Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހަކު ރަހީނުކުރުން

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، މަސްތުވާތަކެތި ވިއްކަން މަޖުބޫރުކުރުވައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފި. މި މައްސަލައިގައި ހިމެނޭ އަހުމަދު ސާއިފް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަލީ ސާމީ އާއި މުހައްމަދު ނައުޝާން ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ނިންމާފައި. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެމްއެންޑީއެފްގެ ދެ އޮފިސަރުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާއިރު، އަނެކަކު ބަންދުގައި ހުރި މުއްދަތުން އޭނާގެ އަދަބު ވަނީ ފުރިހަމަވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖޫން 2026 | އަންގާރަ 09:34
މީހަކު ރަހީނުކޮށް މަސްތުވާތަކެތީގެ ވިޔަފާރި އޭނާ ލައްވާ ކުރުވި މައްސަލައިގައި ހައްޔަރުކުރި 5 މީހުން

މީހަކު ރަހީނުކޮށް މަސްތުވާތަކެތީގެ ވިޔަފާރި އޭނާ ލައްވާ ކުރުވި މައްސަލައިގައި ހައްޔަރުކުރި 5 މީހުން | ރާއްޖެއެމްވީ

މީހަކު ރަހީނުކޮށް އޭނާލައްވާ މަސްތުވާތަކެތި ވިއްކާ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މި މައްސަލައަކީ  2024 މެއި 25 ވަނަ ދުވަހުން ފެށިގެން 2024 ޖޫން 25 ވަނަ ދުވަހާއި ހަމައަށް މަލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި، އޭނާއަށް ބިރުދައްކައި އޭނާއަށް މަޖުބޫރުކުރުވައިގެން އޭނާލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، އޭނާއާއި މެދު މާރާމާރީ ހިންގައި، އޭނާއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައްދީ އޭނާގެ ވާތު ކުޑަވައި ބުރިކޮށްލާފައިވާ މައްސަލައެވެ.

 މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި މައްސަލައިގެ ތުހުމަތުގައި 5 މީހަކަށް ދައުލަތުން ދައުވާކުރިއެވެ. އެއީ ރ. ކަނދޮޅުދޫ، މެހުރާ  އަލީ ސާމީ، ގދ. ގައްދޫ، ހުދުވެލި އަހުމަދު ސާއިފް ވަހީދު، ތ. ތިމަރަފުށި، އުތުރުގެ އާގެ މުހައްމަދު ނައުޝާން ހުސައިން އަދި އެމްއެންޑީއެފްގެ ދެ އޮފިސަރުންކަމަށްވާ ކ. މާފުށި، ފުލްމޫން - މުހައްމަދު ނަފާހު އާއި ލ. ގަން، ތުނޑި/ލިންކް - އަހުމަދު ޒަޔާންއެވެ.

މި މައްސަލައިގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ 3 ކުދިންވެސް ބައިވެރިވެފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަނީ މި މީހުން ކުރި އަނިޔާތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން އެހީއަށް ބޭނުންވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދީ ހިފެހެއްޓުމާއި، ޕަވަރ ޓޫލްއެއް ބޭނުންކޮށްގެން އިނގިލި ބުރިކޮށްލުން ހިމެނެއެވެ. އަދި އެމީހާގެ ވައަތު ލޯމަތީގައި ޖަހާ މާރާމާރީ ހިންގުމާއި، ހަށިގަނޑުގެ އެކިތަންތަނުގައި އަލިފާން ޖެއްސުމާއި، ތަޅާ އަނިޔާކުރުމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

މި މައްސަލައިގައި ސާއިފްގެ މައްޗަށް މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެ އޭނާއަށް 15 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ސާމީއާއި ނައުޝާންގެ މައްޗަށް ވަނީ، މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައެވެ. އަދި އެ ދެމީހުން 10 އަހަރަށް ޖަލަށްލާން ވަނީ ޙުކުމްކޮށްފައެވެ.

މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ނަފާހްގެ މައްޗަށްވެސް އުފުލިއެވެ. ނަމަވެސް އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައެއް ނުވެއެވެ.

މީގެ އިތުރުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށް ޒަޔާންގެ މައްޗަށް ސާބިތުވެފައިވީނަމަވެސް، އެ ކުށުގެ އަދަބަކީ 3 މަސް ދުވަހުގެ ޖަލު ޙުކުމެއްކަމަށްވާތީ އޭނާ ބަންދުގައި ހުރި މުއްދަތު ޙުކުމުން އުނިކުރުމުން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތެވެ.

 

 

 

އަލީ ސާމީއަހުމަދު ސާއިފް ވަހީދުމުހައްމަދު ނައުޝާން ހުސައިންމުހައްމަދު ނަފާހުއަޙްމަދު ޒަޔާންއެމްއެންޑީއެފްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
26 ޖޫން 2026

ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް

26 ޖޫން 2026
ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް
25 ޖޫން 2026

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި

25 ޖޫން 2026
ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
25 ޖޫން 2026

ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

25 ޖޫން 2026
ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!

22 ޖޫން 2026
މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!
18 ޖޫން 2026

ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

18 ޖޫން 2026
 ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
18 ޖޫން 2026

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި

18 ޖޫން 2026
އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު