫމާތު ދިން ގޮތުގައި، އެއްވެސް އެންގުމަކާ ނުލާ ހައިމާކު ބޭނުންކޮށްގެންް އޭނާގެ ދަނޑުގައި ހުރި 1،200 އެއްހާ ކެޔޮގަސް ވަނީ މުލުން ލުހެލާފަ އެވެ. މުޅި ޖުމްލަ އެ ސަރަހައްދުން އެކި މީހުންގެ 8،000 އަށްވުރެ ގިނަ ކެޔޮގަސް ހަލާކުކޮށްލާފައިވާ ކަމަށް ލަފާކުރެވެ އެވެ. މި ގަސްތަކުގައި ހުރި ކެޔޮގަނޑުތައް ކަނޑާލުމުގެ ފުރުސަތެއް ވެސް ދަނޑުވެރިންނަށް ދީފައެއް ނުވެ އެވެ.

އެޗްޑީސީގެ ސާވޭ ޓީމުން ބުނެފައިވަނީ އެ ސަރަހައްދުގައި ފެންސު ޖަހައި ރުއްގަސް ނަގަމުންދާކަން އެ ފަރާތަށް އެނގިފައި ނުވާ ކަމަށެވެ. މި މަސައްކަތަކީ ހީރޯ ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެޗްޑީސީން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް މައުލޫމާތި ވަނީ ލިބިފަ އެވެ. ކައުންސިލުން މިހާރު ވަނީ މިހާރު އެ ސަރަހައްދުގެ ހުރިހާ މަސައްކަތެއް ހުއްޓުވާފައެވެ.

ހަނިމާދޫ ކައުންސިލުން ނިންމާފައިވަނީ، ދެން އެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ ފުރިހަމަ ސާވޭއެއް ހަދައި، އެތަނުގައި ހުރި ރުއްގަހާއި އެހެނިހެން ތަކެތީގެ ތަފްސީލު ދެނެގަތުމަށްފަހު ކަމަށެވެ. އަދި މިކަމުގައި ހަނިމާދޫ ރައްޔިތުންގެ ނިންމުމެއް އޮންނަން ޖެހޭނެ ކަމަށާއި، ކައުންސިލްގެ ހުއްދައާ ނުލާ އެއްވެސް ރުކެއް ނުވަތަ ގަހެއް ރަށުން ބޭރު ނުކުރެވޭނެ ކަމަށް ވެސް ކައުންސިލުން ވަނީ އަންގާފަ އެވެ. ކައުންސިލުން ބުނީ ކޮންމެ ބަޔަކު މަސައްކަތް ކުރި ނަމަވެސް، އެކަން ކުރަންޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން، ރައްޔިތުންގެ މުދަލަށް އިހުތިރާމްކޮށްގެން ކަމަށެވެ.

ހިރިމަރަދޫއެޗްޑީސީއަލީ އިބްރާހިމްހަނިމާދޫ-ހިރިމަރަދޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުތާ 4 ގަޑި އިރު ފަހުން ކަރަންޓުގެ ޚިދުމަތް އިއާދަކޮށްފި

25 އެޕްރީލު 2026
ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުތާ 4 ގަޑި އިރު ފަހުން ކަރަންޓުގެ ޚިދުމަތް އިއާދަކޮށްފި
25 އެޕްރީލު 2026

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން

25 އެޕްރީލު 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން
12 އެޕްރީލު 2026

ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟

12 އެޕްރީލު 2026
ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟
11 އެޕްރީލު 2026

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

11 އެޕްރީލު 2026
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި
07 އެޕްރީލު 2026

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟
02 އެޕްރީލު 2026

ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

02 އެޕްރީލު 2026
ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!
28 މާރިޗު 2026

ވީޑިއޯ އެއް އާއްމުވެ ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީއަށް އަމާޒުވުމުން، ވިނަރެސް ފްލެޓުގައި ހިންގި ލޯންޑްރީ ފެކްޓްރީ މަސައްކަތް ހުއްޓާލާ، މެޝިންތައް ނެގުމަށް 7 ދުވަހުގެ މުއްދަތެއް ދީފި

27 މާރިޗު 2026

ވިނަރެސް ކުރިމަތީގައި އޮންނަ ހުސް ބިން ޓިނު ޖަހާ ބަންދު ކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް، އެޗްޑީސީގެ ބަހެއް ނެތް!

27 މާރިޗު 2026
ވިނަރެސް ކުރިމަތީގައި އޮންނަ ހުސް ބިން ޓިނު ޖަހާ ބަންދު ކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް، އެޗްޑީސީގެ ބަހެއް ނެތް!
25 މާރިޗު 2026

އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި

25 މާރިޗު 2026
އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި
25 މާރިޗު 2026

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި

25 މާރިޗު 2026
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް