Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026 | ބުރާސްފަތި 08:43

ނާޒިމް ވިދާޅުވީ މިސަރުކާރުން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނު އަސާސީއަށް ގެންނަ ހުރިހާ ބަދަލުތަކަކީ މުތުލަގަށް ހުދުމުހުތާރުކަންމަތީގައި ރައީސް މުއިއްޒު ވެރިކަން ހިންގުމަށްޓަކައި ގެންނަ ބަދަލުތަކެއް ކަމަށް. އެގޮތުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއި، ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލު އޭނާ ފާހަގަކުރެއްވި.  ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އޮބި އަޅައިގެން ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ވެރިކަން ބައްޓަން ކުރަން މަސައްކަތް ކުރި ނަމަވެސް ރައްޔިތުން އެފުރުސަތު ނުދޭނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 23 އެޕްރީލު 2026 | ބުރާސްފަތި 08:43
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންކުރާ ޓޫލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ މިސަރުކާރުން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނު އަސާސީއަށް ގެންނަ ހުރިހާ ބަދަލުތަކަކީ މުތުލަގަށް ހުދުމުހުތާރުކަންމަތީގައި ރައީސް މުއިއްޒު ވެރިކަން ހިންގުމަށްޓަކައި ގެންނަ ބަދަލުތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއި، ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލު އޭނާ ފާހަގަކުރެއްވި އެވެ.  

މަޖިލިސް ކޮންޓްރޯލް ކުރުމަށްޓަކައި މެންބަރުންނަށް ރިޝްވަތު ދިންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެކަން ކުރަމުން ދިޔައީ ވަރަށް ފާޅުގައި ކަމަށާއި، ރިޝްވަތުގެ ފައިސާއާ އެކު މަޖިލިސް އެކުއެކީގައި އޮބިއަޅުވާލާފައިވާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ހުރިހާ ގެއްލުމެއް ލިބެމުން ދަނީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް ކަމަށެވެ.

އެ މިގާނޫނު އަސާސީގައިވާ ގޮތުން މިރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑެތި ބާރުތަކެއް ލިބިފައިވާ މަޖިލީހެއް. މި ގާނޫނު އަސާސީ ފަރުމާ ކުރީވެސް މިކަހަލަ ވިޔާނުދާ މީހަކު ވެރިކަމަށް އައިސްގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެއްކޮށް ބަނދެލެވޭނެ ގޮތަށް ވިސްނުމުގައި ނޫން ރައްޔިތުންގެ މަޖިލިސް އެކުލެވިފައި އޮތީ. އެހެންވީމަ ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ވެސް ޖަވާބުދާރީ ކުރުވަން އޮންނަ ގާނޫނީ މުއައްސަސާއެއް. އެހެންވީމަ އެ މުއައްސަސާ ބަދެލީމަ ދެން ދައުލަތް ހިނގާނީ އިދިކީލަ ކޮށް، އެކޮޅުކޮޅުން ހިނގާނީ. އެމަންޒަރު މިފެންނަނީ. މިއީ ވަރަށް ދެރަކަމެއް ވަރަށް ހިތާމަވެރިކަމެއް.
ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އޮބި އަޅައިގެން ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ވެރިކަން ބައްޓަން ކުރަން މަސައްކަތް ކުރި ނަމަވެސް  ރައްޔިތުން އެފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެކަން މިފަހުން ނެނގި  ރިފެރެންޑަމް ވޯޓާއެކު ވެސް ވަރަށް ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބުނު ކަމަށެވެ. 

ނަމަވެސް ވިޔާނުދާ ބަދަލެއް ގާނޫނު އަސާސީއަށް ނުގެންނަ ކަމަށާއި، ގާނޫނު އަސާސީން ރައްޔިތުންނަށް ދިނީ އިތުރު ބާރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ލާމާރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ނާޒިމް ފާހަގަކުރެއްވި އެވެ. 

ރައްޔިތުންގެ މަޖިލިސްމުހައްމަދު ނާޒިމްޤާނޫނުއަސާސީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އެޕްރީލު 2026

މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު

22 އެޕްރީލު 2026
މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު
21 އެޕްރީލު 2026

ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން

21 އެޕްރީލު 2026
ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން
21 އެޕްރީލު 2026

މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ވެސް ނާޒިމް ވަކި ކޮށްފި

21 އެޕްރީލު 2026
މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ވެސް ނާޒިމް ވަކި ކޮށްފި
21 އެޕްރީލު 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި

21 އެޕްރީލު 2026
 އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި
21 އެޕްރީލު 2026

މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަރުމާ ކޮށްފައިވަނީ ހުރިހާ ގޮތަކުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް: ނާޒިލް

21 އެޕްރީލު 2026
މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަރުމާ ކޮށްފައިވަނީ ހުރިހާ ގޮތަކުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް: ނާޒިލް
20 އެޕްރީލު 2026

އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް މުޒާހަރާކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި

20 އެޕްރީލު 2026
އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް މުޒާހަރާކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި
20 އެޕްރީލު 2026

މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު

20 އެޕްރީލު 2026
މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު
20 އެޕްރީލު 2026

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި
20 އެޕްރީލު 2026

ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން އެކަން ދޮގުކޮށްފި

20 އެޕްރީލު 2026
ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން އެކަން ދޮގުކޮށްފި
20 އެޕްރީލު 2026

ޚިޔާނާތުގައި 13 މިލިއަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ '' މާލެ ޓެކްސީ އެޕް" ހެދުމާ ގުޅޭ މައުލޫމާތު ލިބުނީ ނުރަސްމީ ކޮށް: ރައީސް މުއިއްޒު

20 އެޕްރީލު 2026
ޚިޔާނާތުގައި 13 މިލިއަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ '' މާލެ ޓެކްސީ އެޕް" ހެދުމާ ގުޅޭ މައުލޫމާތު ލިބުނީ ނުރަސްމީ ކޮށް: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް