Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީލައިފް މައްސަލަ

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

ސީލައިފްގެ ޚިޔާނާތުގެ މައްސަލާގައި އައްމަޓީގެ މައްޗަށް ކުރި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ ޤާނޫނުގައި ނެތް ރުކުންތަކެއް ޝަރީއަތުން އަމިއްލައަށް އުފަންކުރުވައިގެން ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފި. ދަށު ކޯޓުން މިއީ މަދަނީ މައްސަލައެއްގެ ގޮތުގައި ނިންމާފައި ވަނީ ހެކިތަކަށް އެކަށީގެންވާ ވަރަށް ރިއާޔަތްކުރުމެއް ނެތި ކަމަށް ފާހަގަކޮށް، އެ ނިންމުން ބާތިލުކޮށްދިނުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. މި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ހައިކޯޓުން މިހާރު ވަނީ ނެރެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޖޫން 2026 | އާދީއްތަ 11:19
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން | ރާއްޖެއެމްވީ

ސީލައިފްގެ ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު އެ ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާދިއްތަ ދުވަހު ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ދައުލަތުގެ މައިގަނޑު އިސްތިއުނާފީ ނުކުތާއަކީ ދަށު ކޯޓުގެ ނިންމުމުގައި ފަނޑިޔާރު، ރުކުން މާނަކޮށްފައިވަނީ ޤާނޫނުގެ މަޤްސަދާއި، ޤާނޫނު މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށް ފާހަގަކޮށް ބަޔާންކޮށްފައިވާ ނުކުތާއެކެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ނިންމުމަކީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދައުލަތުން ދެކޭކަމަށް ވަކީލު ވިދާޅުވިއެވެ.

 އެ މާއްދާގައި އޮންނަނީ މާނަ ކުރުމުގައި މަޖިލީހުން ގެންގުޅެފައިވާ ވިސްނުމަށް ބެލުމާ ގުޅޭ ނުކުތާއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ހިޔާނަތްތެރި ވުމުގެ ކުށާ ގުޅޭ މާއްދާ އޮތީ ވަރަށް ސާފުކޮށް ކަމަށާއި، އެހާ ސާފުކޮށް މާނަކުރުމެއް އޮއްވައި މަޖިލީހުން ކޮށްފައިވާ "ކޮމެންޓަރީއަށް" ބަލައި މިސާލު ނެގުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި އެ މާއްދާގައި ނުވެސް ނެތް އިތުރު ކަންކަމެއް އިތުރުކޮށްގެން ފަނޑިޔާރު އެ ކުށް މާނަކޮށްފައި ވާކަންވެސް ދައުލަތުން ފާހަގަކުރިއެވެ.

މިސާލަކަށް މި ކުށް މާނަ ކުރުމުގައި އަމާނަތްތެރިވުމުގެ ވާޖިބެއް އޮންނަން ޖެހޭނެކަމަށް ފަނޑިޔާރު ނިންމެވި ނިންމެވުމަށް ދައުލަތުން ވަނީ އަލިއަޅުވާލައްވާފައެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ރުކުންތަކުގެ ތެރެއަށް ޝަރީއަތުން އަމިއްލައަށް އުފަންކުރުވި ރުކުނެކެވެ.

ދަށު ކޯޓުގެ ފަނޑިޔާރު މި މައްސަލައިގެ ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށް ވުމެވެ. އަދި އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިއިގަންނަވާ ކަމަށް ބުނެފައިވެ އެވެ.

އެހެންނަމަވެސް، މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް ޕީޖީ އޮފީހުން ގަބޫލުކުރެ އެވެ.

މީގެ އިތުރުން، މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން  ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައި ވާނީ މި މައްސަލައިގެ ހެއްކާއި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައި ވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައި ވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. 

މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ. 

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ, އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ, އަދި އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ.

އަހުމަދު މޫސާ މުހައްމަދުސީލައިފްހައި ކޯޓުޕީޖީ އޮފީސްކްރިމިނަލް ކޯޓްޤާނޫނުލްޢުޤޫބާތު

އިތުރަށް ކިޔާލަން

26 ޖޫން 2026

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި

26 ޖޫން 2026
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި
25 ޖޫން 2026

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި

25 ޖޫން 2026
ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!

22 ޖޫން 2026
މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!
18 ޖޫން 2026

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި

18 ޖޫން 2026
އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި
18 ޖޫން 2026

ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

18 ޖޫން 2026
 ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
18 ޖޫން 2026

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި

18 ޖޫން 2026
އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި
17 ޖޫން 2026

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

17 ޖޫން 2026
ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު
17 ޖޫން 2026

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

17 ޖޫން 2026
ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި
17 ޖޫން 2026

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

17 ޖޫން 2026
ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު