Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައުޝާދުގެ މަރު

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

މާފަންނު "ކްލާސް" ފިހާރަ ތެރޭގައި މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލަ ސާބިތުނުވި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ރައްދުވާ ފަރާތްތަކަށް ވަކީލަކު އައްޔަނުކުރުމަށް 10 ދުވަހުގެ ފުރުސަތެއް ކޯޓުން ދީފި. މި މައްސަލައިގައި ދައުވާލިބޭ އިބްރާހީމް ފައިޙް ނިޡާމާއި ސިރުޙާން ޢަލީ މައްސަލަ ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަވާނީ ވަކީލުން އައްޔަނުކުރުމަށްފަހު ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމަވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖޫން 2026 | އަންގާރަ 08:23
ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީ.

ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީ. | ރާއްޖެ އެމްވީ

ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލަ ސާބިތުނުވުމުން ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ކޯޓުން ދީފި އެވެ.

މި މައްސަލައިގެ ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައި ވަނީ 2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު އެވެ. އެގޮތުން ނައުޝާދަށް ޙަމަލާ ދީފައިވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރޭގައި ހުއްޓައެވެ. ފިހާރަތެރޭގައި ހުއްޓާ އޭނާ ގެ ބޮލަށާއި، ކަރާއި، މޭމައްޗާއި ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލި ދައުވާއެކެވެ.

މި މައްސަލައިގައި ޙުކުމް ކުރައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިޙްސާން ނިންމެވީ މި މައްސަލައިގައި އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޤިސާސްގެ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުކަމުގައިވާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށްވެސް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންވެ ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. އަދި އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލަ ނިމެންދެން އެ ދެމީހުން ބަންދުކޮށްދިނުމަށް އެދިފައެވެ. އެގޮތަށް އެދޭ ސަބަބުތައްވެސް ދައުލަތުން ހައިކޯޓުގައި ތަފްސީލުކޮށްދީފައިވެ އެވެ.

އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަނީ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން އެމީހުންނަށް ވަކީލަކާއެކު ވާހަކަ ދެއްކުމުގެ ފުރުސަތެއް ދިނުމަށް އެދިފައެވެ. އަދި މި އަޑުއެހުމުގައި ވާހަކަ ދައްކަމުން ދައުވާލިބޭ ފައިޙް ވަނީ ދައުލަތުން ދޮގު ހަދަމުންދާކަމަށް ބުނެފައެވެ. އެގޮތުން އެމީހުން ޙަމަލާދިނީ ދުރާލާ ފާރަލައިގެންކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ހެކި ދައްކަން ޖެހޭނެކަމަށް އޭނާ ބުންޏެވެ.

ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަވާނީ އެއަށްފަހުކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

އެހެންނަމަވެސް 10 ދުވަހުގެ ތެރޭގައި ވަކީލަކު ހާޒިރު ނުކުރެވިއްޖެނަމަ އަޑުއެހުން ކުރިއަށް ގެންދަވާނެކަން ފަނޑިޔާރުން ހަނދާންކޮށްދެއްވި އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު އިސްމާޢީލް ޝަފީޢު، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރުއެވެ.

ހައި ކޯޓުކްރިމިނަލް ކޯޓްއިބްރާހީމް ފައިޙް ނިޡާމުސިރުޙާން ޢަލީ

އިތުރަށް ކިޔާލަން

30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
29 ޖޫން 2026

އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް

29 ޖޫން 2026
އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
26 ޖޫން 2026

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި

26 ޖޫން 2026
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި
25 ޖޫން 2026

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި

25 ޖޫން 2026
ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!

22 ޖޫން 2026
މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!
18 ޖޫން 2026

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި

18 ޖޫން 2026
އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި
18 ޖޫން 2026

ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

18 ޖޫން 2026
 ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
18 ޖޫން 2026

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި

18 ޖޫން 2026
އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް